މާލެ އާއި ހުޅުމާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި ގެސްޓް ހައުސް ހިންގަން ފެށުނީ 2008 ވަނަ އަހަރުގައި ރައްޔިތުން މަޖިލީހުގެ މާލޭ މެމްބަރު މުހައްމަދު ޝިހާބު ހުށަހެޅުއްވި ގަރާރެއްގެ ސަބަބުން ކަން ހާމަވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ އޭރުގެ ރައީސް އަހުމަދު ޒާހިރަށް މުހައްމަދު ޝިހާބު ވަނީ މާލެ އާއި ހުޅުމާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި ގެސްޓް ހައުސް ހިންގުން މަނާ ކުރާ ސަރުކާރުގެ ސިޔާސަތު ނިމުމަކަށް ގެނައުމަށް އަންގާ ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެ ގަރާރު ހުށަހެޅުއްވީ 2008 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހުގަ އެވެ.

އެ ގަރާރުގައި ވަނީ ދުނިޔޭގެ މާރުކޭޓުގައި ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލި އެތަކެތީގެ އަގުތައް ރާއްޖޭގައި އިންތިހާ ދަރަޖައަށް ބޮޑުވެ ރައްޔިތުންގެ ވަރަށް ގިނަ ބަޔަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އަދި ގިނަ ރައްޔިތުން ދިރިއުޅެނީ އަތޮޅުތަކުގެ ރަށްތަކުގައި ކަމަށާއި އެ ރަށްތަކަކީ އިގްތިސޯދީ ގޮތުން މާގިނަ ކަންތައްތަކެއް ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ރަށްތަކެއް ނޫން ކަމަށް ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ގަރާރުގައި ވަނީ ޓޫރިޒަމްގެ ރިޒުގުން ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު މަހުރޫމުވެފައިވުމާއި ސަރުކާރުން އަމަލުކުރައްވާ ސިޔާސަތުތަކުން އެ ރިޒުގުން ދިވެހި ރައްޔިތުން މަހުރޫމް ކުރުވާފައިވާ ކަމަށެވެ.

އެގޮތުން އަތޮޅުތަކުގެ ރަށްތަކުގައި ގެސްޓް ހައުސް ހިންގުމަކީ އޭރުގެ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ހިފަލައްޓާފައިވާ ކަމެއް ކަމަށާއި މީހުން ދިރިއުޅޭ އެކި ރަށްރަށުގައި އިގްތިސޯދީ ގޮތުން ކުރެވޭ މަސައްކަތްތައް ހުއްދަ ކުރުމުގެ ތަފާތު ކުރުމުގެ ސިޔާސަތަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށޫން ހުއްދަ ކުރާނޭ ސިޔާސަތެއް ނޫން ކަމަށް ވެސް ގަރާރުގައި ވެއެވެ.

" އިގްތިސޯދީ ގޮތުން ދަތިހާލުގައި އޮތްއިރު އަތޮޅުތަކުގެ ރަށްތަކުގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދިނުމަކީ އެ ރަށްތަކުގެ އިގްތިސޯދަށް ދިރުން ލިބި ރައްޔިތުންގެ ތަނަވަސްކަން އިތުރުވެ ފުޅާވެގެންދާނެކަމެއް ކަމަށް މި މަޖިލީހުން ދެކޭހިނދު ގާނޫނު އަސާސީއާ ހިލާފަށް ރައްޔިތުންގެ މެދުގައި ގާއިމު ކޮށްފައިވާ ތަފާތު ކުރުމުގެ ސިޔާސަތެއް ހުއްޓުވުމުގެ ގޮތުން ސަރުކާރުން ގެންގުޅުއްވާ އަތޮޅުތަކުގެ ރަށްތަކުގައި ގެސްޓް ހައުސް ހިންގުން މަނާ ކުރާ ސިޔާސަތު ވގުތުން ނިމުމަކަށް ގެނައުމަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރުވަން." އެ ގަރާރުގައި ވެއެވެ.

ގެސްޓްހައުސް ވިޔަފާރި ފެއްޓެވީ ނަޝީދެއް ނޫން: ރައީސް ސޯލިހް

މި ގަރާރު އޭރުގެ މަޖިލީހުން ފާސްކޮށްފައިވަނީ އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 33 މެމްބަރުންގެ ތެރެއިން 32 މެމްބަރުންގެ ވޯޓުންނެވެ.

ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނޫން ކަމަށާއި އެއީ އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ގަރާރަކުން ފެށުނު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ފާހަގަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޭގަރާރު

    ތިޔަ ގަރާރު ހުށަހެޅިއިރުވެސް ގެސްޓްހައުސް ރަށްރަށުގައި ހުންނާނެ. ތިވެސް އޭރުގައި މެޑެލްޖަހަން ކުޅުނު ޑްރާމާއެއް.

    18
    3
    • ހުސޭނުބޭ

      އާނއެކޭ. އޭރުވެސް ފާފުށީގައި ގެސްޓްހައުސް ހުރޭ. ތިއީ ޝިހާބަކާވެސް ބެހޭކަމެއްނޫން

      11
      3
    • ދިވެހި ދަރިއެއް.

      ދިވެހިންގެ މުސްލިމު މުޖުތަމަޢުގެ ތެރެއަށް އިސްލާމްދީނާ ޚީލާފް ފާސިގު ޢަމަލުތައް ގެނައި ބަޔަކު ހީރޯއަކަށް ނުވެގެން ބާ މި އުޅެނީ.. މިއުޅޭ ބަގަ މިއީ މުޅިންވެސް ހަޔާތާ ލަދުހަޔާތް ކުޑަ ޖައްބާރުން.

  2. މާލެ

    އެއްވެސް ސަރުކާރަކުން ދުރު ވިސްނިގެން ކުރިކަމެއް ނުން. ތިޔަ ހުއްދަ ސަރުކާރުން ހޯދީ އާންމުން ގެ ބަޔަކު އެތައް ސިޓީއެއް އަޅާ އޮބިނޯވެގެން .އޭރު ސަރުކާރަކީ އެމްޑީޕީ. އެހެން ވީމަ ފަހަރަކު ވަކިމީހެކޭ ކިޔަން ޖެހެނީ.

    3
    7
    • ކުޑަމާލެ

      2008 ވަނަ އަހަރު ޖުލައި މަހު އެމްޑީޕީ ސަރުކާރެއް އޮތީ ކޮން ގައުމެއްގައި؟ ދިވެހިރާއްޖެއަކު ގައިމުވެސް ނެތް.

      13
  3. ސުދީރު

    އަތޮޅުތެރޭ ގެސްޓްހައުސް، މުސްކުޅިންނަށްދޭ އިނާޔަތް، ނުކުޅެދޭމީހުންނަށް ލިބިދޭ އިނާޔަތް، ލޯކަލްގަވަމެންޓް މިއީ އަންނި އިސްނަގައިގެން ފެށުނު ސިޔާސީ ހަރަކާތުން އުފަންވި ވާހަކަތަށް، ދެން ރައީސް މައުމޫނަށް މަޖުބޫރުވެގެން ބައެއްކަންކަން އެމަނިކުފާނުގެ ވެރިކަމުގައި ހިތާއި ދެކޮޅަށް ފެށިކަމުގައިވިޔަކަސް ހަގީގަތުގައި މިކަންތަކަކީ އަންނި އިސްނަގައިގެން އެމްޑީޕީން އުފަންކުރުވި ކަންކަން. އެދުވަހު އެވާހަކަ ނުދައްކައި ބަޔަކު އެކަމާއި ނުއުޅެ ތިބިނަމަ އަދިވެސް އޮންނާނީ ތީމުގެއަށް ސިޓީލައިގެން ދެކޮޅު ޓިކެޓާއި 250 ޑޮލަރު ލިބޭނިޒާމެއް.

    8
    9
    • އަލިމުތް

      ކަލޭ ހަމަތަ؟ ތީމުގޭގެ ބަދަލުގަ މިހާރު ސިޓީލަނީ އާސަންދަ ކިޔާތަނަކަށް. ދެކޮޅުޓިކެޓާ 250 ޑޮލަރު ދެނީ ބޭނުން ބަޔަކަށް. މިހާރެކޭ އޭރެކޭ ތަފާތެއް ނެތް. ސަލާންޖަހާ މީހުން ސަލާންޖަހާލަ ޖަހާލަ ހަމަ. މޮޅެތި ވާހަކަ ކީ ދާނެ...

  4. ލަތީފް

    ތިކަމުގެ މިލްކުވެރިކަން ސާބިތުލުރަން ކޯޓައް ދަމާބަހީ

    8
    1
  5. ސައީދު.

    މިހާރު ދެން ނަސީދު ކުރިކަމެތް ނެތް. ދެން ވަނީވެސް ތިހެން.ވެރިކަމަކީ މަސްތުވާކަމެއް.

    12
    1
  6. ހޭލާ

    ތި ސިނާއަތުގައި މަސައްކަތް ފެށި ބަޔަކަށް ތިމަސައްކަތް ކުރުމަށް ފުރުސަތު ލިބިގެން ދިޔައީ ކޮން ސަރުކާރެއްގައި ކަން އެނގޭނެ ކަމަށް ދެކެން. 65 އަހަރުވުމުން ދިވެހި އުމުރުން ދޮށީ ކޮންމެ މީހަކަށް ދޭން ފެށި އެލަަވަންސް ދޭން ފެށީ ނަޝީދުގެ ސަރުކާރުގައި. އެކަމަކު އެފައިސާ އަކީ ރައީސް މައުމޫން ދޭން ފެށި ފައިސާ ކަމަށް ބުނަމުން ދިޔަ ބަޔަކުވެސް އުޅުނު. ޢެކަމަކު އެފައިސާ ލިބެންފެށި މީހުންނަށް އެފައިސާ ލިބެންފެށީ ކޮން ސަރުކާރެއްގައި ކަން ނޯޅޭނެ.