ހުރިހާ ރަށެއްގެ މީހުންނަށް ވެސް މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫން ގޯތި ލިބޭ ގޮތައް އެރަށުން ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ލިބޭ ގޮތައް އުސޫލު އާއްމު ކޮށްފިއެވެ.

ފޮއްދުއަކީ އާބާދީ މަދު ރަށެއް ނަމަވެސް ރަށުގައި ގެސްޓްހައުސް ވިޔަފާރި އަންނަނީ ކުރިއަރަމުންނެވެ. އެރަށަކީ ރީތި ރަށެކެވެ.

ފޮއްދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމަށް ހުށައަޅާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މައިގަނޑު އަށް ކަމަކަށް ބަލާނެ ކަމަށެވެ.

އޭގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން ޢުމުރުން 18 އަހަރު ވެފައިވާ މީހެއް ކަމުގައިވުމާއި ރާއްޖޭގެ އެއްވެސް ރަށަކަނުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުމާއި ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހި ކަމުގެ މަޝްރޫޢަކުން ބޯހިޔާވަހި ކަމެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެއެވެ.

އޭގެ އިތުރުން ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ބަހައިގެން 600 އަކަފޫޓަށް ވުރެ ބޮޑުބައެއް ލިބެން ނުވަތަ ލިބިފައި ނެތުމާއި 600 އަކަ ފޫޓަށް ވުރެ ކުޑަބައެއް ލިބެން ނުވަތަ ލިބިފައި އޮތްނަމަ އެބިމެއް ދޫކޮށްލަން އެއްބަސްވުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ޢިމާރާތްކޮށްފައިވާ ފުލެޓް ރޯހައުސް ހައުސިންގ ޔުނިޓް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ފަދަ ބޯހިޔާވަހި ކަމެއް ގަނެ ވިއްކުމުގެ އެއްބަސްވުމުގައި އެއްވެސް ފަރާތަކުން ސޮއިކޮށްފައި ނެތުމާއި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަގޯއްޗެއް ނަމުގައި އޮވެ އެގޯތި އެހެން ފަރާތަކަށް ދީ ދޫކޮށްލަން ނުވަތަ ވިއްކާލާފައިތާ 5 އަހަރު ދުވަހަށް ވުރެ ގިނަ ދުވސް ވެފައިވުމާއި އެމީހެއްގެ އަމިއްލަ ނަމުގައި އޮތް ފްލެޓް ރޯހައުސް ހައުސިންގ ޔުނިޓް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއްފަދަ ބޯހިޔާވަހި ކަމެއް އެހެން ފަރާތަކަށް ދޫކޮށް ނުވަތަ ވިއްކާލާފައިވާތާ ފަސް އަހަރު ދުވަހަށް ވުރެ ގިނަދުވަސްވެފައި ވުން ހިމެނެއެވެ.

ރާއްޖޭގެ ރަށްރަށުން ގޯތި ދޫކުރާއިރު ހަމައެކަނި އެރަށެއްގެ މީހުންނަށް ގޯއްޗަށް ކުރިމަތިލެވޭ ގޮތައް އޮތުމަކީ ވަރަށް ގިނަ ބައެއްގެ ޝަކުވާއެކެވެ. ސަރުކާރުން މިހާރު އިއުލާން ކޮށްފައިވާ މާލޭ ސަރަހައްދުން ގޯތި ދިނުމުގެ މަޝްރޫއުގައި ވެސް ގޯއްޗަށް އެދި ކުރިމަތިލެވޭނީ ހަމައެކަނި މާލޭ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އޮއްދޫ

    މާލެއިން ގޯތި ލިބޭތޯ ކުޅަނދޭމެން ޖަހާ ރޮކެޓް…..

  2. އަލީ

    މަ ބޭނުން ހާދަ ރީތި ރަށެކޭ

    1
    1
  3. ގދ.ހަވަރު ތިނަދޫ ބިގަރުކައުންސިލް

    ގދ.ހަވަރު ތިނަދޫއިން އެއްވެސް ބަޔަކަށް ގޯތި ދޫނުކޮއްގެން އުޅެނީ ޔާމިނު ސަރުކާރުގަ ހިއްކާފަ އޮތް ބިމަކަށް ވީމައެވެ. ނަމަވެސް އަަލުގަނޑު ސައުދު އަލީ ތިނަދޫ މަޖުލިސް ގޮނޑިއަށް ވާދަކުރަން އިއުލާނު ކުރާހިސާބުން 900 ގޯތި ތިނަދޫ ރައްވެހިންނަށް ދޫކުރާނަމެވެ

  4. ޒާ

    ފޮއްދޫ ވަރެއްނެތް. ގާނޫނު އަސާސީގެ ހައްގު ކަށަވަރު ކޮށްދިނީ ހަމައެކަނި ފޮއްދޫން.