ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ދާއިރާގެ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދަން ގެސްޓްހައުސް އެސޯސިއޭޝަން މޯލްޑިވްސް (ގޭމް) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރުމުން، އެމީހުންނަށް މަލާމާތްކޮށް، ފުރައްސާރަ ކުރިކަމަށް ބުނެ ކޮމެޓީ ހޫނުވެއްޖެއެވެ.

އެ އެސޯސިއޭޝަންގެ ފަރާތުން މައުލޫމާތު ދެއްވުމަށް މިއަދުގެ ކޮމެޓީއަށް ހާޒިރުވީ ގޭމްގެ ފައިނޭންޝަލް ކޮންޓްރޯލާ ހަސަން އަލިމަނިކާއި އެ އެސޯސިއޭޝަންގެ އެކްސްކޯ މެންބަރު އަހުމަދު ވަހީދެވެ.

މިވަގުތު ޓެކްސް ބޮޑުކުރަން އެ އެސޯސިއޭޝަންގެ ފަރާތުން ތާއީދުނުކުރާކަން ހާމަކުރައްވާ މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުން އަހުމަދު ވަހީދު ވިދާޅުވީ ސްޓްހައުސްތަކުގައި ނައިޓަކަށް އެވަރެޖް ރޭޓަކީ 50 އާއި 60 ޑޮލަރާ ދެމެދުގެ ރޭންޖެއް ކަމަށާއި އޭގެން ޓެކްސް ނަގާނަމަ އެމީހުންނަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ދެކޭ ކަމަށެވެ.

އެއާއެކު ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، އެބޭފުޅުން ކަނޑައެޅިގެން ދޮގު ހަދަނީ ކަމަށް ތުހުމަތުކުރައްވާފައެވެ.

އޭނާ ވިދާޅުވީ ގެސްޓްހައުސްތަކުގައި 1200 ރުފިޔާއަށް ވުރެ ދަށްކޮށް ރޫމެއް ނުލިބޭ ކަމަށާއި އެ އެސޯސިއޭޝަނުން މަޖިލީހުގައި ހަދަނީ 'ކަނޑައެޅިގެން ދޮގު' ކަމަށެވެ. މެންބަރުގެ ތުހުމަތާއި ގުޅިގެން ރިޔާސަތުގައި އިންނަވާ މަޖިލީސް ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން ހުއްޓުވާ، ނުރުހުން ފާޅު ކުރައްވާފައެވެ.

"އެއްގޮތަކަށް ވެސް ތިމޭރުމުން ވާހަކައެއް ނުދެއްކޭވޭނެ. މިތަނަށް އަޅުގަނޑުމެން މައުލޫމާތެއް ހޯދަން ގެންނަ ބައެއް އެއީ" އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ އެއްވެސް ބައެއް މިތަނުގައި ކަނޑައެޅިގެން ދޮގު ހަދާ އޮޅުވާލާ ކަމެއް ކުރުމުގެ އެއްވެސް ރޫހެއް ހުންނަން ޖެހޭނެ ސަބަބެއް. ތިބޭފުޅާ ހުޅުމާލެއަށް ވަޑައިގެން ޗެކިން ކުރައްވަން ބޭނުންވާ ގަޑީގައި 1200 ރުފިޔާއަށް ޗެކިން ވެވަޑައިގަތަސް ވެސް އެބޭފުޅުން ކުރިން ވިއްކާފަހުރި ވާހަކަ ވަރަށް ސާފުކޮށް ވެސް ވިދާޅުވެއްޖެ،"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލީސް

އެފަހުން އަނެއްކާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވެސް ވަނީ އެބޭފުޅުންނަށް ފުރައްސާރައާއި މަލާމާތް ރައްދުވާ ގޮތަށް ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން، އޭނާ ވިދާޅުވެފައި ވަނީ ޓެކްސް ނަގާ މިންވަރު ހަތަރު ޕަސެންޓް ބޮޑު ކޮށްގެން ގެސްޓްހައުސްތަކަށާއި އަދި ރިސޯޓުތަކަށް ވެސް ގެއްލުން ނުވާނެ ކަމަށާއި އެއީ މާ ކުރީގެ ވިޔާނުދާ ވާހަކަތަކެއް ކަމަށެވެ. އަދި، ރާއްޖެ އަންނަނީ ނިކަމެތިން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިބޭފުޅުން ތި ވިދާޅުވަނީ ގެސްޓް ހައުސް އެސޯސިއޭޝަންގެ މެންބަރެކޭ ސަރުކާރުގައި ރަޖިސްޓަރީ ވެފައި އޮތް ކޮންމެ ބަޔަކީ ތިމަންނަމެންގެ މެންބަރެކޭ، އެ މީހުންނަކަށް އެއްވެސް ހައްގެއް ނެތް. ތީގައި ބައިވެރިނުވެ ތިބުމުގެ. އެހެނެއް އަޅުގަނޑު ގަބޫލެއް ނުކުރަން" އޭނާ ވިދާޅުވިއެވެ.

އެއާއެކު އަނެެއްކާވެސް ރިޔާސަތުގައި އިންނަވާ ނަޝީދު ވަނީ އެކަން ހުއްޓުވާ މެންބަރަށް ނަސޭހަތްތެރިވެލައްވާފައެވެ. އަދި، އެފަދައިން މަޖިލީހަށް ހާޒިރުވާ އާންމުންނަށް ފުރައްސާރަކޮށް ނުހެއްދެވުމަށް އެމަނިކުފާނު ވަނީ އެދިލައްވާފައެވެ.

"އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން. އަދި އާރާއި ބާރު ތިބި ބައެއް. މިތަނަށް އާންމު ރައްޔިތުންގެ ތެރެއިން ބޭފުޅުން ގެންނަވާ އެބޭފުޅުންނަށް ބިރު ދައްކާ، އެބޭފުޅުންނަށް މަލާމާތްކޮށް ހެދުމަކީ މި މަޖިލީހުގެ މަގުސަދެއް ނޫން" މެންބަރަށް ނަސޭހަތްތެރިވަމުން ނަޝީދު ވިދާޅުވިއެވެ.

ސުވާލަށް ޖަވާބުދެއްވަމުން ގޭމްގެ ފަރާތުން އެކްސްކޯ މެންބަރު އަހުމަދު ވަހީދު ވިދާޅުވީ އެބޭފުޅުން މަޖިލީހަށް ހާޒިރު ކޮށްގެން ބައެއް މެންބަރުން ބިރުދައްކާ ފުރައްސާރަ ކުރަމުންދާ ކަމަށާއި އެކަން އެއްވެސް ގޮތެއްގައި ބަލައިނުގަންނާނެ ކަމަށެވެ. އެގޮތަށް އަމަލު ކުރައްވާތީ އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

"އަޅުގަނޑުމެން މިތަނަށް ހާޒިރުކޮށްފައި އިއްޒަތްތެރި ބޭބޭފުޅުން މެންބަރުން އަޅުގަނޑުމެން ބޮލުގައި ވަގު ބަދުނާމު އަޅުވާ ދޮގު ހަދާ ވާހަކަ ދައްކާ. އެބޭފުޅާ [އަނދުން ހުސެއިން] ގަބޫލުފުޅު ނުކުރައްވަނީތޯ 300 ރޫމް ނައިޓްސް ވިއްކާ މީހާ އާއި އެފެއިޓީއަށް ގޮސް ނަންގަވާ އަގު." އޭނާ ވިދާޅުވިއެވެ.

"މެންބަރުން އަޅުގަނޑުމެންނަށް ބަވާ ސައިޒް ކުރާކަށް ނޫން އަޅުގަނޑުމެން މިތަނަށް ހާޒިރުކުރީކީ އިނގޭތޯ"

އޭނާ ވިދާޅުވީ މަޖިލީހަށް ހާޒިރުވީ ވަކި ނަތީޖާއެއް ދައްކާ ވަކި ގޮތަކަށް ކަމެއް ދައްކަން ނޫން ކަމަށެވެ. އަދި، އެބޭފުޅުންގެ ވިސްނުމާއި ހިޔާލު ފާޅުކުރަން ފުރުސަތު ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ނަޝީދު ވެސް ވަނީ އެބޭފުޅުންގެ ވާހަކައަށް ތާއީދުކުރައްވާ، އެބޭފުޅުންނަށް ފުރައްސާރަކޮށް މަލާމާތް ނުކުރުމަށް އަނެއްކާވެސް އެދިލައްވާފައެވެ.

"އަޅުގަނޑު މުޅި މަޖިލީހުގެ ފަރާތުން ތިބޭފުޅުން ކިބައިން މައާފަށް އެދެން. ތި ވިދާޅުވިހެން މިތަނަށް ތިބޭފުޅުން ވަޑައިންނެވީމާ އަދި ތިބޭފުޅުންނާއި ބެހޭ ގޮތުން ކުޑައިމީސް ބަސް ބުނެއެއް ނުހެއްދެވޭނެ." އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުޖުތަމަޢު

    ތިތަން ބަންދުކޮށްބަލަ

    16
  2. އައުޓް

    ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ވަގު ކެބިނެޓް އައުޓް

  3. އިސްކުރުބެ

    ސާބަހޭ އަންނި މި ހަރާމް ސަރުކާރުގެ މެންބަރުން ތިތަނުގައި ސައިޒުކޮށްފަ ބަހައްޓާތި.

    2
    1
  4. ބާލާބާލާބާލާ

    ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ ރައީސް އިބޫ ބާލާ ބާލާ

  5. ގިވްއިން

    އެމްޓީޑީސީ އަގު މަގުކޮށްފައި ޗަންޕާ ނުވަތަ ޔުނިވަރސަލް ނުވަތަ ސަން ސިޔާމް އަށް ވިއްކާލާށޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާްއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން...