ރ.ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ހިޔާނާތެއް މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އާންމުކުރި އިންޑެކްސް ރިޕޯޓަކުން ހާމަވިތާ ހަތަރު މަސް ފަހުން ކައުންސިލްގެ މެންބަރުން ސަސްޕެންޑް ކޮށްފިއެވެ.

އެލްޖީއޭގެ ބޯޑުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ދުވާފަރު ކައުންސިލްގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރަން ނިންމީ ހަތަރު މަސް ކުރިން ފެންމަތިވި ހިޔާނާތުގެ މައްސަލަ އާއި ގުޅިގެންކަން އެލްޖީއޭ އިން ވެސް ކަށަވަރު ކޮށްދެއެވެ.

ކައުންސިލުގެ ހަ މެންބަރުން ސަސްޕެންޑުކުރުމަށްފަހު ކައުންސިލު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހާއެވެ. ނަމަވެސް ނާސިހަކީ ވެސް ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ.

ކައުންސިލުގެ ހިޔާނާތުގެ މައްސަލަތައް ފެންމަތިވެފައިވަނިކޮށް އެ ކައުންސިލުގެ ހަތް މެންބަރުންގެ ތެރެއިން ކައުންސިލަރު އަހްމަދު ސަމޫހު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 24 ވަނަ ދުވަހުގައި އޮންނާނެއެވެ.

އެލްޖީއޭގެ މޮނިޓަރިން ރިޕޯޓަކުން ފެންމަތިވެފައިވާ ގޮތުގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާ ކުރަމުންނެވެ. ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށް، އެއްވެސް ހިސާބެއް ނުބަލަހައްޓަ އެވެ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުން ކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްވެސް ވަރަކަށް ބަލައިފައެއް ނެތެވެ. މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓަމުން ގެންދެވީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަކަށް ވެސް ބެލުމެއް ނެތި އެވެ.

އެ މައްސަލަތައް ފެންމަތިވުމާއެކު، އެލްޖީއޭ އިން ވަނީ އެ މައްސަލަތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ. އޭސީސީ އާއި ފުލުހުން މައްސަލަ ތަހްގީގުކޮށް އެންމެ ފަހުން ވިދާޅުވެފައި ވަނީ މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށެވެ.

މެމްބަރުންނަށް ދީފައިވާ ނަގުދު ފައިސާ އާއި ޖަމާކޮށްފައިވާ ފައިސާ:

އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅު - 711،617.58ރ.
ކައުންސިލް މެމްބަރު މުހައްމަދު ޝާމް - 447،837.44ރ.
ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދު - 252،048ރ.
ކައުންސިލް މެމްބަރު ޒުހުދާ އާދަމް - 181،666.08ރ.
ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު - 165،200.79ރ.
ކައުންސިލް މެމްބަރު އަހުމަދު ސަމޫހް - 128،696.47ރ.
ކައުންސިލް މެމްބަރު އައިމިނަތު ސަލާހު - 119،535.99ރ.
އަންހެނުންގެ ކޮމިޓީ ރައީސް އައިމިނަތު އަހުމަދު - 67،820ރ.
ހަވާލު ކުރި ފަރާތް ނޭނގޭ - 21،981

ދުވާފަރު ކައުންސިލަރުންނާއި މުވައްޒަފުންނަށް ކުރާ ތުހުމަތުތައް އެކައުންސިލުން މީގެ ކުރިން ވަނީ ދޮގު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލީ

    ތި ވަރު ކުރަންވެސް 4 މަސް؟ ސާބަސް!

    10
  2. އަހުމަދު

    ތަހުގީގުކޮށް، ކުށް ސާބިތުވިއްޔާ އަތްކަނޑާ. ރައްޔިތުންނަށް ދޭނެ ފައިސާއެއް ނެތޭ ކިޔައިގެން އުޅޭ ވަގުން މުޅި ދައުލަތުގެތެރޭ

    10
  3. Anonymous

    ތަހުގީގު ކޮއްފިއްޔާ ތިޔަ ނުކާބަޔަކު މަދުވާނެ ، ހާއްސަކޮއް މި މަޖިލިސް ތަހުގިގު ކުރަން ފެނޭ ،އެތާ އެތިބޭ މީހުން ދިވެހި ރައްޔިތުން ފެލައިގެން ކަނީ.

    11
  4. އަބްދުﷲ އަލީ

    ތިޔައީ ހަމައެކަނި ދުވާފަރުގައި އެކަނި ކުރާ ކަމެއް ނޫން މުޅި ދައުލަތް އޮތީ ހަމަ ތިފަދަ ހާލަތުގައި ވައްކަން އޮތީ އާއްމުކޮށް ހުޅުވާލާފައި ކުރާނެ ބަޔަކު ކުރަންވީ ، ނިކަމެތި ރައްޔިތު މީހާ އަތުން ޓެކްސް ނަގައިގެން ސަރުކާރު އުފަލުގައި
    ރައީސް މީހާ އިބްރާހިމް މުހައްމަދު ސާލިހު ބުނީ މަގޭ ސަރުކާރަކީ ޒީރޯ ޓްލަރެންސް ސަރުކާރޭ ވަރަށް ސަޅިއެއްނު

    13
  5. އިސްމާޢީލް އަޙްމަދު / ދުވާފަރު އެމްޕީ

    ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު އަށް 165،200.79ރ. ބޮޑު ޚިޔާނާތެއް ގެ ތުހުމަތު ކުރެވިފައިވާ އިރު، ކައުންސިލް ހިންގުން އެބޭފުޅާ އާ ޙަވާލުކުރެއްވުމަކީ ކިހާވަރެއްގެ ކަމެއްބާ؟ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅު - 711،617.58ރ. އަދި އަންހެނުންގެ ކޮމިޓީ ރައީސް އައިމިނަތު އަހުމަދަށް - 67،820ރ. ބޮޑު ޚިޔާނާތެއް ގެ ތުހުމަތުކުރެވިފައިވާ އިރު، ފިޔަވަޅެއް ނާޅުއްވަނީ ބާ؟

  6. އަޒީޒު/ހއ.ހަތިފުށި

    ތިޔައީ ހަމައެކަނި ދުވާފަރުގައި އެކަނި ކުރާ ކަމެއް ނޫން ހަނިމާދޫ ކައުންސިލްވެސް އޮތީ ހަމަތިހާލަތުގަ ސިޓީ ހޮޓާއަޅާފައޮތް ބިމުން ލިބޭ ކުލިވެސް ކައުންސިލްގެ ޒިންމާދާރު ވެރިޔާއާއި ދެތިން މީހެއްގެ ޖީބަށް.މިރަށްވެސް އޮޑިޓްކޮށްފިއްޔާ ވާނީހަމަ ތިވަރު.

  7. ވަގުތުން

    2023 ތި ކޭއެއްޗެހި ޒީރޯވާނެ ރައްޔަތުން އަތުން ފޭރިގެންވ8%ނަގާ ޓެކުސްލާރިން ސަރުކާރުން ނާޗަރަގީ ކުޅޭނި ވަށްކަންކުރުމުގެ އީދެއް 2023 ވެގެންދާނި ގޮހޮރަށްކަގެން ޖެހުނުދިމާލަކުން ފޭރި އިނތިހާބު އަންނަންވާއިރަށް ތިތިބަހުރިހާ ވަގުން ފިލަން ދަތުރު ހަދާނެ ލާރީ ފޭރި ބައްކޮށް ފޮރުވުމުގެ ބޮޑުއީދު އަންނަނީ 2023 ވެގެން ދާނީ

  8. ހުސޭނުބޭ

    ބަލަހައްޓައިގެން ތިބޭނެކަމެއް ނެތް. އަވަހަށް މަހަށް ވަޑައިގަންނަވާ

  9. އަހައްމަދޫ

    އެހެންތަ. ހާދަ ބޮޑުވަރެއްތިވީ. މަހީކުރީ ތިކަންހަނދާންހުރިމީހަކު ނެތްކަމައް