2023 ވަނަ އަހަރަށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއެކު 2022 ވަނަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި 5.8 ބިލިއަން ރުފިޔާގެ ބަޖެޓްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޖުމްލަ 42.608 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓާއެކު މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ސަރުކާރުން ހުށަހެޅިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ފާސްކުރަން ފެންނަ ކަމަށް 61 މެންބަރުން ވޯޓު ދެއްވިއިރު, ބަޖެޓު ފާސްކުރުމާއި ދެކޮޅަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ.

ބަޖެޓް ފާސްކުރުމުގެ ކުރިން މަޖިލީހުގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިގްތިސޯ ދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުން ވަނީ ދިރާސާކޮށްފައެވެ. އަދި ބަޖެޓް ދިރާސާ ކުރުމަށްޓަކައި މިނިވަން މުވައްސަސާތަކާއި، މާލީ އިދާރާތަކާއި ކޮމެޓީން ވަނީ ބައްދަލުކޮށް މަޝްވަރާތައް ކޮށްފައެވެ.

ބަޖެޓް ކޮމިޓީން ކުރި މަޝްވަރާތަކަށް ފަހު އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓަށް ވަނީ 160 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ.

ކޮމިޓީއިން ބަޖެޓަށް ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި ބައެއް ދާއިރާތަކުގެ ތަރައްގީގެ މަޝްރޫއުތަކާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.

މިއަދު ބަޖެޓް ފާސްކޮށްފައިވާއިރު, އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގެޓްއައުޓް

    ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ އިންޑިއާ އައުޓް ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ އިންޑިއާ އައުޓް

    11
  2. ޑިމޮކްރަސީ

    ތިފާސްކުރީ ރައްޔިތުން އިތުރައް ބިކަކޮށް މަގުމަތި ކުރި ބަޖެޓެއް މިހާރުވެސް ވަނީ ބޮޑުތަނުންތަކެތީގެ އަގު އުފިލި އަތްމަތި އިންތިހާއަށް ދަތިވެފަ ތިފާސްކުރި މީހުންނަށް ގިއްކިޔާފަ ލާރި ލިބުނަސް ގިނަދިވެހިން ތިބީ އަގަޔާ އަތާވެސް ދިމާނުވެ

  3. ބޭރުކުރޭ

    ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ

  4. އހ

    ހިޔާލީ ބަޖެޓެއް. ބަޖެޓުގަ ލާރިނެތީސް ލާރި ޖަހައިގެން ހަދާ ބަޖެޓެއްތީ