މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހެދުމަށް ހިންގާ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ ދަށުން ދެވަނަ ސެގްމަންޓްގެ މަސައްކަތް ފަށައިފިއެވެ.

އާރްޑީސީއިން ބުނީ އެމްޑަބްލިއުއެސްސީގެ ހޮޅިތައް އަޕްގްރޭޑް ކުރުމަށް ބޭނުންވާ އާލާތްތައް ލިބުން ލަސްވާތީ ކުރިން މަސައްކަތް އޮތީ މަޑުޖައްސާލާފައި ކަމަށެވެ.

ނަމަވެސް އަނެއްވާ ވެސް ދެވަނަ ސެގްމެންޓަށް ބޭނުންވާ ސާމާނު ލިބި އަމީނީގެ މަގުގެ މަސައްކަތް ފަށާފައިވާ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

ދެވަނަ ސެގްމެންޓްގައި މަގު ހަދާނީ ކަލާފާނު ސްކޫލްގެ ގޭޓާއި ހަމަޔަށް ކަމަށް ވެސް އާރްޑީސީން ބުންޏެވެ.

މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

އެ މަގު ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ އާރްޑީސީއަށް ވަނީ 84 މިލިއަން ރުފިޔާ ދީފައެވެ.

މި މަޝްރޫއުގެ ތެރެއިން ކުރެވޭނެ މަސައްކަތް:

  • 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އަޅާނެ
  • - މަގުގެ ދުވާރު ހެދިގެން ދާނެ (ހިތްފަސޭހަ، ހިތްގައިމުވާނެ).
  • - ލޯފަން ބޭފުޅުންނަށް ހާއްސަ ބްރައިލް ބްލޮކް ބަހައްޓާނެ.
  • - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް (ފުރޮޅުލީގޮނޑި)ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށް ފަސޭހައިން އުޅެވޭނެ.
  • - މަގުގެ ފެހިކަން ނުގެއްލޭނެ.
  • - ބަސްހުއްޓި، ޕާކިންގ ޒޯން، ބަމްޕަރުތަކާއި މަގުބައްތި އަދި މަގުމަތީގައި ނިޝާންތައް ހުންނާނެ.
  • - ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ޕަމްޕް ބަހައްޓާނެ.