ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކުއްލި ހާލަތަށް ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވީއައިއޭ ކުއްލި ހާލަތަށް ގެނެސްފައިވަނީ މަތިންދާ ބޯޓެއް އެމަޖެންސީގައި ޖެއްސުމަށެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދިމާވި މައްސަލައަކާއި ގުޅިގެން ފްލައިޓެއް ވީއައިއޭއަށް މިހާރު ޖައްސާފައިވާ ކަމަށާއި ފްލައިޓަށް ދިމާވި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، މައްސަލައެއް ދިމާވެގެން އެއާޕޯޓަށް ޖައްސާފައިވަނީ ކޮމާޝަލް ފްލައިޓެއް ނޫން ކަމަށެވެ. ނަމަވެސް ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްތޯ ނުވަތަ އެހެން ފްލައިޓެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ. އަދި މިފަދަ ކަންކަމަކީ ބޮޑެތި އެއާޕޯޓްތަކުގައި މާ ބޮޑު ކަމެއް ނޫން ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.