ހއ. ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުގައި އެއާޕޯޓު އެޅުމަށް ބިން ހިއްކަން އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ މާފިނޮޅުގައި އެއާޕޯޓު އެޅުމަށް ހިއްކަންޖެހޭ ބަޔަށް މަހާޖައްރާފުން ވެލި އަޅައި ހިއްކަން ފަށައިފައިވާ ކަމަށެވެ.

މާފިނޮޅުގައި އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން އެމްޓީސީސީ އިން ހިއްކުމަށް ހަމަޖެހިފައިވަނީ ރަންވޭ އާއި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިމެވެ. އެގޮތުން، ޖުމުލަ 16 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ، ހިއްކާ ބިން ހިމާޔަތްކުރުމަށް، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތްވެސް، އެކުންފުނިން ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީ އިން ހާމަކޮށްފައިވާ ގޮތުގައި މި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަގަކީ ޖީއެސްޓީއާ ނުލައި 64 މިލިޔަން ރުފިޔާއެވެ. އެހެންނަމަވެސް، ފައިނަލް އަގު އެނގޭނީ ސާވޭއަށްފަހުކަމަށްވެސް ހާމަކޮށްފައިވެއެވެ. މީގެއިތުރުން، މި މަސައްކަތް 203 ދުވަހުގެ ތެރޭގައި ނިންމާނެކަމަށް ބުނެފައިވެއެވެ.

މި މަސައްކަތަށްވެސް އެމްޓީސީސީގެ ޑްރެޖަރ، މަހާ ޖައްރާފު ބޭނުންކުރާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ ގެނައި މަހާޖައްރާފު އެންމެ ފުރަތަމަ ހިއްކާފައިވަނީ ހދ. ކުޅުދުއްފުށީ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތެވެ. އޭގެފަހުން، ށ. ފުނަދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކާފައިވަނީވެސް މަހާޖައްރާފުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ުުިޮސޮނިފުހެަ

    މަބުނަަަނިިި ސަަބަސު

  2. ޢަލިބޭ

    ހއ ރައްޔިތުންގެ 80 ޕަސެންޓް ވޯޓް ރައީސް ޔާމީނަށް އިންޝާއަﷲ!

    • ވގ

      500 ޕަސެންޓް

  3. ޯމޮހޮނު

    ޝުކުރުވެރި ކަމާއެކު މަރުހަބާ ކިޔަން