ކ. ކާށިދޫ ބަޔަކު 40 ކިލޯގެ މާވަހަރެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހޮވައިފިއެވެ.

މި މަހުގެ ހަ ވަނަ ދުވަހު އެރަށު ހަރުގެތަކާއި ދިމާލު މޫދުން މި މާވަހަރު ކަމަށް ޝައްކު ކުރެވޭ އެތި ހޮވާފައި ވަނީ ފެހި ނަގަން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ބަޔަކަށެވެ.

އޭގެ ތެރެއިން އެކަކު "ވަގުތު" އަށް ބުނީ، މި މާވަހަރެއް ކަމަށް ޝައްކު ކުރެވޭ އެތި ފެނިފައި ވަނީ ހަތަރު މީހުންނާއެކު އެ ދުވަހު މެންދުރުގެ ވަގުތެއްގައި ފެހި ނެގުމުގައި އުޅެނިކޮޮށް ކަމަށެވެ. ފެހި ނެގުމަކީ މިއީ އާއްމު ގޮތެއްގައި ދޭތެރެ ދޭތެރެއިން ކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ކާށިދޫ ބަޔަކު ހޮވި މާވަހަރެއް ކަމަށް ޝައްކު ކުރެވޭ އެތި

"މިރަށު ހަރުގެތަކާއި ދިމާލު ގޮނޑުދޮށުން ފެނުނީ، ގޮނޑުދޮށަށް ލަށްވެފައި ހުންނަ ފެހި ނަގަން މަސައްކަތް ކުރުުމުގައި އުޅެނިކޮށް".

އޭނާ ބުނިގޮތުގައި، މިހާރު އޭތީގެ ސުންކު (ސާމްޕަލް) ޓެސްޓު ކުރުމަށް މާލެ ވަނީ ފޮނުވާލާފައެވެ.

ކާށިދޫ ބަޔަކު ހޮވި މާވަހަރެއް ކަމަށް ޝައްކު ކުރެވޭ އެތި

"އޭތި މާލެ ކޮޅަށް ފޮނުވައިގެން މި އުޅެނީ އޭތީގެ ސުންކެެއް ޓެސްޓު ކުރަން، އަދި އިތުރަށް ޓެސްޓުކޮށް ބޭރަށް ފޮނުވާ ވާހަކަ ބުނެފައި އިނީ. މާލެ ކޮޅުން ވަރަށް ޔަގީންކަން ދީފައި އިނީ". އޭނާ ބުންޏެވެ.

އޭނާ ބުނީ ބޮޑަށް ޔަގީންކަން ލިބޭނީ ރާއްޖެއިން ބޭރުން އޭގެ ސުންކު ޓެސްޓު ކުރުމުން ކަމަށެވެ.

އެ މާވަހަރުގައި ގާތްގަނޑަކަށް 40 ވަރަށް ކިލޯ ހުންނާނެ ކަަމަށް އޭނާ ބުންޏެވެ. އެއީ ހަތަރު ފޫޓު ބައި ދެ ފޫޓު ބައި ފުޅާމިނުގައި ހުރި އެއްޗެއް ކަމަށް ބުންޏެެވެ.

އިތުރަށް އޭނާ ކިޔާދިން ގޮތުގައި މާލެއިން ވާހަކަދެއްކި މީހުން އެބާވަތުގެ މާވަހަރުގެ ގްރާމެއް 28 ޑޮލަރަށް ވިއްކޭނެ ކަމަށް ވަނީ ބުނެފައެވެ.

"އެކަމަކު އެއީ އަސްލު އެއްޗެއްތޯ ޔަގީންވީމަ ނޫންތޯ އަޅުގަނޑުމެންނަށް ބުނަން އެނގޭނީ".

މީގެ ކުރިންވެސް ރާއްޖޭގެ ބައެއް މީހުންނަށް މާވަހަރު ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މޫ

    މީ ގަހެއްގެ މޫ ގަނޑެއް ނޫންބާ؟

    6
    3
  2. ރަން ރީނދޫ

    މަރުހަބާ ކާށިދޫ ރައްޔިތުންނަށް. الحمد لله.

    22
  3. އަހުމަދު

    ޔަޤީންވެއްޖެނަމަ ސަތާރަ މިލިއަން އެއްސަތޭކަ ނުވަދިހަ ދެހާސް ދިވެހި ރުފިޔާ ލިބޭނެ ތިޔަ މާވަހަރަށް 28 ޑޮލަރަށް ގުރާމްއެއް ވިއްކެންޔާ... إن شاء الله މާވަހަރެއްކަމަށް ވާނެ.......

    34
    2
  4. އަޖުމަ

    ތީކީއެއް މާވަހަރެއްނޫން، ބޮޑަށް ޤަބޫލް ކުރެވޭގޮތުގައި ލަފާކުރެވެނީ އޮއިލް ފެޓްސް ކަމަށް. އަދި ޔަޤީން ކަމާއިއެކު ބުނަންކެރޭ ތިކީއެއް އެއްވެސްވައްތަރެއްގެ މާވަރެއްނޫންކަން.

    11
    5
  5. ސޮފްވާން

    ތިއީ ކިރުގަޑެއް

    6
    1
  6. Anonymous

    ތިޔައީ މާވަހަރެއް ކަމަށް ވެއްޖެނަމަ ﷲތިޔަ މުދަލުގައި ބަރަކާތްލެއްވުމަށް އެދި ދުޢާކުރަން.

    44
  7. ޒުރާރު

    އުއްމީދު ކުރަނީ ﷲ ރަހުމަތް ވަންތަ ކަމުން ތީމާވަރެއް ކަމަށްވާނެ ކަމަށް

    20
  8. ކާށިދޫ މީހަ

    ދުއާ އަކީ ތީތި މާވަހަރަކަށްވެ އެބައިމީހުން ކުރަމުގެންދާ ނުބައިކަންތައްތަކުން ދުރުކުރައްވަވާ . މުޖުތަމައުއަށް ފައިދާ ކުރާނެ ކަންތައްތަކެއްކުރާ ބައެއްކަމުގަ ލެއްވެވުން.

  9. ޒާ

    ތީތި އޮތް ސިފައަށް ބަލާއިރު ތިއީ މާވަހަރެއްނޫން. ސަރުބީގަނޑެއް.

    3
    4
  10. ޖާބެ

    ތި ވިއްކާލާ އޭރުން ކޭބަލް ކާ ކަންތައް އަޅުގަޑަށް ކުރިއަށް ގެންދެވިދާނެ ހިތްވަރެއް ކޮށްލަންވާނެ މިފަހަރު

  11. ޚޭބަލްކާރު

    ޢަބްދުﷲ ޖާބިރު ކޮބާ. ށސެންޓް ފެކްޓްރީ ހަދަންވީނުން

    6
    1
  12. ޕޮގުބާ

    ދުއާފަރު މީހުން ހޮވި ކަހަލަ ޗަސްްގަނޑެއް ނޫންބާ

    3
    1