އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ދިމާކޮށް އިލެކްޝަން ކޮމިޝަން (އީސީ) އަށް ގިނަ އަދަދަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރިޔާސީ އިންތިހާބު 2023 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއުލާނު ކުރާ ކަމަށެވެ.

އެ އިއުލާނުގައި ވަނީ 11 މުވައްޒަފަކު ބޭނުންވާ ކަމަށް ބުނެފައެވެ. އަދި މި މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 4465ރ ލިބޭނެ ކަމަށް ކަަމަށް ބުނެފައިވާއިރު، އެލަވެންސްގެ ގޮތުގައި 1500ރ ލިބޭނެ ކަމަށް ބުނެފައި ވެއެވެ. އަދި ދުވަހު އެލަވެންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 155ރ ލިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އޭގެ އިތުރުން ނުރަސްމީގަޑީގައި ކުރާ މަސައްކަތަށް އެލަވެންސް ދެވޭނެ ކަމަށް އީސީން ބުނެފައި ވެއެވެ.

މި މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ރިޔާސީ އިންތިހާބު ނިމެންދެންނެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެންބަރު 25 ގެ ކުރިން ކުރިމަތިލުމަށް ހުޅުވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    އިސީއަށް ގިނައަދަދަކަށް މުވައްޒަފުންހޯދަނިއްޔެއްނޫނެވެ. އީސީއަށް ގިނައަދަދަކަށް އެމްޑީޕީގެ އެކްޓިވިސްޓުންހޯދަނީއެވެ. އެއީ ވޯޓުން ވައްކަންކުރާށެވެ.