މޯލްޑިވް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ކަމަށް ޕީއެސްއެމްގެއ އަހްމަދު މުސްތަފާ (މުސްތޮ) ހޮވައިފިއެވެ.

މުސްތޮ އެމްއެމްސީގެ ރައީސް ކަމަށް ހޮވުނީ ނުވަ މެންބަރުންގެ ވޯޓުންނެވެ. އޭނާއާއެކު ދެން އެ މަގާމަށް ވާދަ ކުރީ އަލީ ނީޝާނެވެ. އޭނާއަށް ލިބުނީ ދެ ވޯޓެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ ދައުރު މިއަދަށް ހަމަވާއިރު، އާ ދައުރަށް ހޮވީ މީޑީއާތަކުން ހަތް މީހުންނާއި އާންމުންގެ ފަރާތުން 12 މީހުންނެވެ.

މީޑިއާގެ ފަރާތުން ކައުންސިލަށް ހޮވުނު ހަތް ކެންޑިޑޭޓުންނަކީ

  • އަހުމަދު އާޒިފް (ސަން އޮންލައިން)
  • މުހައްމަދު ސިމާއު (ވަން އޮންލައިން)
  • މޫސާ ރަޝީދު (މިހާރު އޮންލައިން)
  • މުހައްމަދު އަފްރާހް (ތިލަދުން)
  • ހުސެއިން ޝަރީފް (ވަގުތު)
  • އަހުމަދު މުސްތަފާ (ޕީއެސްއެމް)
  • އަލީ ނިޝާން (އާފަތިސް އޮންލައިން)

އާންމުންގެ ފަރާތުން ކައުންސިލަށް ހޮވުނު ހަ ކެންޑިޑޭޓުން

  • އަރުމާން ރަޝީދު
  • އަހުމަދު ޝައްފާން
  • ފާތިމަތު ޝާޒްލީ
  • އަހުމަދު އަމީން އަހުމަދު
  • މުހައްމަދު ނަސީރް
  • އަލީ ރަޝީދު އިބްރާހިމް

މީޑިއާ ކައުންސިލްގެ ދައުރެއްގެ މުއްދަތަކީ ދެ އަހަރެވެ.