އެމްޑީޕީ ސަރުކާރުގައި ވައްކަން އޮތީ މެކުހުގައި ކަމަށާއި އެޕާޓީގެ ލީޑަރުންނަށް އެއްވެސް އިތުބާރެއް ނެތްކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވެރިކަން ހޯދުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ޒަރިޔަންދު ވިދާޅުވީ 2008ގެ ޤާނޫނު އަސާސީއިން ލިބުނީ "ވޯޓުލުމުގެ މިނިވަންކަން"، އެހެން ހުރިހާ ބާރާއި ޙައްޤެއް އޮތީ ކެހިވެރިގޮތަކަށް ވެރިކަން ހިންގާފަރާތަށް ކަމަށާއި 10 އަހަރު ފަހުން އެކަންތައް ބަދަލުކުރުމުގެ ފުރުސަތު ލިބުމުން މިފެނިގެން ދިޔައީ ވައްކަން އިންތިހާއަށް އިތުރުވެ އެމްޑީޕީގެ ފަލްސަފާއި މުޅިން ދެކޮޅަށް ކަންކަން ވަމުންދާތަން ކަމަށެވެ.

އަދި އެމްޑީޕީން ވީ ވަޢުދުތަކުން، ނަމަވެސް "ވައްކަން" އޮތީ މެކުހުގައިކަމުން އެމްޑީޕީގެލީޑަރުންނަށް އިތުބާރެއްނެތްކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ނިހާދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ މެމްބަރުން ބޭނުންވަނީ އެމްޑީޕީ ވެރިކަމެއް ގެންނަން ކަމަށާއި ޕީޕީއެމް ވެރިކަމެއް އަތުވެއްޖެނަމަ އެމްޑީޕީއަށް ދެން ސަލާމަތެއް ނެތްކަން އެމްޑީޕީ މެމްބަރުންނަށް ސާފުވާ ކަމަށެވެ. އެހެންނަމަވެސް އަނިޔާވެރި ބައެއްގެ އަތްމައްޗަށް ޤައުމުގެ ވެރިކަން ދޫކޮށްލަން ބޭނުން ނުވާ ކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ.

ނިހާދުގެ މިވާހަކަތަކަށް ރައްދު ދެއްވައި ޒަރިޔަންދު ވިދާޅުވީ އެމްޑީޕީގެ އެއްވެސް ލީޑަރަކަށް އިތުބާރު ނުކުރާނެ ކަމަށެވެ. މިސަރުކާރަކީ ވައްކަމުގެ ސަރުކާރެއް ކަމަށްބުނެ ޒަރިޔަންދުވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ނިހާދު އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ތެރޭގައި ދެރައީސުންގެ ކޯޅުންގަނޑު ގަދަވެ ފެކްޝަންގެ ވާދަވެރިކަން ބޮޑުވެފައި އޮތުމަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށްވެސް އެމްޑީޕީއަށް ކެނޑިޑޭޓެއް ނުދެއްކިގެން އުޅޭ މައިގަނޑު ސަބަބު ކަމަށެވެ.

2023 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކެނޑިޑޭޓަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަމަޖައްސައި އިދިކޮޅުން މިހާރުވަނީ ކެމްޕެއިންވެސް ފަށާފައެވެ. އެހެންނަމަވެސް އެމްޑީޕީން ނުކުންނަ ކެނޑިޑޭޓުންގެ މެދުގައި ޕްރައިމަރީއެއް ބާއްވާނެ ތާރީހެއްވެސް އަދި މިހާތަނަށް ކަނޑައެޅިފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަމަސްތޭ

    ޕުރޫވ އިޓް ބުރޯ . .

    5
    4
    • ރަން ރީނދޫ

      ވެންޓިލޭޓަރު ވައްކަން. ރޯޔަލް ރޭޕް ވައްކަން،47 މެމްބަރުން ވަގު ފައިސާ ދީފަ ގަތުން،ކޮންމެ އަހަރެއްގެ ބަޖެޓް ދިރުވާލުން. ބިގަށް ދިން ފައިސާ ގަނޑު. ނަންބަރު ޕްލޭޓް ވައްކަން. މޮރިޝަސް ވައްކަން. އުތުރު ތިލަ ފަޅު ވައްކަން. އިބުރަގެ މަންދު ކޮލެޖަށް ދިން ބަދަލު ވައްކަން. ސިންގަލް ވިންޑޯވައްކަން. ދައުރު ފެށިއިރު ގައުމާ މުޚާޠަބު ކޮއް ބުނީ 900 މިލިއަން ޑޮލަރު ރިޒާވް ގާ އެބަހުއްޓޭ،އަނެއްއަހަރު ބުނީ އަހަރުމެން ދައުލަތާ ހަވާލު ވީއިރު ދައުލަތުގަ ފައިސާ އެއް ނެތޭ ހުރީ 200އެއްހާ މިލިއަނޭ. ވީމާ 700 މިލިއަން ޑޮލަރު ދިރުވާލީ ފެނއފޮދަކާ ނުލާ. މަދުތަ.

      14
      1
  2. ނިހާދު

    މމމމމމމމނިހާދަށް އިނގޭ އެހެން ބަޔަކު އައިސްފިއްޔާ ނިހާދުމެންވެސް ތިބޭނީ ކުޑަ ގޮޅީގަކަން

    21
  3. ނާރުބޭ

    ޒަރިޔަންދު އައް ވިސްނެން ފަށައިފި ކަމައް ބެލެވެނީ

    28
    1
  4. މާމީ

    ނިހާދު ކަލޭ ތައްޔާރުތަ؟

    12
  5. Anonymous

    ހަންކަޅޭ ކީކޭ ތިކިޔަނީ

    3
    4
  6. Anonymous

    ޒަރިޔަންދަށް ވިސްނުނަސް އަދިވެސް އެއްބަޔަކު ހަމަ ހޭނާރާ. ނަމާއި އެއްގޮތަށޭ ކިޔަކިޔާ ވާގިވެރިވާން ބައިގައި ތިބެނީ

  7. ޅަހުއްތު

    ނިހާދު މިހިރީ ހަމަ ހޭގަތޯ؟މިހާރު މިއޮތީ ކޮންބަޔއްގެ ވެރިކަމެއްތޯ؟ކޮސް ނުގޮވާ.ދިވެހި ރައްޔިތުން ބޭނުމެއްނުވޭ ދެން މިގައުމު އެމްޑީޕީގެ އަތްމައްޗަށް ދޫކޮށްލާކަށް.އޮޅުވާލަގެން ދެފަހަރަށް ވެރިކަމަށްތިއައީ.ފުރަތަމަ ފަހަރު މުޅިގައުމުގަ ހުޅުޖަހާ އަންދާލާފި.ދެވަނަ ފަހަރު ގައުމު ލޫތުވައިފި.މިލްކިއްޔާތު ދިރުވާލާފި.ކަރަޕްޝަން މެކުހައްޖަހައިފި.އައުލާދުން ވެގެން ބައިތުލްމާލު ބައިބަޔަށް އަޅާ ހުސްކޮށްފި.ސަރުކާރުގެ ކުންފުނިތައް ފުނޑާލައިފި.ހުރިހާ ދެރަޔެއް ރައްޔިތުންނަށް.

  8. Anonymous

    އަމިއްލައަށް ވައްކަންކޮށްގެން އަމިއްލައަށް ވަގަށް ގޮވަނީ

  9. ދަރަނި ދަންތުރަ

    ތިހެން ތިބުނީ ހަމަ ޒަރިޔަންދު ތަ ؟ ހާދަ އެއްޗެއް ބޭނުންވެގެން އުޅޭހެން ހީވެޔޭ އެބަ..؟

  10. އަދުހަމް

    ޒަރަޔަންދަށް ތާއީދު. މިސަރުކާރުގައި ތިބި ވެރިންނަކީ މަކަރާއި ހީލަތާއި ވައްކަމުން ފުރިފައިތިބިބައެއް. ރައްޔިތުންގެ ކަންކަމަށްވުރެ އިސްކުރަނީ އަމިއްލަ އެދުމާއި މަސްލަހަތު. ދައުލަތުގެ ތިޖޫރީއަށް އަތްބައިނައިގެންނާއި ނުފޫޒާއި ރިޝްވަތު ދީގެން ވިޔަސް އެމީހަކުބަލަނީ އެމީހެއްގެ ޖީބުފުރާލެވޭތޯ. ދީނީ ޓެގުއަޅައިގެން އުޅޭ މަތީފަޑީގައި ބަގުޑި ބައްދައިގެން އުޅޭ ވެރިންގެވެސް ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް. އިބޫއަށް ވާނުވާއެއް ނޭގޭ. ގާބިލުނީންވީމާ