ކުރިން މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އޮތް ށ. މާކަނޑޫދޫން އެ ރަށުގެ މިލަންދުއަށް ބަދަލުވި މީހުންގެ ތެރެއިން މަސައްކަތްތެރިންނާއި މިލަންދޫއަށް ހިދުމަތްކޮށްދިން މީހުންނަށް އެވޯޑް ދޭން ނިންމައިފިއެވެ.

މާކަނޑުދޫ މީހުން މިލަންދު އަށް ހިޖުރަކުރަން ފެށީ 1990 އިން ފަހުކޮޅުއެވެ. އަދި 2000 ވަނަ އަހަރު މާކަނޑޫދޫގެ ހުރިހާ އެންމެން ވަނީ ބަދަލުވެފައެވެ.

އެހެންވެ މިލަންދޫއަށް ހިޖުރަކުރި މީހުންގެ ދުވަސް ފާހަކޮށް މާކަނޑޫދޫއިން ބަދަލުވި މީހުންގެ ތެރެއިން މިލަންދޫއަށް ރީތި ނަން ހޯދައިދިން ފަރާތްތަކާއި އަދި މަސައްކަތް ތެރިންނާއި ޝަރަފުވެރިންނަށް އެވޯޑް ދޭން ވަނީ ނިންމައިފައެވެ.

އެވޯޑް ދިނުމުގެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.

އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެ ކަނބަލުންނެވެ. އެ ޖަލްސާގައި މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަދި ދަރިކަލުން ފާރިޝް މައުމޫން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މާކަނޑޫދޫން މިލަންދޫއަށް 1000 އަށް ވުރެ ގިނަ މީހުން ބަދަލުވިއެވެ. އެއާއެކު މިލަންދޫގެ މިހާރުގެ އާބާދީއަކީ 2700 އެވެ.

މާކަނޑޫދޫން މީހުން ބަދަލުވީ އެރަށުގެ ބިން ޗަކެވަފައި ގެދޮރު އެޅޭނެ ގޮތެއް ނެތުމާއި ރަށުގެ ފެން ލޮނުވުމާއި އަދި ލަފާ ފުރުން ދަތިވާތީ ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.