އިންތިޚާބުގެ ކުރިން ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ދައުވާ ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ރޭ ތ. ތިމަރަފުށީގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.

"ރައީސް ޔާމީނަކީ ހައްޔަރުކޮށް، ޖިނާއީ ތަހުގީގެއް ހިންގަން ޖެހިފައިވާ ބޭފުޅެއް. މިއިންތިޚާބުގެ ކުރިންވެސް ޔާމީން ހައްޔަރުކޮށް ދައުވާ ކުރަން ޖެހޭ " އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ދެން އަންނަ ސަރުކާރެއްގައި މި މައްސަލަ ބަލައި މިކަމުގައި ޒިންމާވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހަކަށް ލިބެންޖެހޭ ހައްގު އަދަބު ދޭނެ ކަމަށެވެ.

ރައީސް ޔާމީން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިންތި ވިދާޅުވީ ބޮޑު ވައްކަމެއްގެ ތުހުމަތު ބޮލުގައި އެޅުވިފައިވާ ފަރާތަކުން ރައްޔިތުންގެ އަރިހަށް ވަޑައިގަނެ، އަދިވެސް ތިމަން މަނިކުފާނަށް ވޯޓު ދެއްވުމަށް ގޮވާލާތީ މާތް ރަސްކަލާނގެ ކިބަފުޅުން ބާވައިލައްވަފާނެ ކޯފާއަކަށް ބިރުވެތިވާ ކަމަށެވެ.

"އަމިއްލަ ގެކޮޅަށް ވަދެފައިވަނީ ހަލާލު ފައިސާ ނޫން ކަމަށް އަމިއްލަފުޅަށް އެއްބަސްވެފައިވާ އިރުވެސް އެމަނިކުފާނު ރަށް ރަށަށް ވަޑައިގެން ވޯޓު ހޯއްދެވުމަށް ވިދާޅުވާތީ ހިތާމަ ކުރަން " އިންތި ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި އިތުރަށް ވިދާޅުވީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބު ކޮށްފިނަމަ ރާއްޖޭގެ ބައިތުލްމާލު ރައްކާތެރިކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅޭނެ ކަމަށެވެ.

"ރައްޔިތުން އެބަޖެހޭ ފުންކޮށް ވިސްނައި، އެފަދަ ދެވަނަ ޚިޔާނަތަކަށް ފުރުސަތު ނުދިނުމަށް އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވަން " އިންތި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މައުސް

    އަޅެ މިހިރަ ލާދީނީ ކަލޭގެ އަނގަ ހައްދު ޖަހާބަލަ ހައްޔަރު ކޮއަބަލަ

  2. Anonymous

    މާލަސްވެއްޖެދޯ

  3. ޙަމީދު ދ

    ސައިޒަށްވުރެ ބޮޑެތި ވާހަކަ ނުދައްކާބަލަ. ކަލޭމެންނަށް އެނގޭނީ ހުސް އަނގަތަޅަށް. ރައީސް ޔާމީން ޤަައުމާއިގެން ކުރިޔަށް

  4. ޙަފްޞާ / މާލެ

    ޖަލުގަހުރި ބޮޑުމުޖުރިމެއްގެ އަގަޔަށް ބަސްލައިދީގެން މިގޮތަށް ބުނާށޭ ބުނީމާ އެޖައްލާދު އެހެން ބުނީ! އިންތިޚާބުން ބޮޑުތަނުން ބަލިވާނޭކަން ކަށަވަރުވާތީއާ ، ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ރޭވި ހުރިހާ ރޭވުންތަކާ ޕްލޭންތައް ފެއިލްވީމާ ދެން ތިޔަ ބަލަނީ ދޮގު އުފައްދައިގެންވެސ ކަންފުޅެއް ވޭތޯއެވެ މާތްﷲއީ މޮޅަށް ދެނެވޮޑިގެންވާ ބާރުވެރިވަންތަ ރަސްކަލާންގެއެވެ. އިރާދަކުރެއްވިއްޔާ ފުރަތަމަބުރުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރައްވާ ތިޔަ ބައިގަނޑު ލަދުގަންނަވާލާނެ!

  5. ވިސްނާ

    ފަސް ވަގުތު ނަމާދު ކުރާ މީހުން ބަލަންވީ. ޢެއިރުން އިގޭނީ މާތް ރަސްކަލާނގެ ދެކެ ބިރުވެތިވާ މީހުން.

  6. ޖަންނަތު

    ކަލޭމެންގެ ނުބައި ރޭވުންތަކުން މާތްﷲ ރައީސް ޔާމީން ސަލާމަތް ކުރައްވާށި ! އަދިބޮޑު އައުލަބިއްޔަތަކުން ރައީސް ޔާމީން އަށް2018ގެ އިންތިޚާބު ކާމިޔާބު ކުރުމުގެ ހެޔޮ ތައުފީގު މިންވަރުކުރައްވާށި!

  7. ކޮކަޑި

    ދޮގެއް ހެދެން އޮއްވާ ކޮންމެ ހެންވެސް ތެދެއް ނުހަދާތި.
    ވޯޓް ފޯ ޔމނ.

  8. އިހުސާން

    ކަލޯ އިންތިހާބުން ބަލިވާނެކަނއ އެގުނީމަ ދެން މޮޔަ ގޮވާނެ. ބުނާތީ އަޑުއަހަން އިންތި އަކީ ގާނޫނީ ވަކީލެއް ކަމަށް، އެހެންވެއްޖެ ކަމަށް ވާނަމަ އެ ބޭފުޅާއަށް ރަނގަޅަށް އެނގޭނެ ސިޓިން ޕްރެސިޑެންޓް އެއް އެގޮތަށް ހައްޔަރު ނުކުރެވޭނެކަން .

  9. ގޮޅާބޯ

    މީ އަދި ކޮޑިފޫޓެއްވެސް ހަމަނުވާމީހެކޭ މާހިއްމައްޗައް އަރައިގެން މިއުޅެނީ