އަހަރުގެ ރީތި ތާރީހެއްގެ ގޮތުގައި އޮތް މިއަދު 12-22-12ގައި ފެމިލީ ކޯޓުގައި ގިނަ އަދަދެއްގެ ބަޔަކު ކައިވެނި ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ ކޯޓުގައި މިއަދު ގިނަ އަދަދަކަށް މީހުން ކައިވެނި ކުރުމަށް ހަމަޖެހިފައިވާތީ ތައްޔާރީތަކެއްވެސް ވަނީ ވެފައެވެ. އެގޮތުން އެ ކޯޓުން ކުރި ޓްވީޓެއްގައި ބުނީ، މިއަދު އެ ކޯޓުގައި ގިނަ އަދަދެއްގެ ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާތީ، ކޯޓަށް ދުރުވާ ބޭފުޅުންނަށް ލުއިފަސޭހަކޮށްދީ، އަވިން ސަލާމަތް ވާނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެ ކޯޓުގެ ބޭރުގައި ވަނީ ޓެންޓްތައް ޖަހާ، ގޮނޑިވެސް ޖަހާފައެވެ.

ފެމިލީ ކޯޓް އިން ބުނީ، މިއަދު އެކަނި އެ ކޯޓުގައި 58 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން 25 ކައިވެނި ރަސްމީ ގަޑީގައި ކުރުމަށް ހަމަޖެހިފައިވާއިރު، 33 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައި ވަނީ ނުރަސްމީ ގަޑީގައި ކަމަށް ބުނެފައި ވެއެވެ.

މި އަހަރުގެ ރީތި އެއް ތާރީހެއް ކަމަށްވާ 22-7-7 ގައި ވަނީ 58 ކައިވެނި ކޮށްފަ އެވެ.

މާލޭގައި މިހާތަނަށް އެންމެ ގިނަ ކައިވެނި ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު އެވެ. އެދުވަހު 87 ކައިވެނި ކޮށްފައި ވެއެވެ. އޭގެ ކުރިން އެންމެ ގިނަ މީހުން އެއްދުވަހެއްގައި ކައިވެނި ކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ. އެދުވަހު 66 ކައިވެނި މާލޭގައި ކުރިއެވެ.

ރީތި ތާރީޚްތަކުގައި ކައިވެނި ކުރުމަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އާއްމު ކަމެކެވެ.

އަންނަ އަހަރު އަންނާނެ ރީތި ތާރީޚްތަކުގެ ތެރޭގައި 01/02/2023 އާއި 20/03/2023 ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތާރީޚް

    ތާރީހު ރީތިވިޔަކަސް ދިރިއުޅުން ރީތި ނުވާނަމަ ތާރީހުގެ ބޭނުމެއް ނެތް.

    39
    1
  2. ު58އައްކައިވެނި

    ދުވަސްކޮޅެއްގެ ކަމެއް

  3. ބޮލުރޮދި

    އަހަރުގެ ރީތި ތާރީހެއްގެ ގޮތުގައި އޮތް މިއަދު 12-22-12ގައި ފެމިލީ ކޯޓުގައި ގިނަ އަދަދެއްގެ ބަޔަކު ކައިވެނި ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
    މަތީގައި އެވަނީ 12ވަނަ އަހަރުގެ 22ވަނަމަހުގެ 12ވަނަދުވަސްތޯ؟ އެހެން މިއަހާލީ ތާރީޚް ޖަހާއުޅޭ ގޮތްތަކުގެ ތެރޭން އެއްވެސްގޮތަކާ މިއަދުގެ ތާރީޚާ ދިމާނުވާތީ.
    *ރީތި ތާރީޚު ތަކުގައި ކުރާ ވަރިތަކުގެ ތަފްސީލް އެއްވެސް ނޫސްވެރިއަކު ހޯދާ ހާމަ ނުކުރަނީ ކީއްވެތޯ؟

    10
  4. ކީކޭ

    ތާރީހު ރީތިވިއްޔާ ކައިވެނި ދެމި އޮންނަނީ ބާ ؟ ކޮންގްރެޓްސް އެހެނަސް.. !!

    6
    1
  5. ޒާ

    ތާރީޚް ރީތިވެެގެން ކުރާ ކައިވެނީގެ އަގުކޮބާ؟ އެކައިވެނީގެ މަތީގާ ގެއަށް ވަދެވެނީވެސް މަދުމީހަކަށް. އެހާވެސް ވަރިގިނަ.

  6. ދަރަނި ދަންތުރަ

    ކޮބާ 23 ، 03 ، 2023 މި ހަޑި ތާރީހެއްތަ ؟

    1
    1