ހއ. އުލިގަމުގައި ކުޅެން ހުރި ކުއްޖެއްގެ ގައި މައްޗަށް ފުޓްސަލް ގޯލެއް ވެއްޓި ނިޔާވެއްޖެއެވެ.

އުލިގަމު ކައުންސިލުން "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ، މިއަދު ހަވީރު 5 ޖަހާކަންހާއިރު އެ ހާދިސާ ހިނގާފައިވަނީ އެކުއްޖާ ރަހުމަތްތެރިންނާއި އެކީ ފުޓްބޯޅަށް ކުޅެން ހުއްޓާ ގޯލު ވެއްޓިގެން އައިސް ކުއްޖާގެ ކަނދުރާގައި ޖެހިގެން ކަމަށެވެ.

މިހާދިސާގައި ނިޔާވެފައިވަނީ 8 އަހަރާއި 10 އަހަރާ ދެމެދުގެ ކުއްޖަކު ކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުލިގަމު ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުއްޖެއްގެ ބޮލަށް ގޯލު ޕޯސްޓެއް ވެއްޓިފައިވާ ކަމުގެ މައުލޫމާތު އެއިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 5:50 އެހާކަންހާއިރު ކަމަށެވެ.

ގޯލު ޕޯސްޓު ވެއްޓި އަނިޔާވެފައިވަނީ 9 އަހަރުގެ ކުއްޖަކަށް ކަމަށާއި އެކުއްޖާއަށް އެރަށު ހެލްތް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދުކަލޯ

    إنا لله وإنا إليه راجعون
    ހަަދަހާ ދެރައޭ ކޮންމެ ދުވަހަކު މަގޭ ގައުމު ލޮބުވެތި މީސްކޮޅު އެކި ގޮތްގޮތަށް ނިޔާވާ ވާހަކަ މިއޮންނަނީ

    60
    1
  2. އައްބޭބެ

    ދެން ވަރަށް އަވަހަށް ގޯލްތައް ހަރުކުރަން ފަށަން ގަވައިދު ނެރޭނެ..ގެރެންޓީ

    44
  3. Anonymous

    އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން🤲

    58
  4. Anonymous

    ސޭކުސްތާނުގައި ކަން ހިނގާ މަގީ މުންނާރުގެ ދުވާރުގައި ޖެހި މީހަކު މަރުވީމާ ނޫނީ އެ ދުވާރު ތަޅާލާކަށެއް ނޭނގޭނެއެވެ. ގޯލެއް ވެއްޓި ކުއްޖަކު މަރުވީމާ ނޫނީ ގޯލުދަނޑިއެއް ބިމާއެކު ހަރުކުރާކަށެއް ނޭނގޭނެއެވެ. ސްކޫލްތަކުގައި ގަވާއިދާ ޚިލާފަށް ވެހިކަލް ދޮންނަނިކޮށް ކުއްޖެއްގެ ލޯ ފަޅައިގެން ދިޔައިމާ ނޫނީ އެކަން ވެސް މަނާކުރާކަށެއް ނޭނގޭނެއެވެ.

    22
    • އަހްމަދު

      އޮލިމްޕަހުގައި ގަވާއިދާ ޚިލާފަށް ދުވާރުމައްޗަށް ނެރެފައި އެހުރި ފާރުގައި މީހަކުގެ ބޯޖެހި ބޯފަޅައިގެން ދިއައިމާ ނޫނީ އެތެންވެސް އެހުންނަނީ ނުނަގަން.

  5. ތަކުރު

    إنا لله وإنا إليه راجعون

    14
  6. އުލިގަން

    ޔޫތު މިނިސްޓަރު އިސްތިއުފާ ދެއްވާ! ފުޓްސަލް ދަނޑު ނުބެލެހެއްޓޭ ކައުންސިލް އިސްތިއުފާ

    17
    1
    • ބެއްޔާ

      ޔާމީނު ޒިންމާ ވާންޖެހޭނީ. ފުޓްސަލް ދަނޑުތައް އަޅަންފެށީ ޔާމީނު.