ކްރީމް ޖެހި ބަނަހަކަށް އެލާޖިކްވެ، ހާލުދެރަވި މަރިޔަމް ޒައީމާ މޫސާ (މަރީ) ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗު ހޮސްޕިޓަލުގެ ކެންޓީނުން ގަތް ބަނަހެއް ކެއި ފަހުން މަރީ އެލާޖިކު ވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ މޭއި މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެމަޖެންސީގައި އޭނާއަށް ފަރުވާ ދީފައިވާއިރު، އެމަޖެންސީގައި އޮތްއިރު، ހޮސްޕިޓަލުން ވަނީ އޭނާއަށް ނުބައި އިންޖެކްޝަނެއް ޖަހާފައެވެ. އެހާ ހިސާބުން މަރީގެ ހާލު ވަނީ އިތުރަށް ގޯސްވެފައެވެ.

މަރީގެ ކޮއްކޮ ފޭސްބުކުގައި ހިންގަމުން އަންނަ ޕޭޖުގައި ބުނެފައިވަނީ މަރީ ނިޔާވެފައިވަނީ މިއަދު ހެނދުނު މާލޭގައި ކަމަށެވެ.

މަރީއަށް ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ދެވިފައިވަނީ ނުބައި އިންޖެކްޝަނެއް ކަމަށް ބުނެ ހޮސްޕިޓަލުން ވަނީ އާއިލާގެ ފަރާތުން މާފަށް ވެސް އެދިފައެވެ. ނަމަވެސް އެކަމާއި ގުޅިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅި ކަމަށް ހޮސްޕިޓަލުން ހާމަ ކޮށްފައެއް ނުވެއެވެ.

ހޮސްޕިޓަލުން އާއިލާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެލާޖިކުވުމުން އާންމުކޮށް ދީ އުޅޭ އިންޖެކްޝަނެއް ކަމަށްވާ "ހައިޑްރޯކޯޓިސޯން" ދިނުމުން ވެސް މަރީގެ ހާލު ރަނގަޅު ނުވުމުން ފަހުން "އެޑްރެނަލިން" އިންޖެކްޝަނެއް ދީފައިވާ ކަމަށެވެ.

މަރީގެ ހާލު ގޯސްވުމާއި އެކީ އާއިލާއިން ވަނީ އޭނާ އިންޑިއާއަށް ގެންގޮސް ވެސް ފަރުވާ ދީފައެވެ. ނަމަވެސް ފަހުން އިންޑިއާއިން ދޭނެ ފަރުވާއެއް ނެތިގެން މިދިޔަ މޭއި މަހު ވަނީ ރާއްޖެ ގެނެސްފައެވެ/

މަރީ ނިޔާވެފައިވާއިރު، އޭނާއަކީ ނުވަ އަހަރުގެ ކުޑަ ކުއްޖެއް ހުންނަ އެކަނިވެރި މައެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނާނަ

    ސޯލިބޭ މިކަމުގެ ޒިންމާ ނުނަގައިފިނަމަ ދައުވާކުރެވޭނެ.

    25
    1
  2. ކިސް

    ދެންމަރުވިގޮތް ބަލަން ޕޯސްމޯޓަން ނުހަދަން ފެނޭ..

    15
    1
  3. ސަމީރު

    އެލާޖިކް އޭ ނުކިޔަން ވެއްޖެ، ފުޑް ޕޮއިޒަން ކިޔާ، ބަންގާލުން އެއްވެސް ސާފު ތާހިރު ކަމެއް ނެތި ކުދި ތަން ތަން ހިފައިގެން ތިބެ މީދަލާ ކުރޮފި ހާލި ތަކުގަ ތި އެއްޗިސް ހަދާފަ ނެރެނީ! ތިކަން ކަން ބަލާނެ ސަރުކާރެއް ނެތް!!

    28
    2
  4. Anonymous

    ޚކޮބާމަރުކޮމިޝަ

    12
    1
  5. މެޑިކަލް މެލްޕްރެކްޓިސް

    ޒިންމާވާނީ ކާކު ؟ ދޭނެ އަދަބަކީ ކޮބާ ؟ ކަމާ ބެހޭ ގާނޫނެއް އޮވޭތަ ؟

    ވެރިކަމަށް އެރިއްޖެތާ، ވަރިހަމައެއްނު ! އެކަމާ އެ ދެމެހެއްޓޭނެ ހުރިހާ ގާނޫނެއް ހަދާ މިތަން ރަސްކަމަކަށް ބަދަލުވެ ކެނެރިސްތާނަށް ބަދަލުވަންދެން

    20
  6. މޮހޮރު

    އެލާޖިކުތަ، ވިހަތަ؟ ތިވާނީ ވިހަވީކަމަށް،،،،ފުރިޖުގަ ގިނަދުވަސްވެފަ ހުންނަކާނާ ބެނުން ކޮށްގެން ހަދާ ކާއެއްޗެހީ ގަހުރޭ ވިހަ،

    8
    2
  7. އަހުމަދު

    إنا لله وإنا إليه راجعون
    اللهم اغفر لها وارحمها
    آمين

  8. އިބިލީސް

    އަހަރެން އަބަދުވެސް ދައްކާވާހަކަ. މެޑިކަލް ދާއިރާގއި މަސައްކަތް ކުރާ މީހުންނަށް ފިޔަވަޅެއް ނޭޅެޔޭ. ކިހާދެރަ ހާދިސާއެއް މިދިމާވީ. މީހެއްގެ ފުރާނަ އެދިޔައީ. އިންޖެކްޝަން ޖެހިމީހުން މާދަމާވެސް ކުނި މޫނުހަދައިގެން ދެންހުރި މީހާގަޔަށް އިންޖެކްޝަން ޖެހުމުގަ

  9. Anonymous

    ކްރީމް ޖެހި ބަނަހެއްގެ ސަބަބުން ދުނިޔެދޫކުރާ ހިސާބަށް ދިޔުން އެއީ ވަރަށް ވަރަށް ހިތާމަ ހުރި ކަމެއް. މިރާއްޖޭގައި ސިހުރު ، އެސްފީނާ ، ހަސަދަ އިންތިހާއަށް އެބައޮތް. ޢާންމުކޮށް މީހުން ސިހުރު ހަދައި ކާންދޭނީ ފޮނި އެއްޗެހީގައި...