ރާއްޖޭގެ ރަށެއްގައި މީހަކު ރޭޕް ކުރިއިރު ވެސް ކަމާބެހޭ މުއައްސަސާތަކުން އަޅާ ނުލާ ތިބި ކަން "ވަގުތު-26" އިން މިދިޔަ ދެތިން މަސް ތެރޭގައި ކުރިއަށް ގެންދިޔަ ތަހުގީގަކުން އެނގިއްޖެއެވެ.

މިކަން ފަޅާ އަރާފައި ވަނީ "ވަގުތު-26" ގެ ބޮޑު ޓީމަކުން މުޅިން އެހެން މައްސަލައެއްގެ ތަހުގީގެއް ކުރިއަށް ގެންދަނިކޮށެވެ. މިއީ ރާއްޖޭގެ ހަތަރު ރަށެއްގައި ތަހުގީގު ކުރިއަށް ގެންދަނިކޮށް ފެންމަތިވި ކަމެކެވެ.

މި މައްސަލައިގެ ތަހުގީގުން އެނގުނު ގޮތުގައި އުމުރުން ދުވަސްވީ މީހާ އަށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަން ފުލުހުންނަށާއި، އެޗްއާރުސީއެމްއަށް، އަދި ޖެންޑާ މިނިސްޓްރީ އަށްވެސް އެނގި ތިބެ، އެކަށީގެންވާ ފިޔަވަޅު ނާޅާ ވަނީ ދޫކޮށްލައިފައެވެ.

އަދި "ވަގުތު-26" އަށް ލިބިފައި ހުރި ލިޔެކިޔުންތަކާއި މައުލޫމާތަށް ބަލާއިރު، ބޮޑަށް އިހުމާލުވެފައި ވަނީ ޖެންޑާ އާއި އެޗްއާރުސީއެމް އިން ކަން ވަނީ ހާމަވެފައެވެ.

ތަހުގީގުން އެނގުނު ގޮތުގައި އެމީހާ އަށް ޖިންސީ ގޯނާ ކުރަމުންދާ ކަން އެނގި ތިބެ، 10 ވަރަކަށް މަސް ވީއިރުވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މި ތަހުގީގުން ހާމަވެފައި ވަނީ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް ގާއިމުކޮށްފައި ހުރި މުއައްސަސާތައް ފެއިލްވެފައިވާ މިންވަރެވެ.

އުމުރުން ދުވަސްވީ އެމީހާ އަށް ޖިންސީ ގޯނާ ކުރި މީހުންގެ ތެރޭގައި ޒުވާނުންނާއި، މެދު އުމުރުގެ މީހުންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުން ވެސް ހިމެނެއެވެ.

އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނޭ ކަން ތަހުގީގަށް ވަނީ ފަޅާ އަރައިފައެވެ. މި ތަހުގީގުގައި، އެމީހާއަށް ޖިންސީ ގޯނާ ކުރަން އުޅުނު މަންޒަރު ފެނުނު މީހުންނާއިވެސް ވަނީ ސުވާލުކޮށްފައެވެ.

މި ތަހުގީގު ރިޕޯޓާއި، އެއާ ގުޅޭ ވީޑިއޯ އަންނަ ހޮނިހިރު ދުވަހު އާންމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބުއްރަާހު

    އެ މުސްކުޅި ދައްތަ މަޑި އަކަށް ނުވުން ކުށަކީ. އެހެން ނޫން ނަމަ ހިމާޔަތް ދިނީސް.

    61
    1
  2. ކަހަނބު

    މިސަރުކާރުން ހީކުރީ ދަށްތަޔަކީކިނބުލެއްކަމަށް އެހެންވެގެން ހައިވާނެއްކަމަށް ކަމަށްހީކޮށް މުއަށްސަސާތަކުން އަޅާނުލީ މިސަރުކާރަކީ މިގައުމަށްޖެހިފަ އޮތްބަލާވެރިކަމެއް މާތްﷲ މިޖާހިލުސަރުކާރުގެ ދެވަނަދަައުރެއް މެދުވެރި ނުކުރަށްވާށިއެވެ އާމީން.

    67
    3
  3. ބޮޗޭ

    އެޗުއަރުސިމް އުވާލަބަޔެ. ބައަކައް ރުފިޔާ ބަހަން ސޮލިހު ހިންގަ ޖަރީމަ .

    58
    1
  4. ދެބޯގެރި

    މާދަމާ ތިޔަބުނާ ޖެންޑަ މިނިސްޓްރީއާ އެޗް.އާރު ސީއެމުން ބަޔާޏް ނެރޭނެ އެހިސާބުން ޒިންމާ އަދާކުރެވުނީ މުއައްސަސާތަކަށް ވެރިންނަށް ލާފަ ތިބެނީ ކުފޫހަމނުވާ މީހުން ދެންވާނެގޮތް އެވަނީ ފަންތިޔާ ގިންތި ހަމަހަމަކުރަން ހަދައިގެން ޖެހޭހާ ދަތުރުތީ

    54
    1
  5. ހުސޭނުބޭ

    މުއައްސަސާތަކުގައިވެސް ޕާޓީގެ އެކްޓިވިސްޓުން. އެއްޗެއް ނުދަންނަ ގަމާރުން

    61
    1
  6. އަދުން

    މި ދައުލަތް ފެއިލް ނުވަނީ ކޮންދިމާއަކުން. 5 އަހަރު މަސައްކަތްކުރީ އަވަށްޓެރި ގައުމެއް ރުއްސާ އެގައުމުގެ އޯޑަރުތައް ތަންފީޒުކުރުން. އަމިއްލަ ވެރިކަމުގެ ބާރުނެތް ގައުމެއްގައި ރައްޔިތުންގެ ހައްގުތައް އޮންނާނީ ވަޅުޖެހިފައި. އެތަން މިފެންނަނީ

    68
    3
  7. ރަށު މީހާ

    ތިޔަ އެޗްއާރުސީއެމް އަކީ ޖަލުގަ ތިބޭ ކުއްވެރިންގެ ހިމާޔަތުގައި ތިބޭ ބައެއް. ވަރަށް ފެންމަތީގައި އުޅޭ ބައެއް. އެމީހުން ވަރުގެ ބައެއް ނެތިގެން.. ޕޮލިހުން، ކަރެކްޝަނަށް ވެސް އިރު އިރު ކޮޅާ ޖެއްސުން ކުރަނީ.. ކުއްވެރިންގެ ހައްގުގައި…

    54
    1
    • ޒިއާދު

      ކުއްވެރިން ސަލާމަތްކޮއްގެން އަންބޮޑި ބޮޑުކުރަ ބައިގަނޑެއް މުޅިރާއްޖެ ނާމާންކޮއްފި ކަލޯ

      6
      1
  8. ޅަހުއްތު

    ތިކަހަލަ ކަންތައްތަކަކީ މިސަރުކާރުން މާކަ އިސްކަންދޭކަމެއްނުން.ނުބައިވެގެންވާ ހުރިހާކަމަކަށް މިސަރުކާރުންމަރުހަބާ ކިޔާނެ.މީ ލާދީނީ ކަރަޕްޓް ސަރުކާރެއް.އަލަމްގިރި ކުޅިއަށްވެސް ވީގޮތެއްވެސް.އޭގެ ވާހަކައެއްވެސް ނެތް.

    32
    2
  9. ކޮރަލް

    ބޮޑެތި ކުއްކުރާ ބިދޭސީން ޑިޕޯޓް ކޮށް ބަލާށެވެ. ޕޯން ސައިޓް ތައް ބްލޮކް ކޮށް ބަލާށެވެ. ބްލޮކް ކުރަން ގޮވާލަ ބަލާށެވެ.

    34
    1
  10. ފުރީ

    ފައިސާގެ ބޭނުމަށް ކޮންމެސް މީހަކު ކުރާކަމެއްތީ ދަރިއެއް ނޫނީ އެއްބަނޑު މީހަކަށްވެސް ވެދާނެ

    14
    5
  11. ޑެނީ

    ޕާރޓީ އަން އެޑިއުކޭޓް ގަމާރުންނަށް މަތީ މަގާމުތައް ދިނީމަ ވާނެ ތިހެން

    31
    1
  12. ޔޯގާ ގުރޫ

    ޖެންޑާ ފެއިލް ވެފަ ހުރި ވާހަކަ ދައްކާ ދައްކާ ވޅު ވެއްޖެ . ޚުދު މިނިސްޓަރާ އަދި އެތާނގެ މުއައްޒަފުނއގެ ލަދު ކޮބާބާވަ އޭ މަގޭ ހިތަށް އަރަނީ

    16
    1
  13. އަލީ

    ކޮބާ އިޔާޒާ އިލްޔާސް ރައްޔިތުންގެ ކިބައިން މައާފަށްއެދޭނީ ކޮންދުވަހަކުންބާ.

    12
    2
  14. ބޭރި

    ތިލަމާލެ ބުރިޖުވަގު އިސްތިއުފާދީފަ ހިންނަވަރަށްދޭ މާތާހިރުވާނެ.

    12
    1
  15. ނަން

    މި މައްސަލަ އާންމުންނާ ހަމަޔަށް ގެނެސްދިނީ ތީވެ ވަގުތަށް ވަރަށް ޝުކުރު ދަންނަވަން. ހިތާމައީ މިހާދުވަސް ވެގެން ދިޔައިރުވެސް އަދި މިހާރުވެސް ސަރުކާރުން އަޅާނުލިތާގައި ރަށު ރައްޔިތުންވެެސް މިކަން ނުހުއްޓުވީމައި. ރަށުގެ އެކިިވަރުގެ ފިރިހެނުން މިކަމުގައި ބައިވެރިވި އިރު ބިދޭސީންވެސް ދިވެހި އަންހެނެއްގެ އިއްފަތްތެރިކަން ނަގާލީ ހަމަ އެންމެގެ އިހުމާލުން.