ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި "ހިތްފަޅައިގެންދާ" ވަރުގެ ކަންކަން ހިނގަމުން އަންނަކަން "ވަގުތު-26" ޓީމަށް އެނގިއްޖެއެވެ.

މިކަން ހާމަވެފައި ވަނީ "ވަގުތު-26" ގެ ޓީމަކުން މުޅިން އެހެން މައްސަލައެއްގެ ތަހުގީގެއް ކުރިއަށް ގެންދަނިކޮށެވެ. އެހެން މައްސަލައެއްގެ ތަހުގީގަކަށް ގުރައިދޫ މަރުކަޒުގެ ބައެއް މުވައްޒަފުންގެ އިންޓަވިއުތަކެއް ބޭނުންވެގެން "ވަގުތު" އިން އެދުމުން ޖެންޑާ މިނިސްޓްރީން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

"ޖެންޑާ މިނިސްޓްރީން ވިދާޅުވީ ގުރައިދޫ މަރުކަޒުގެ މުވައްޒަފުންގެ އިންޓަވިއުތަކާއި ވީޑިއޯތައް ނަގަން ހުއްދަ ދެވޭނީ މާލެ އިން އެކަމަށް ހާއްސަ ޓީމެއް ގޮސްގެން ކަމަށް،" "ވަގުތު" އިން އާންމު ކުރަން ހަމަޖެހިފައިވާ ތަހުގީގު ރިޕޯޓުގައި ބުނެފައިވެއެވެ.

އެނގިފައިވާގޮތުން, މަރުކަޒަށް ބަޔަކު ޒިޔާރަތް ކުރާ ނަމަ، ތަނުގެ އަސްލު ހާލަތު ސިއްރު ކުރަން މާލެ އިން ޓީމެއް ގޮސް އެ ތަނަށް ބަދަލުތަކެއް ގެނެއެވެ.

"ވަގުތު-26" ޓީމުން ބެލި ބެލުމުން ތަނުގެ ޖާގައަށް ވުރެ %26 މީހުން އިތުރަށް އެބަތިބިއެވެ. ބައެއް މީހުން އެ ތަނުގައި ބައިތިއްބާފައި ތިބީ އެނދެއް ނެތިއެވެ. ވޯޑްތައް ފުލްވެ، އެތައް ބަޔަކު ސިޓިން ރޫމްގައި ބައިތިއްބާފައި ތިބި ކަންވެސް ވަނީ އެނގިފައެވެ.

މި ތަހުގީގު ރިޕޯޓުގައި އެ މަރުކަޒުގައި ދިރިއުޅޭ މީހުންނަށް ދިމާވި ހާދިސާތައްވެސް ހިމަނާފައި ވާނެއެވެ.

"މި ވާހަކަތައް އަޑު އަހާ ބަޔަކު ހިތްފަޅައިގެން ދާނެ. ބައެއް މީހުން, ހަވާލުވާނެ ބައެއް ނެތި އެތިބީ އާއިލާގެ އިންތިޒާރުގައި ދުވަސްތައް ގުނަން،" ރިޕޯޓުގައި ބުނެފައިވެއެވެ.

މި ތަހުގީގު ރިޕޯޓާއި، އެއާ ގުޅޭ ވީޑިއޯ މާދަމާ އާންމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަިޮލ

    މީ ފެއިލްވެފައި އޮތް ގައުމެއް
    .. ފެއިލްނުވާ ތަނެއް ހުރިއްޔާ ކޮންމެސް މީހަކު ބުނެލަދީބަލަ؟

    77
    3
    • ފުއާދު

      އާއިލާއާއި ދަރިން، ބެލެނިވެރިން ފެއިލްވީމަ ތިފަދަ ތަންތަނަށް މީހުން ގެންދަނީ. އަޅާލާނެ މީހަކު ނެތީމަ. ސަރުކާރުން ތިވަރުވެސް އެބަ ކުރޭތަ.

      26
      22
      • ޗަކޮއި

        ލޮލް .. މުސްކުޅިން ބުނެ އުޅެ، ރުހުމުގެ ލޮލަކަށް ޢައިބެއް ނުފެންނާނެއޭ ދޯ؟ ފެއިލްޑް ސަރުކާރު.

        13
    • ޅާމް

      ފެއިލްވީ ދިވެހިން.. ވަކި ބަޔެއްނޫން. ރައްޔިތުން އެންމެ ބޮޑު ފޭލިޔަރުންނަކީ. އެއީ ރައްޔިތުންގެ ކިބާގައި އެހެން ދިވެހި ރައްޔިތުންނާއ ދޭތެރޭ ހަމްދަރުދީއާއި އަމާނާތްތެރިކަން ނެތިދިޔާމައެވެ. ކުރާ އެއްކަމެއްގައިވެސް އިޚްލާސްތެރިކަމަކީ މާކަށް މުހިންމުކަމެއްކަމުގައި ރައްޔިތުން ހަގީގަތުގައި ގަބޫލެއް ނުކުރެއެވެ. ތިމާއަށް ފައިދާނަގާލެވިދާނެ ނުވަތަ ފަސޭހަވެދާނެ ހާލަތެއް ކުރިމަތިވާއިރަށް އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމުގައި ކޮޅުފައިން ޖަަހަނީ ރައްޔިތުންނެވެ. އެއީ ވާޒީގައި ވިޔަސް ގޭގައި ވިޔަސް ދެފަރުދުންގެ ދޭތެރޭގައި ވީކަމުގައިވެސްމެއެވެ. ސިޔާސީ ވޯޓުތަކުގަިވެސް ރައްޔިތުން ވޯޓު ވިއްކުމާއި ވޯޓުލުން ނިންމަނީ މިބީދާއިން ކަމުގައިވާތީ ގައުމަށް ދެނެއް ހަގީގީ ހެޔޮ ވެރިކަމެއްވެސް ލިބުން ނާދިރެވެ.

      39
      1
  2. ކަޑައޭ

    ހެޔޮވެރިކަން ތިއީ ދެވަނަ ދައުރެއްވެސް ދޭންވާނެ

    47
    11
    • ޕިސް ޕިސް

      ކޮން
      މެ ކަމެއްވެސް އެއީ ސަރުކާރު ގޯސްވެގެންވާ ކަމެއްތަ. އެތަނުގަ ތިބީ އާއިލާތަކަށް އޮތް ބަޔެއް.ގިނަ ވާނެ ފޯރާ ތަނަވަސް އާއިލާތަކުގެ މީހުންވެސް. ބުރަ މަސައްކަތުން ދަރިން ބަލާ ބޮޑު ކޮށް ރަގަޅު ތައުލީމުދިނީމަ ދަރިންގެ ބިޒީ ސެޑިޔުލް އާހެދި މުސްކުޅި މައިންބަފައިން ތިތަންތަނައް ހަވާލު ކުރޭ...

      29
      13
  3. ދޮހިކަރު

    2014 ވަނަ އަހަރު ތި މަރުކަޒު ބަލާލަން ދެވުނު. އޭރުވެސް ތި ތަނުގެ ހާލު ވަރަށް ދެރަ.

    11
    5
  4. އަހުމަދު ޖަމީލް

    ބިރުންފިށްކަނޑައިގެންދާވަރުކަންތައްތަށްމުޅިގައުމުގައި
    ވެރިންނާޗަރަންގީކުޅެނީނިކަމެތިންބަނޑައްޖެހެނި

    34
    1
  5. އަހައްމަދޫ

    ބޮއްސުން ނުލާ ކަމެއް ނެތް. ގައިމުވެސް މަގާމުތަކުގައި މީހުން މަދުވެގެނެއް ނޫން. ވަރުވަރުން ސްޓޭޓް މިނިސްޓަރުންނަށްނާއި ޑެޕިޔުޓީންނާއި މުޅިިމިނިސްޓްރީ ތައް މަތިބަރުވީވަރުން އެމީހުން ކުރާ މަސައްކަތެއް ނުފެނޭ އެމީހުން ނުފެނޭ ، މުސާރަ ބަރާބަރަށް ހިނގާ

    33
    1
  6. އައްޑޫ ލެއި

    އަސްލު ވަރަށް ހާލަތު ގޯހޭ ދެންނެވޭނީ ތިތަނުގެ. ވަރަށް ގާތުން ބޮޑު މަންޒަރު ދެކުނިން. 2019 ގަ ތިތަނަށް ދެވުނު

    11
  7. ނޭމާ

    އަދި މިއަންނައަހަރު ބިރުން ފިތްކަނޑައިގެންދާނެ ކާބޯތަކެތީގެ އަގު އިންތިހާއަށްބޮޑުވެ ރަށްޔަތުން ބޮޑުތަނުން ފަގީރުވެ ސަރުކާރުން ސޯލިހުގެ ކެމްޕޭނަށް ޖީއެސްޓީން ލިބޭ ފައިސާ ހަރަދުކުރާނެ އަންނައަހަރަކީ ރަށްޔަތުން ދަރާވިކޭނެ އަހަރެއް މިކަމުގެ ހަށްލަކީ ރ ޔާމީން.

  8. ރަޔާން

    ސާބަސް "ވަގުތު" ޓީމް ! ! !

    14
  9. Anonymous

    ތި ޖެންޑާއަކީ ސީދާ އިބިލީސް އަޑީގައި ހުރެގެން ހިންގާ ތަނެއް. ތިތާ އުޅޭ މީހުން ވެސް އުޅެނީ ހުޅަނގުގެ ޖެންޑާ ޕާޓީ މީހުން އުޅޭހެން. ތީ މި ގައުމަށް ޖެހިފައިވާ ބޮޑު މުސީބާތެއް.

    10
    1