އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް އެމްޑީޕީގެ މައި ހަރުގޭގައި މިރޭ އޮންނަ އިރު، އާޓިފިޝަލް ބީޗުގައި އިދިކޮޅުން މުޒާހަރާ ކުރަން ނިންމައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި "ހަރާން" ހުކުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށެވެ.

މި ހަރަކާތް ބޭއްވުމަށްޓަކައި މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް އިއްޔެ ހުއްދަ ހޯދާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މި ހަރަކާތުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗުގައި އިދިކޮޅު ފަރާތްތަކުން މިރޭ މުޒާހަރާ ކުރަން ނިންމިއިރު، ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީން ކޮންމެ ރެއަކު ހެން ނުކުންނަނީ މަގުމައްޗަށެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން މިއަދު ބުނީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ނުވައެއް ޖަހާއިރު އެމްޑީޕީ ހަރުގޭގައި އޮންނާނެ ކަމަށެވެ. މީގެ ކުރިން ރައީސްގެ ކެމްޕެއިން ޖަލްސާތައް އާންމުކޮށް ބާއްވަމުން އައީ އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުންނަ ދަނޑިކޮށިގޭ ޖަގަހައިގައެވެ.

ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން އިވެންޓެއް މިރޭ މާލޭގައި އޮންނަ އިރު، އެމަނިކުފާނާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރިއާ އެކުގައި ހިންގަވަމުންނެވެ.

އެގޮތުން ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގައި މިއަދު ހަވީރު ހިޔާ ފްލެޓު ސަރަހައްދުގައި ހާއްސަ ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. މި ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު މިހާރު ވަނީ އިއުލާންކޮށްފައެވެ.

އެމްޑީޕީގެ ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި ބާއްވާނެ އެންމެ ވާދަވެރި ޕްރައިމަރީއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ޝަކުވާ ބަލާ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. އަދި ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމިޓީ އެއް ވެސް ވަނީ އެކުލަވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުރާދު

    މިރޭ ޗާންދަނީ މަގަ ކޮންމެހެވެސް އަރާޗޭ 20:45 ކިބުލެއަރާ

    18
    2
  2. ކާލި

    ޗާންދަދީމަގު ދައްޗޭ

    15
    1
  3. ބަފާކަލޭގެ2

    ތިޔަ އިބޫ ނިދާ އެނދު ކައިރީގަ ތިބެގެން ހަޅެއްލެވިޔަސް ތިމީހާއަކަށް އަޑެއް ނީވޭނެ.ވޯޓުން ވަށްކަންކޮށްގެން ވެރިކަމަށް އަރުވާފަ ތިހިރީ ފައްކާ ހިލަބުރިއެއް

    26
    1
    • އަސް

      ވަގު އޮތީ ޖަލުގަ. ހަހަހަ

      4
      28
  4. ގުބޭ

    ތިއަށް ކިޔަނީ ޖެއްސުންކުރުން….

    3
    22
  5. ހަތަރުގަނޑުޓިނަށް ވިކޭ

    ޔާމީންއަށް އަޑު އިއްވަންޔާ މާފުށީ ޖަލުކައިރީ މުޒާހަރާކޮއްބަލަ..

    4
    26
  6. ރާއްޖެތެރެ

    ހުރިހާ އެމްމެން ނިކުމެ އިންޑިޔާ އައުޓް އަޑުއުފުލަން ޖެހޭނެ.

    21
    1
    • Anonymous

      އިންޑިޔާ އައުޓް
      އިންޑިޔަން ބޮލީވުޑް އައުޓް

  7. އަފީ

    ހަބޭސް! ދާނަން

    18
    1
  8. އަލީ އާރިފު

    ހަރާން ލާރި ގެއަށް ވެއްދިކަމަށް ބުނާ މީހެއްވީމަ ހަރާމް ހުކުމެއް ކުރާނެތަ. ޔާމީނު ޖަލުގަ ހުރުމަކީ މައްސަލަ އެއް ނޫން.

  9. ޑައެލޯގް

    ބަލަ މައުމޫނު އިރުގައި އެމްޑީޕީން އުޅުނީތިގޮތަށެވެ. އެކަމަކު ރީދޫކުދިން އެދުވަހުބުނީ މައުމޫނު ޚުދުމުޚުތާރުކަމެވެ. މިއަދު ތިބުނަނީ ޖެއްސުންކުރަނީއެވެ. ރީނދޫކުދިންގެ ވާހަކައެއް ދިމަލެއްނުވެއެވެ.