އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެފިއެވެ.

އެކަން ހާމަކޮށް ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދު ވިދާޅުވީ، ޕާޓީގެ ޕްރައިމަރީގެ ކުރިން 39،911 މެންބަރުން ވަކި ކުރުމަށްފަހު، އެމްޑީޕީގެ ޕްރައިމަރީ ބާއްވާފައިވާ ކަމަށް ބުނެ ތިން މީހެއްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ތެރެއިން އެއް މައްސަލަ ކޯޓުން ބަލައިގަނެފައިވާ ކަމަށެވެ.

މި މައްސަލައިގެ ފުރަތަމަ އަޑު އެހުން އޮތީ އަންނަ އަންގާރަ ދުވަހުއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި މީހުންގެ ތެރޭގައި ހިމެނޭ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ޤަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި ޢަމަލު ކުރަންޖެހޭ އިޖުރާޢަތުތަކާ ޚިލާފަށް ކަމަށެވެ. އެހެން ކަމުން އެ ވަކި ކުރި މެމްބަރުންނަށް ވޯޓު ދިނުމުގެ ހައްޤު ގެއްލޭގޮތަށް ބޭއްވި އިންތިޚާބު ސައްޙަ ނޫން ކަމަށް ކަނޑައަޅައިދީ، އެ މެންބަރުން ހިމަނައިގެން އަލުން އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެ މައްސަލައިގައި ވަނީ އެދިފައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިހާބު 61 އިންސައްތައިން ކާމިޔާބު ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދ ސޯލިހެވެ. އެމަނިކުފާނާއި ވާދަ ކުރެއްވި، ކުރީގެ ރައީސް، އެމްޑީޕީ ރައީސް މުހައްމަދު ނަޝީދަށް މި އިންތިހާބުގައި ލިބިފައިވަނީ 39 އިންސައްތައެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ޓިކެޓް ވަނީ، ރަސްމީކޮށް އަރުވާފައެވެ.

އިންތިހާބުން ބަލިވުމާއި އެކީ ރައީސް ނަޝީދު ވަނީ އެ އިންތިހާބަކީ ސައްހަ އިންތިހާބެއް ނޫން ކަމަށް ބުނެފައެވެ. އަދި ރައީސް ސޯލިހަށް ތާއިދު ނުކުރައްވާނެ މޭރުމުން ވެސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަސްދޫ މީހާ

    ތުންދެންމެވި ވަރަށް ހުން އަންނާނެ ދެން. ބޮޑު ވަގު އިބޫ ބޮޑު ވަގު އިބޫ …

    11
    1
  2. ތޭންކް ޔޫ ފޯ ދަ ލޯރާ!

    ފިކުރެއްގެ ދިރުމަށް ސައްހަނޫންކަން އެނގުނީ ވާދަކޮށް ބަލިވީމަތޯ؟އެހެންނޫނީ ނޫނީ އެނގި ހުރެ ކީއްވެގެންތޯ ސައްހަނޫން އިތިހާބެއްގަ ބައިވެރިވެ ކުރިމަތިލީ؟

    9
    7
  3. އަމްޖަދުގެ ހަބީބަ

    ކޮބާ އިބްރާހިމާ ދެންވެސް މާރިޔާ ތަޅާ ކަނޑުކޮސް އަނގަޔަށް އަތް ޖަހާތި!

    13
    1
  4. އަހްމަދު

    ތިޔައީ ހަމަބައެއްގެ ވަގުތުތައް ބޭކާރުކޮށްލުމަށް ބަލައިގަތްމައްސަލައެއް ތާކުންތާކުނުޖެހިނިމިގެންދާނީ

  5. ރައީސް

    ތެޅިތެޅި ހުންނަންޖެހޭނީ. ތެޅުނުވަރަކަށް ދާނީހުޅުނބު.

  6. Anonymous

    ރައްޔިތުން ނަސީދު ފަހަތުގަ އަތްޖަހަޖަހާ ތިބި ޒަމާން ހިނގައްޖެ

  7. އަބްދޫ

    ކޯޓަށް ދިޔަޔަސް ނަސީދު ކުރިމަތިލައިފިނަމަ ސްޕްރިމްކޯޓުން 2008ގަ ނިންމި ނިންމުން ސައްހަ ވާކަމަށް ނުފެންނާތީ ގާނޫނުއަސަސީގެ 64 ވަނަ މާއްދާގެ ދަށުން ރިޔާސީ އިންތިހާބުގަ ނަސީދަށް ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅިދާނެ. އެއީ ނަސީދުގެ މައްޗަށް ސާބިތުވެ ހުކުމްތަންފިޒުކޮށްފައިވާ ވައކަން ބާތިލް ކުރެވިފަ ނުވާތީ ވައކަމުގެ ހުކުމް ބާތިލް ނުކޮށް ކުރިމަތިލުންސައހަކަމަށް ކަނޑައެޅުމުގެ ބާރު ސްޕްރީމްކޯޓަށް ލިބިފަ ނެތުމުން . އެއީ ކީރިތި ގުރްއާނުގެ އާޔަތެއް މަންސޫހު ކުރުންވެސް ގާނޫނުއަސާސީގެ މާއްދާއެއް ސަސްޕެންޑް ކުރުމުގެ ބާރު ސްޕްރީމްކޯޓަށް ލިބިފާނެތުމުން ވައްކަމުގެ ހުކުމްދެމިއޮވެ އިންތިހާބުގަ ވާދަކުރެވުމަކީ އިސްލާމްދީނަށް ކުރެވޭ ފުރައްސާރަޔަކަށް ނުވެދާނެ ގޮތެއް ނެތުމުން. އިސްލާމްދިނަށް ފުރައްސާރަކުރާމީހާ މުސްލިމުންގެތެރޭ ނުހިމެނެނެ. މުސްލިމަކަށް ނުވާމީހަކަށް ރާއްޖޭގެ ރައީސަކަށް ނުވެވޭނެ.