ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލައިގެ ރިޕޯޓް މަޙްޟަރު ބަޔާން ތަކާއެކު އަދިވެސް ނުލިބޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އަދި މައްސަލަ ހައިކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް މިއަދު ވިދާޅުވީ ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަޙްޟަރު ބަޔާން ތަކާއެކު ހޯދުމަށް 2022 ޑިސެމްބަރު 25 ވަނަ ދުވަހު އެދިފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެ ރިޕޯޓް ނުލިބޭ ކަމަށެވެ.

ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށްފަހު ހުލާސާ ރިޕޯޓް ކްރިމިނަލް ކޯޓުން ދިނީ ވެސް ޖެހިގެން އައި ދުވަހު އެވެ. ނަމަވެސް ގާނޫނު ބުނާ ގޮތުން ވެސް އަދި ކޯޓުން އަމަލު ކުރަމުން އަންނަ އުސޫލަކީ ވެސް ހުކުމް ކުރުމުގެ ޝަރީއަތް ނިމުމާއިއެކު މައްސަލައިގެ ހުލާސާ ރިޕޯޓް ހަވާލު ކުރުމެވެ.

ހުކުމް އިސްތިއުނާފު ކުރަން 60 ދުވަހުގެ މުހުލަތެއް ލިބޭނެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހަފްތާ ނިމުމުގެ ކުރިން އިސްތިއުނާފު މައްސަލަ ހައިކޯޓަށް ހުށަހަޅަން ވަކީލުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ވ. އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    މިސަރުކާރާއި ސަރުކާރުގެ ޝަރުއީދާއިރާ ހާދަބިރެއް ތިގަންނަނީ، ރައީސު އިބޫސާލިހު ވިދާޅުވަމުންދަނީ ޔަގީންކަން އެބައޮތޭ ތިމެންމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާނެކަމަށް، ދެން ކީއްވެގެންތޯ ރ.ޔާމީނު އިންތިޚާބަށް ކުރިމަތިލެވޭނެ މަގެއް ފަހިވެދާނެތީ ފާޅުގާ އެކިގޮތްތޮތުން ދަތިތަށް ކުރިމަތި ކުރުވަނީ؟؟، އެހާވަރަށް ޔަގީންކަން އޮތީމަ ރިޔާސީރޭހުގައި ބައިވެރިވާންބޭނުންހާ ބަޔަކާއިއެކު ނޫންތޯ ރ އިބޫސާލިހުވެސް ވާދަކުރަންޖެހެނީ، ނަމަވެސް މަންޒަރު ދައްކާގޮތުން ރ ޔާމީނުއަށް ފުރުސަދު ލިބިދާނެތީ ހަޖަމުނުވެ ބިރުން ސިހޭތަން ފެންނަނީ އުތެ😦

    43
    1
  2. ފަގުޑި

    ތިޔެއް ނުދޭނެ. ތި ރިޕޯޓުގެ އޮރިޖިނަލް އޮތީ އިންޑިޔާ އެމްބަސީ ތެރޭ. އެމްޑީޕީއައް ފާޑުފާޑު ދެއްކޭނީ މިދައުރު ނިމެންދެން.

    49
    1
  3. ވިސްނާލުމަށް އެދެމޭ

    ސަބަބުވެރި އިންސާނުންގެ ސި ކުނޑިން ވިސްނީމަ ކޮންގޮތަ ކަށް މި ކަމުގަ ވިސްނެނީ.....ރޔާމީންއަށް ހަރާން ހު ކުމެއްޖަހާފަ ތައުބާވާން އުމުރާއަށް ދިޔާމަ ފަޑިޔާރަށް ހީވޭތަ މީހުންގެ ހައްގުތައް ކަށް އަރައިގެން އެ ކަމުގަ ތައުބާލިބޭނެ ކަމަށް.....ސަރު ކާރަށް ރޔާމީން ޖަލަށްނުލައި ނުނިދޭ އިންޑިޔާ ގެރި މޯދީއަށް ނުއެއް ކެވޭ..މީ ބޮޑުވަރު...އިބޫ އިސްތިއުފާ..

    36
  4. މަތަރަސް

    ބަލަ މިހިރަ ހިންނަވަރު ނާގާބިލް ގައުމުކުޑަ ފައިސާކޮލަކައް ވިއްކާލާ އިސްލާމުދީނާ ދެކޮޅު މީހުންގޮވައިގެން ސަރުކާރު ހިންގާ ޗީފުމިނިސްޓަރު ހިވަނީތަ ދެހާސްތޭވީސް ލިބޭނެހެން؟ މާތްﷲގެވާގިފުޅާއެކުވެރިކަން ބީވެއި"ންސާފުގެ ތަރާދުންމިނެ އޮތީ ހުރަގެ ނުވަތްއަދަ ވިސްނާލާވައް ތިޔައީދައްދާރުން ތާރީފުގާލިޔެވޭނެ؟

    32
  5. ކަދުރޭ

    ވަގުން، ގޭންގު ސްޓާރުން ދެކެ ބިރު ނުގަންނާނީ ބޮސް ވަގު. މަމެން އިންތިހާ އައް ބިރު ގަނޭ.

  6. ކަންބަޅި

    ތިޔެއް ނުލިބޭނެ. އެއީ ހަމަ ވަގު ހުކުމަކައް ވާތީވެ.

  7. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ވަރަށް ބިރުވެރި ދަރަޖަ އަކަށް މި ޤައުމުގެ ކަންތައް ގޮސްފިއެވެ. ޔާމީން ދޫނުކުރަނީސް ޔާމީން އަށް ފުރާނައިން ޤުރުބާން-ވާން ތިބި ގިނަ ބަޔަކު ނުހުއްޓާނެއެވެ. ސޯލިޙް އަކަށް ޤައުމުގެ މަސްލަޙަތެއް ނުބެލެހެއްޓޭނެއެވެ. ގިނަ ބަޔަކު ޖަލަށްލާ، ގޭބަންދު ކޮށްގެން ވެރިކަން ކުރާހާ ހިތްވަރެއް ސޯލިޙްގެ "އަތު މުލައްދަނޑިއަކު" ނެތެވެ. އިބޫ ކަހަލަ ޖީ.ސީ.އޯ.ލެވެލް އިން ފެއިލްވެފައި ހުރި މީހަކަށް މިފަދަ ޙާލަތް ތައް ކޮންޓްރޯލް ކުރެވިދާނެއޭ ހީވުމަކީ ގޯހެކެވެ! ރައީސް އެއް ވިއްޔާ ކޮންމެސް ކަހަލަ ތަޢުލީމީ ފެންވަރެއް ހުންނަން ޖެހޭނެއެވެ.

  8. މ ޕ

    ނިހާއީ ހުކުމަކީ ކޮބާތޯ؟

    1
    1
  9. ސައްޕު

    ނުދޭނެ. ނުދޭނެ. ކޮންކަމެއްތަ ރަނގަޅަށް ކުރަނީ.
    އާސަންދައިން ބޭސްފަރުވާއެއް ހިލޭ ނުކުރެވޭ. ޑޮކްޓަރަށް ދައްކަން އާސަންދައިން ދެނީ 100 ރުފިޔާ. އަމިއްލަ ޖީބުން 300 ރުފިޔާ ދައްކަން ޖެހޭ. ކޮބާ ހިލޭވެފަ.؟

  10. ޅިބޭ

    ހިންނަވަރު އިބުރާހީމަށް ހީވަނީތަ މިގައުމުގެ ވެރިކަންތާއަބަދު ކުރެވޭނެއޭ އެހެންހީނުކުރަށްވާ ދެނެއް ހަމަހިލާ ކަލެއެއް ނޮހޮވާނެ ރަށްޔަތުންނެއް ކަލެއަކީ އިސްލާމްދިނާ ދެކޮޅު އިންޑިއާގެ ހިންދޫންގެ ފިކުރު މީހެއް ރ ޔާމިނަށް ކުރި ހަރާމްހުކުމްގެ ރިޕޯޓު އިންޑިއާއެމްބަސީން ބުނެގެން ހިސޯރުކޮށްފަ ބޭއްވިޔަސް ﷲ ރަހުމަތުން މާގިނަދުވަހެއް ނުވެ ޖަލުން ނިކުމެ ސޯލިބޭ ޖަލަށް ލާނެ އެދުވަސް ވަނީ ގާތްވެފަ ރަށްޔަތުން އެދުވަހު ގަދަހިފުމަކުން ހިފާނެ .

  11. އޖއ

    ދެން ކަލޭމެނަށް ކޮން އުނދަގުލެއް. އަހަރުމެންނަށް ވެސް މިއޮއް އުޅެވެނީ. ތިކަހަލަ ކަންކަމާ ނުވިއްޔާ މާ ރަނގަޅުވާނެ.

  12. ފަލަސްތީން

    އިންޑިޔާގެ ނުފޫޒުން ރައްޖެ ސަލާމައް ކުރަން ޖެހޭ