ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކުންފުނި ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ)ގެ ވޭނަކުން ގިނަ އަދަދެއް ބަނގުރާ ފުލުހުން އަތުލައިގެންފިއެވެ.

އާރްސީސީގެ ވޭނަކުން ފުލުހުން ބަނގުރާ ފުޅިތަކެއް އަތުލައިގެންފައިވަނީ މިއަދު ހުޅުމާލޭގައި އެ ވޭން ހުއްޓުވައި ފާސްކުރުމުގެ ތެރޭގައެވެ.

ފުލުހުން ވޭން ހުއްޓުވައިގެން ބަނގުރާ ފުޅިތައް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެ ވީޑިއޯއިން ފެންނަނީ ހަތަރު ފުލުހުން ވެގެން އެ ވޭން މަގުގެ އެއް ފަރާތެއްގައި ބާއްވައިގެން ބަނދުރާ ފުޅިތައް ނަގާ މަގުގެ އެއް ފަރާތުގައި ބަހައްޓާ މަންޒަރެވެ. އަދި ވީޑިއޯގައި އެއީ އާރްސީސީގެ ވޭނެއްކަން ސާފުކޮށް ފެންނަން ހުއްޓެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ ހުޅުމާލޭގައި މިއަދު ދުއްވާފައިދިޔަ ވޭނަކާއި މެދު ތުހުމަތު ކުރެވިގެން އެވޭން ބަލައި ފާސްކުރުމުގެ ތެރޭގައި ބަނގުރާ ފުޅިތަކަކާއި ދަޅުތަކެއް ފެނިފައިވާ ކަމަށެވެ. މައްސަލަ އާއި ގުޅިގެން ބިދޭސީ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށާއި މައްސަލަ ދަނީ ތަހްގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އާއްމު ގޮތެއްގައި ފުލުހުން ބަނގުރާ އަތުލައިގެންފިނަމަ އަތުލައިގަތް އަދަދެއް ހާމަކުރި ނަމަވެސް އާރްސީސީ ވޭނުން އަތުލައިގަތް ބަނގުރަލުގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަން ނިންމާފައިވާ ކަމަށް ނާޒިމް ވަނީ އިއުލާނުކުރައްވާފައެވެ. ނަމަވެސް އަދި ނާޒިމްގެ ކެމްޕޭނެއް ނުފައްޓަވައެވެ.

އެމްއެންޕީ އުފެއްދީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ ޕާޓީއާއި މަޝްހޫރު ގިނަ ފަރާތްތަކެއް ވަނީ ގުޅިފައެވެ. އެގޮތުން ފިލްމުސްޓާރުން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިއްބެ

    އިންތިހާބަށް މަގު ކޮށުމަކީ ވާދަވެރިން ނައްތާލުންތަ؟ އިބޫ މީ ކޮންކަހަލަ މީހެއް. ރަނގަޅަށްވިއްޔާ ފުލުހުން ތި ލައިފަ ނަގާނީވެސް. ވޭނުގަ ދުއްވަން އިންނަ މީހާ އަށް ފުލުހުން އޮންނާނީ ރުފިޔާ އާއި ހިމާޔަތް ދޭނެކަމަށް އެއްބަސްވެފަ. ޑާޓީ ޕޮލިޓިކްސް.

    23
    4
  2. ހުސޭނުބޭ

    ސިޔާސީވެގެން ދިޔަދިޔާނުން އޭނާ މިހާރު ހުންނަނީ ދިޔާސީ ވެފައި. ތިކަހަލަ ހުރިހައި އެއްޗެއް ފެންނާނެ. ފޮސްތޯލަމޭން މިހާރު ތި ބަދަލުވީ ރާފުޅި މޭންއަށް

    23
    8
  3. މަބޭ

    އިންތިހާބުކައިރިވާވަރަކައް ތިޔަގޮތައް ފެންނައެއްޗެތި ގިނަވާނެ

    35
    5
  4. ޙަަަހަ

    ފުރަތަމަ އެޕިސޯޑްތަ

    20
  5. މަރުކަބު

    ނާޒިމުއަކީބޮޑުމަކަރުވެރިއެންއެންމެރަންގަޅަވިސްނާތި

    13
    5
  6. ހައްވަ

    ކުންފުނި ތިޔޮތީ ހަލާކުވެފަ ރަގަޅު މުވައްޒަފުން ކަޑާލާފަ ޕާޓީ ގައި އުޅޭ ތަނެއް ދޮރެއް ނޭގޭ މީހުން ވަދައިގެން ބޮޑު މުސާރަ ދީގެން ގެންގުޅެންޔާ ތިކަހަލަ ހުރިހާ ކަމެއްވެސް ވާނެ. ތީ އައްލަ ވާކަމެެއް ނޫންވިޔަ. ލަންކާ މީހުން ގެނެސްގެ މުޅި ކުންފުނި ހަލާކޮށްފި. އަދި ރަގަޅު މުވައްވަޒަފުން ވަކިކުރޭ ކުންފުނިން މޮޅު ހޯދަން 🤣🤣

    20
  7. އާދަނާ

    ވޯޓަށް މަގުކޮށަނީ ނޫންބާ؟؟؟

    19
    1
  8. ގުރަހާ

    ސަރުކާރުން ޖެހި މަޅިއެއް ކަމަށްބެލެވޭ ނާޒިމް ވެރިކަމަށް ކުރިމަތިލައިފިނަމަ ސޯލިހަށް ގެއްލޭވޯޓު ވަރަށްގިނަވާނެ އިންޑިއާގެ ދަންތުރައިގާ ނާޡިމް ތިޔަ ބެދުނީ ......!!!!؟؟؟

    6
    4
  9. އަލީ

    އަނެއްކާ އަނެއްކަންތައް. ކޮންމެ ސަރުކާރަކުންވެސް ނާޒިމު ފްރޭމް ކުރަނީ. ކުރީގެ އަދީބު ބުރޯ، މިފަހަރު ފައްޔާޒުބުރޯ ނޫނީ ޢާޒިމް ބުރޯބާ މިގެ އަޑިގައި ވަނީ.

    8
    2
  10. އެލެކްސް

    ޕްރައިމަރީގައި ހިންނަވަރު ވަގަށް ކެމްޕެއިން ކުރާކުދިންނަށް ބަހަން އިންޑިއާއިން ދިން ކަރު ސަރުބަތުކަމަށްވުން ގާތް.

    9
    1
  11. ގާދިރު

    ނާޒިމް އަށް ސަޕޯޓް އޮތްވަރު ފެނިގެން ނާޒިމް ދުއްވާލަން ޖެހި މަޅިއެއްބާ އަނެއްކާ އިންތިހާބާއި ކާރިކޮށްފައި

    5
    1
  12. ނަމަ

    ބަނގުރާ ފުޅި އެއް ނޫން ތިވާނީ ވިލާތު މޮޅު ސަރުބަތު އަށް