ރާއްޖޭގެ ވެރިކަން ހޯދިދާނެ ކިތަންމެ ގޮތްތަކެއް ހުރި ނަމަވެސް އެމަނިކުފާނުގެ ޓީމުން މަސައްކަތް ކުރައްވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގައި ވޯޓުން ވެރިކަން ހޯއްދަވަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތ. މަޑިފުށީގައި މިއަދު ވިދާޅުވެއްޖެއެވެ.

ތ. މަޑިފުށީގައި ބޭއްވި "ފިކުރެއްގެ ދިރުން" ޖަލްސާގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އެ ރަށުގެ ރައްޔިތުންގެ އަރިހަށް ވަޑައިގަތީ އެއް ކަމަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިވެދާނެތީ ކަމަށެވެ. އަދި އަމާޒަށް ނުދެވޭ ނަމަ، ވެރިކަމުގައި ތިބުން އެއީ ބޭނުންތެރިކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވެރިކަން ހޯދިދާނެ އެތައް ގޮތަކަށް. ބަޑީގެ ވަޒަނުން ވެސް ހޯދިދާނެ. ބަޣާވާތުން ވެސް ހޯދިދާނެ. ނަމަވެސް އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ސުލްހަވެރި ސިޔާސީ ހަރަކާތުން ވޯޓުން ވެރިކަން ހޯދަން،" ފެހި ގާނޫނުއަސާސީ ވުޖޫދުވި ފަހުން، ފުރަތަމަ ފަހަރަށް ރާއްޖޭގައި ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

ތ. މަޑިފުށީގައި ތިބި ނަޝީދުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ. ---

ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަން ހޯދުމުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ އެމީހުންނަށް ހިދުމަތް ކުރެއްވުމެވެ. އެމްޑީޕީގެ އަބަދުވެސް އަމާޒަކަށް ވެފައި އޮތީ ރައްޔިތުންނަށް ހިދުމަތްކޮށް ދެވޭނެ ފުރުސަތުތަކެއް ހޯދައި ދިނުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އެ ފުރުސަތު ދެއްވުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރެއް ދެމި އޮންނަން ޖެހޭ. 2023 ވަނަ އަހަރަށް އަޅުގަނޑުމެން މިސްރާބު ޖަހާ އިރުގައި ވަރަށް ގިނަ ބައެއް ސަރުކާރާ އެބަ ނުރުހޭ،" ނަޝީދު ވިދާޅުވިއެވެ.

"ރައީސް ހުންނެވީ އިއްތިހާދުގެ ވޯޓު ލިބޭނެ ކަމަށް ބަލައިގެން"

ސަރުކާރާ މެދުގައި ނުރުހިގެން އުޅޭ އެއް ސަބަބަކީ އެމްޑީޕީގެ ދަފްތަރުން 39،000 މެމްބަރުން ވަކިކުރުމާ ގުޅިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ މެމްބަރުންނާއި އެމީހުންގެ ބަސް ވިކޭ މީހުން އެމްޑީޕީއާ ގާތް ކުރުމަކީ ދެން އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ހާއްސަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ، އެމީހުން ގާތްވުމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ތަނުގައި ވާން އޮތް ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ސޯލިހް، 70،000 ވޯޓު ނަގާލައްވައިފި. އެބޭފުޅާ ލަފާކުރައްވައިގެން ހުންނެވީ އިއްތިހާދުގެ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް. ނަމަވެސް މިއީ 2018 ވަނަ އަހަރެއް ނޫން. 2018 ވަނަ އަހަރު ގާސިމް އިބްރާހިމް ހުންނެވީ ޖަލުގައި. ރައީސް މައުމޫން ހައްޔަރުކޮށް، ޝެއިހް އިމްރާން ވެސް ހައްޔަރު ކުރީ،" ނަޝީދު ވިދާޅުވިއެވެ.

ތ. މަޑިފުށީގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ނަޝީދު ސަލާމް ކުރައްވަނީ.

ނަޝީދު ވިދާޅުވީ ޕްރައިމަރީ އާ ދިމާކޮށް ސަރުކާރުން ވަރަށް ގިނަ ކަންތައްތައް ކުރަން ފަށާފައިވާ ކަމަށެވެ. އެކަމަކު، ކަމެއް ކުރެވޭނީ "ވަތްގަނޑަށް" ވަންނަ ވަރަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވަތްގަނޑަށް ފައިސާ ނުވަންނަނީސް ހަރަދެއް ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ބ. ތުޅާދޫ އަށް ވަޑައިގެންނެވުމުން ހަތަރު ވަނަ ފަހަރަށް އެ ރަށުގައި އެއާޕޯޓު އަޅަން ފެށި އިރު، ލ. އަތޮޅަށް ވަޑައިގެންނެވުމުން ހަ ވަނަ ފަހަރަށް ހޮސްޕިޓަލެއް އަޅަން ފަށާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ތިމަރަފުއްޓަށް ދިޔަ އިރު ވެސް ކަންތައް އޮތީ އެހެން. ދާ ކޮންމެ ރަށެއްގައި ކޮންމެ ފަހަރަކު ވެސް އިންތިހާބަކާ ދިމާކޮށް އެބަ ކަނޑަ ޖަހާ. ބައެއް ރަށްރަށަށް ދިޔަ އިރު، ރައީސް މައުމޫން ޖައްސަވާފައި ހުރި ބައެއް ކަޑަ އެބަހުރި ބޮޑެތި ނިކަ ގަހަށްވެ، ރަށަށް އަންނަ އިރު ފުރަތަމަ އެ ގަސް ފެންނަ ވަރު ވެފައި. އެކަމަކު ބަނދަރެއް ނެތް. އެ ކަޑަ ޖެހި ކަމެއް ހިނގާފައި ނެތް. މިއީކީ އެމްޑީޕީގެ މެމްބަރުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަބްދޫ

    ނަސީދަކީ ދިވެހި ރާއްޖޭގެ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ ގަ ބުނާ އިސްލާމްދީނުގާ ހައްދު ކަނޑައެޅިފައިވާ ވައްކަމުގެ ކުށް ސަރިއަތަށް ސާބިތު ވެ އަރުވާލާ ހުކުމް ތަންފީޒު ކުރެވިފައިވާ މީހެއް.ގާނޫނުއަސާސީގަ އެބަބުނޭ ވަގަކަށް ވެރިކަން ނުދެށޭ. 2008 ގަ ކެންޑިޑެންސީ ސައްހަކުރިޔަސް ނަސީދުގެ މައްޗަށް އަމިއްލަ އިއުތިރާފުން ސާބިތު ވެފައިވާ ވައްކަމުގެ ހުކުމް މިހާތަނަށް ވެސް ބާތިލް ކުރެވިފައެއްނުވޭ.ވީމާ ސްޕްރީމްކޯޓްގެ ހުކުމަކުން އަލްމާއިދާ ސޫރަތުގެ 38 ވަނަ އާޔަތް ކީރިތި ގުރްއާނުން ފޮހެ ނުލެވޭނެ. އަދި ސްޕްރީމްކޯޓްގެ ހުކުމަކުން ގާނޫނުއަސަސީގެ 109 ވަނަ މައްދާ ވެސް ބާތިލް ނުކުރެވެނެ. އެހެން ކަމުން އިލެކްސަން ކޮމިސަނުން އަމަލު ކުރަންޖެހޭނީ ގާނޫނުއަސަސީގެ 64 ވަނަ މާއްދާއަށް އަދި ނަސީދުގެ ކެންޑިޑެންސީ ސައްހަ ނޫންކަމަށް ކަނޑައަލަންޖެހޭނީ. ސަބަބަކީ ވައްކަމުގެ ހުކުމް ދެމި އޮވެމެ ކެންޑިޑެންސީ ސައްހަކުރުން ކީރިތި ގުރްއާނަށާއި ގާނޫނުއަސާސީއަށް ދެކޮޅުހެދޭތީ އާއި ފުރައްސާރަ ކުރެވެނީ ކަމަށް ބެލެވިދާނެތީ.

    16
    5
  2. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ އެމްޑީޕީ އަކީ އެއްގޮތަކަށް ވެސް ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ މިހާރު ސަރުކާރުން ޓެކްސް ބޮޑު ކޮށްގެން އުޅެނީ އެއީ ސީދާ ކެނެރީގެ ނަޝީދު އެބިލަށް ވޯޓަށް އެހުމުންނޭ އެބިލަށް ވޯޓަށް ނާހާ ބޭއްވިނަމަ ނުކުރޭނެއޭ ރައްޔިތުން އަތުން ޓެކްސް ނަގަން އެކަމަކު މަގާމުގެ ދަހިވެތިކަމުގައި ހަމަ އެބިލް ކެނެރީގެ ނަޝީދު ވެސް ފާސްކޮށްދިނީއޭ މީސީދާ ކެނެރީގެ ނަޝީދު އިސްވެ ހުރެ ރައްޔިތުންގެ އާމްދަނީ ގުދަށް ބާއްވާ އެމެން ގުދާރުގައި ޗާބޫކުން ތެޅުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ރައްޔިތުން ރޯނާވެ ހަފުސް ވެއްޖެއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް އޯއް އޯއް...

    14
    2
  3. މާޟީ

    ޔާމީނު ޖަލުގަ ބާއްވާފަ 2 މީހުން ވޯޓުހޯދާށޭ ކިއާފަ ތެޅިބާލަނީ ރައްޔިތުން ހަނާވަނީ

    19
    5
  4. އަބްދޫ

    ނަސީދުގެ ދުލަށް ބަގާވާތް ނޫން އެއްޗެއް ނާންނާނެ. ނަސީދު ވެރިކަން ހޯދީ ބަގާވާތަކުންބާ؟މިހާރު ވިސްނެނީ ނަސަންދުރަ ފުރާޅުމަތީ ހުރި މައުމޫނަށް ލިބުނު ވޯޓް ތަކަކީ ބަގާވޓުގެ ބައެއް ކަމށް.އަދި ކިރިޔާ ވޯޓަކުން އިންތިހާބު ވެވޭތޯ އުލެނީ ކަމަށް. 2012 ފެބްރުއަރީ 7 ގަ ވެރިކަން ވެއްޓުނީވެސް ނަސީދު ބަގާވާތެއް ގެނެސްގެން އުލެނިކޮށް. މަގޭއަތުގަ އޮތް ނަސިދު ލިޔުނު ލިއުމުގަ 2012 ފެބްރުއަރީ 5 ވަނަ ދުވަހު ލިޔެފާ އެބައޮތް ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނެގި ކަމަށް މާނަޔަކީ ހުރިހާބާރުތައް އަތަށް ނަގާ ގަނޫނުއަސަސީއަށް އަމަލުކުރުނ ްހުއްޓާލީ އޭ. އެހެންވެ ފެބްރުއަރީ 7 ވަނަ ދުވަހު ނަސީދު އަމަލުތަކާއި ބަސްމަގުންވެސް ބަގަވާތުގެ އަސަރު ފެންނާތިއާއި ބަގާވާތް ނޫންއެއްޗެއް ނަސިދުގެ ދުލަށް އަތުވެދާނެކަމަކަށް ނުބެލެވޭ. ނަސީދުގެ އައިލައަކީ ބަގާވަތްގެނައުމަށް މަސްހޫރު ބައެއް.

    11
    1
  5. ޗާބޫކުން

    ކާކަށްތަ އިނގޭނީ ކުރަން ހިތު ލަފާ ކެނެރީގެ ނަޝީދު ވެރިކަަމަށް އައިސް ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ނަމުގައި ރައްޔިތުން އަތުން ޓެކްސް ނަގަން ފަށާނޭ ކަމަށް ރާއްޖޭގައި ޓެކްސް ނުނަގާ ދައުލަތަށް ޓެކްސް އަށް ވުރެން ބޮޑު އާމްދަނީ އެއް ލިބޭނެއޭ މާލޭ ދެކުނުން އޮތް އެނބޫދޫ ފަޅު ލޯނެއް ނަގައިގެން ހިއްކާލާ އެތަނުން ހިއްކާ ބިން ތަކުން ކޮންމެ ރައްޔިތަކަށް 1 ހެކްޓަރުގެ ބިން ބިމެއް 1 މިލިއަން ޑޮލަރަށް ވިއްކާލިނަމަ އެއް ފަހާ ފައިސާ ދެއްކޭ މީހުން ދައްކާނީއޭ ނުދެއްކޭ މީހުންނަށް 100 އަހަރަށް 1 މިލިއަން ޑޮލަރު ބަހާލައިގެން ދެއްކޭ ގޮތް ހަދާނީއޭ އެގޮތަށް އެކަން ކުރިނަމަ ދެފަރާތަށް ވެސް މޮޅުވާނެއޭ މިހާރު މީރާއިން ކުރާ ކަމަކީ ރައްޔިތުން ފެލުމޭ މީރާ އަށް އެންމެ ގިނައިން ޓެކްސް ދައްކާ މީހުންނަށް މާލެ ސަރަހައްދުން ބިން ދޭން ވެސް އެމެންނަށް ސަރުކާރަށް ނަސޭހަތްތެރިވާން ވެސް ނޭގެއޭ މީ ސީދާ ރައްޔިތުން ގުދަށް ބާއްވާ ރަައްޔިތުން ގުދާރުގައި ކެނެރީގެ ނަޝީދު ޗާބޫކުން ތެޅުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ރައްޔިތުން ރޯނާވެ ހަފުސްވެ ފުނޑު ފުނޑުވެއްޖެއޭ އަވަހަށް އެޗާބޫކުނޭ ގެންދަވާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅިމާ ޗާބޫކުން ތެޅީމާ އޯއް އޯއް އޯއް އޯއް...

  6. ދައްކައިފިއޭ

    ފެށި މަސައްކަތް ނިންމަން އެމްޑީޕީ މެމްބަރުންގެ ތާއީދު ބޭނުންވާ މިންގަނޑާއި ގާތަށް ވެސް ރައީސް އިބޫގެ ފެކްޝަނަށް ނުލިބޭނެ ކަން ހުރިހާ ރަމަލު ތަކުން ދައްކައިފިއޭ އަހާން ދައްކައިފިއޭ އަދި އެއް ފަހަރު ބޯތަށި އަނބުރާށޭ އެހެންތޭ ހިނގާ އަނބުރަމާ އަނބުރާ އަނގޮޓި ބޯތަށީގައި އަނބުރާ އަނބުރާ އަނބުރާ އަސްތާ އަނެއްކާ ވެސް އެދައްކަނީ ކެނެެރީގެ ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ހޮވޭތަނޭ ދައްކަނީއޭ ދައްކައިފިއޭ ދަރިންނޭ ދައްކައިފިއޭ ދައްކައިފިއޭ ދައްކައިފިއޭ ދައްކައިފިއޭ ދައްކައިފިއޭ

  7. އަޙުމަދު

    ލެޕްޓޮޕް އަކާއި ދެމީހުން ލައިގެން ސަރުކާރު ހިންގާނެކަމަށް ބުނެ ވެރިކަމާއި ޙަވާލުވެ ސިވިލްސާވަންޓުގެ މުސާރައިން 25% ކަނޑާލި އަދި، ދިރާގާއި ފެންކުންފުނީގެ ޙިއްޞާ ވިއްކާލި ނަތީޖާއެއްގެ ގޮތުން ފެންބިލު ކުޑަ ކުރެވޭކަށް ނެތް، ފޯނު ބިލް ކުޑަކުރެވޭކަށްނެތް، ޤާނޫނުއަސާސީ އާއި ޚިލާފަށް ފަނޑިޔާރަކު ވަގަށް ނަގާ ނިޒާމުން ގެއްލުވާލި، ޑޮލަރު ގެ އަގު ބޮޑުކުރި، އެއަރޕޯޓް ނު އަގުގައި ރައްޔިތުންނަށް ގެއްލުން ވާގޮތަށް ވިއްކާލި، އެތަށް ބައެއްގެ ވަޒީފާ ގެއްލި މަގުމަތިވި، ސަރުކާރުން ހިންގާ ފައިހުރިކަން ކަން ނިޔާޒު އިބުރާހިމް ގެ އޮޑިޓް ރިޕޯޓް ތަކުން އެހުރީ ފެންނަން ނޫންތޯއެވެ ، މިހުރީ ކަންހިގާފައި ހުރިގޮތް މިކަން އޮޅުވާނުލެވޭނެ

    14
    2
    • ބެލެންސިއާގާ

      އާނ. ނުދޭތި ވޯޓެއް މި ސޮނި އަށް އެއްވެސް ކުއްޖަކު.

  8. ޢަބްދުﷲ

    މައުނައީ ބަގާވާތެއް ކުރަންވެސް ހިތުގަ އެބައޮތޭ ދޯ...

    14
    1
  9. Anonymous

    ކޯޓު ވެސް ' ވޯޓު ވެސް ފެން ނޯ ޗޮއިސް ވ.ސަލާމް.

  10. އިގްތިސާދީ ޗޯރު

    ފޮނިނުކަނޑާ. ތިބޭޅާއަކަށް ނޭންގޭނެ ބަޣާވާތުން ވެރިކަންހޯދާކަށް. އެކަންކުރަން އެނގޭނީ އިމްރާނަށް. އޭނާ ހުރީ އިބޫފަޅީގާ.

    7
    1
  11. 2023

    ތީ އަސްލުދައްކަން ވީ ވާހަކައަކީ، އެމްޑީޕީގެ ހަލާކު. އަމިއްލައަށް ތިމާބޭނުންވިގޮތް ނުވާންފެށީމަ އަމިއްލައަށް އޮޑި ފައްތާލުން ވަރަށް ސަޅި.

  12. ބަރުގޮނު

    އިސްތިޢުފާ އާ ، ބަޣާވަތަކީ އެއީ ދެކަމަކަށް ކިޔާ ދެ ނަންކަން ނަޝީދަށް އޮޅުންފިލާފައި ވާނޭ ކަމަކަށް ޤަބޫލެއްނުކުރެވޭ. ކައިރީގައި އުޅުނު ބަޔަަކު ދިން ޚިޔާލެއް ކުރަތްޕެއްގެ ބޮލުން ވިސްނާގެން ގާޒީއަކު "ގެއްލުވާލާފައި" އެކަމުގެ ޕްރެޝަރުގައި އަމިއްލައތުން އިސްތިޢުފާގެ ސިޓީ ލިޔެ މީޑިއާ ކުރިމަތީގައި އިސްތިޢުފާ ދީފައި ، 24 ގަޑިއިރުވެސް ނުވަނީސް ތިމާއަށް އެޅުނީ ޅައެއްޗެއްކަން ވިސްނިގެން އެއީ ބަޣާވާތަކަށް ހަދައި ސަރުކާރުގެ އެތައް ޢިމާރާތަކާ ހަރުމުދަލުގައި ހުޅުޖެއްސި މީހަކީ ހަމަ ނަޝީދު. ފަހުން ރިޔާސީ ކަމިޝަނެއް އުފައްދާގެން ސަރުކާރުން މަސްއަލަ ބެލި އިރުވެސް އެކަން ބަޣާވާތަކަށް ނުވި.

  13. Anonymous

    ނަސީދޭ އެ ބުނާ ޒާތުގެ ކަޑައަށް ކިޔަނީ މުގާބޭ ކަޑަ. އެއެއްޗެހި މިހާރު އެހުރީ ބައެއް ރަށްރަށުގެ މަލަމައްޗަށް ބަދަލުވެފަ. އެއީ 30 އަހަރުގެ ދިރުން. ޖަޒީރާވަންތަކަން. އެ ދައްކަން ރަށްރަށު މީހުން މި ގެންނަނީ ބޯބުރިފައިސާ ލިބޭތީ ހެއްދެވިގޮތަަށް ތިބި ފަރަންޖީން.

  14. ހައިރާން

    ބަޣާވާތް ކުރުމުގެ ސަގާފަތެއް އޮތް ބަޔެއްގެ ތެރެއިން އަންނާނީވެސް ބަޣާވާތްކުރާ ހިތްވާ މީހެއް. އެހެންވެގެން ބަޣާވާތަކުން އަރައިނުގަނެވިގެން އުޅެނީ. ވެރިކަން ނުލިބިގެން ކުރީވެސް ބަޣާވާތެއް. ހަދަމުން ދިޔައީ ހުސް ދޮގުތަކެއް. ދެ ލޮޕްޓޮޕުން މި ގައުމުގެ ހިންގޭނެއޭ ކިޔައިގެން ހެދީވެސް ހުސްދޮގު ހަދާފައި ނަގަންފެށީ ޓެކްސް. ކަނޑާލީ މުވައްޒަފުންގެ މުސާރަ. ވެރިކަން ލިބުނީމާ ކެބިނެޓް އެއްފަހަރާ އިސްތިއުފާ ދީފައި ކުރީވެސް ބަޣާވާތް. އަދި ރައްޔިތުން އެދޭ ގޮތް ބުނީމާ ރައްޔިތުންނާ ދެކޮޅަށް ނުލަފާކަން ދައްކާލައި ވެރިކަމުން އިސްތިއުފާ ދިނީ. އޭގެ ފަހުން ބަޣާވާތްކޮށްފައި މުޅި ގައުމުގައި ހުޅުޖެހީ. ދެން ގޮސް އިނީ އެމްބަސީއަކަށްވަދެގެން ބަޣާވާތްކުރަން. މުޅި އުމުރުގައި ބަޣާވާތް ނޫން ކަމެއް ނުކުރޭ. އެކަމަކު މީނާގެ އަނގައިން ބަޣާވާތް މިކުރަނީ އެހެން މީހުން.