އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް މި މަހުގެ ބަޔަކާ ހަވާލު ކުރައްވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އިއްޔެ ވިދާޅުވެއްޖެއެވެ.

ސ. ފޭދޫގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އައްޑޫގެ ތަރައްގީއާ އެންމެ ބޮޑަށް ގުޅިފައިވަނީ ގަން އެއާޕޯޓް ކަމަށެވެ. އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު އައްޑޫ ސިޓީ ފޭދޫގައި ވާހަކަފުޅު ދައްކަވަނީ.

އެއާޕޯޓްގެ މަސައްކަތް ކުރުމަށް މިހާރު ޓެންޑާކޮށް، ޓެކްނިކަލް އިވަލުއޭޝަން ނިމި ފައިނަލް އެވެލުއޭޝަންގައި އޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ ޖަލްސާގައި އައްޑޫ މޭޔަރު ވިދާޅުވީ އެ ސިޓީގެ ރައްޔިތުންގެ ހުށަހެޅުމާ އެކު އައްޑޫގެ އެއާޕޯޓު ތަރައްގީ ކުރުމަށް ވެވަޑައިގެންނެވި ވައުދުގެ ތެރެއިން، ބަޔަކާ ހަވާލު ކުރެވި މި މަސްތެރޭ ސޮއިކުރެވޭނެ ކަމަށެވެ.

3400 މީޓަރުގެ ދިގު، 60 މީޓަރުގެ ފުޅާ ރަންވޭއެއް އޮންނަ ގަން އެއާޕޯޓް ބައިނަލްއަޤްވާމީ ދަތުރުތަކަށް ރަސްމީކޮށް ހުޅުވާލީ، 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭގެ ފަހުން ބޭރުގެ އެކި އެއާލައިންތަކުން މި އެއާޕޯޓަށް ދަތުރު ކުރެއެވެ. މި އެއާޕޯޓްގެ ރަންވޭއަކީ، އޭ340، އޭ330، އޭ320، ބީ737 އައި ބީ767 ފްލައިޓްތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.

މި އެއާޕޯޓުން، ބޭރުގެ ބައެއް މަންޒިލްތަކަށްވެސް ދަތުރު ކުރެއެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓެއް ފުރަތަމަ ޖައްސާފައި ވަނީ 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއީ ހެރެތެރެ ރިސޯޓަށް ފަތުރުވެރިން ގޮވައިގެން އައި ފްލައިޓެކެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ޖެޓް ތަކުން ފުރާލާފައި

ގަން އެއާޕޯޓް ތަރައްޤީ ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ ބޮޑު އެއް ވައުދެވެ. ނަމަވެސް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި، ރަންވޭއަށް ބޮޑު ބައެއް އިތުރު ކުރަން ހިންގި މަޝްރޫޢު ފިޔަވައި، ފާއިތުވެ ދިޔަ 20 އަހަރުގެ ތެރޭގައިވެސް އެއާޕޯޓްގެ ތަރައްޤީއަށް މާބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް މި ސަރުކާރުން މިހާރު އޮތީ ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޔޔދޔ

    މި އެއަރޕޯޓް އަކީ ކޮންމެ ވެރިކަމަކާ ގުޅިފައިވާ ތަނެއް

    13
  2. މަބޭ

    ކޮންމެ އަހަރަކު އިރުވައިމޫސުމައް ސަރުކާރުން ގަންއެއާޕޯޓް ތަރައްގީކުރަން ފަށަނީކަމައް އިއުލާން ކުރޭ

    18
  3. ކޮވިޑް

    އައްޑޫ ރައްޔަތުން ގުންބޯ ހެއްދުމުގެ ސީޒަން ފެށުނީ. ދެން ތައްޖަހާ އައްޑޫ ގުންބޯތައް.

    22
  4. މަސްތު

    އަންނަނީ އަންނަނީ... ދުވަހަކުވެސް ނުއެއްއާދޭ.

    19
  5. ރޔތ މހ

    އިންޑިއާޔައް އަވަހައް ދީ..............

    13
  6. ދީދީ

    ތިޔާ އެއާޕޯޓުތަރައްގީއަކީ ހާދަހާ ވަރުގަދަވެއްޖެ ކަމެކޭދޯ. މިރާއްޖޭގެ ރައީސަކު ނުވަތަ ވަޒީރަކު އައްޑުއަށްދާ ކޮންމެފަރަކު ތިޔަ އެއާޕޯޓެއް ތަރައްގީކުރާވާހަކަ ޝަންގްރިއްލާ ރިސޯޓް ހުޅުވޭވާހަކަ އައްޑޫ މީހުންގެ ޖީބަށް ޕައުންޑް ވަންނާނެ ވާހަކަ އައްޑޫ ތަރައްގީނުވެ ރާއްޖެ ތަރައްގީނުވާނެވާހަކަ ނުދައްކާ ހަމަ އެންމެ ދަތުރެއްވެސް ނާދޭ. އަނެއްކާ އެންމެ މޮޅުކަމަކީ މާލެއިން މިއަންނަ މީހުންނާއި އެއްބައިވެގެން އައްޑުގެ އިސްވެރިންވެސް ހަމަ މި ބަނދިވަރު އެބަކިޔައޭ ކީކޭދެން ބުނާނީ. އެހެންވީމައި ބުނަންޖެހޭނީ އައްޑޫ ހަލާކުކުރަނީ އައްޑުގެ އިސްވެރިންނޭ މާލޭގައިތިބޭ މައިސަރުކާރުގެ ވެރިންނަށް ބައިއަތުހިފައިގެން.

    13
  7. ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓުން ބޯނެތް ބުރުމާ

    ގދ.ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ބޮލެއްނެތް ބުރުމާއަކާއި ހަވާލުކުރުމުމުން އެތާގަތިބި ސްޓާފުންނަށް މުސާރަލިބެނީވެސް މަހުގެ 20ގެ ފަހުންނެވެ. އެއާޕޯޓެއް ތަރައްގީވެނިމޭނީ އެތާގަ ތިބި ސްޓާފުންނަށް އެއްގޮތަކަށްވެސް މުސާރަ ނުދެވޭ ދަރަޖައަށް ދިއުމުންކަމަށް ހުވަދޫ މީހުން މިހާރު ގަބޫލުކިރެއެވެ. ޝުކުރިއްޔާ ރައީސް އިބޫ އަދި މިނިސްޓަރު އަސްލަމް. މިފަހަރު އިބޫނުން މީހަކަށް ވޯޓުދެވޭކަށްނެތް ހާދަހާއޭ ރައްޔިތުންނަށް އޯގާތެރީ ހާދައޭ ވިސްނުންފުޅުތޫނީ