"އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހު އުދެއްދިގެން އައި ރައީސް ޔާމީންގެ ވެރިކަމަކީ ނުބައި ރެސިޕީއަކުން ކެއްކުނު ވެރިކަމެއް" ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަކީ ވިހަގަދަ ކާނާއެއްގެ ނަކަލެއް ކަމަަށެވެ.

"ބަޣާވާތަކުން ވެރިކަން ގެނައިމާ އަމާންކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ފިކުރާއި އެކު, މި ކަން ކުރީމާ ކަންވެގެން ދިޔަ ގޮތް އަޅުގަނޑުމެންނަށް މި ފެންނަނީ, ގާނޫނުތަކާއި ގާނޫނީ ހަމަތަކަށް ނުބެލުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އަޅުގަނޑުމެން މިއަދު މިއޮތް ހިސާބަަށް އައުން" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ތާރީހުތަށް ބަލާލުމަކީ އެހާ އުދަގޫކަމެއް ނޫން ކަމަށާއި ދުނިޔޭގެ ގައުމުތަށް ފަނާވެ ގޮސްފައިވާ ގޮތާއި, ދުނިޔޭގެ ގައުމުތަކުގައި ހަނގުރާމަ ކުރިގޮތާއި އަވައްޓެރި ގައުމުތަކަށް އަރައިގަތް ގޮތާއި މިހުރިހާ ކަންކަމަކީ ޒުވާން ޖީލަށް އިބުރަތެއް ކަމަށް ވާނެ ޖެހޭނެ ކަމަށެވެ.

"ދުނިޔޭގެ ގައުމުތަށް ފަނާވުމުގެ ފަގަތުގައި ގިނަ ފަހަރަށް އެންމެ މީހެއްގެ ފިކުރުގައި ކުރާ ތަށްތަށް ވޭ, ދުނިޔޭގެ ގައުމުތަށް ހަމަނުޖެހުމަށް ގެންދިޔުމަށްޓަކައި, ވެރިކަން ކުރާ ފަރާތްތަކުން ކަންކޮށްފައި ވަނީ މި ބީދައިން, އަޅުގަނޑުމެންގެ އަވައްޓެރި ސްރީލަންކާގެ ސިޔާސީ ތާރީހަށް ބެލިއަަސް މިކަން ފެންނާނެ" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ކޮންމެ ގައުމެއްގެ ސިޔާސީ ތާރީހަށް ބެލިޔަސް ފެންނަނީ ވެރިކަމުގެ ބާރު އެެއްކުރުމަށް ރައްޔިތުންނަށް އަނިޔާވެރި ވެފައި ވާތަށް ކަމަށެވެ.

"މިއަދު ރައީސް ޔާމީން އަރިހުގައި ބަޔަކުނެތް އެމަނިކުފާނުގެ ވަޒީފާގައި ތިބި ބަޔަކު ވަނީ އެމަނިކުފާނު ދޫކޮށް ގޮސްފައި ނަތީޖާއަކަށް ވެގެން ދިޔައީ މި އިދިކޮޅު ކޯލިޝަން އުފެދިގެން ދިޔުން" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ ވާދަވެރި ސިޔާސީ ފިކުރު ކަމަށެވެ. ރައްޔިތުންނަށް ފައިދާ ލިބޭނީ ވާދަވެރި ފިކުރު އޮތުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރައްތުންގެ ބާރެއް ނެތްކަން ޔާމީނަށް ފެނިވަޑައިގަންނަވާ, ރައީސް ޔާމީން ހުދުމުޚުތާރު ވާހަކަފުޅުތައް ދައްކަވަނީ އެހެންވެގެން" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މިހާރު ފެންނަމުންމިދާ ކަންތައްތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައަކުން ފެންނާނެ ކަންތައްތަކެއް ނޫން ކަމުން، މިކަންކަން ބަލަން ތިބެވޭން ނެތްކަމަށެވެ.

"ހުދުމުޚުތާރު އެތައް ވާހަކަފުޅެއް ރައީސް ޔާމީން ދައްކަވަމުން ގެންދަވާ، ރާއްޖޭގައި މިހާރު މިހިންގަމުންދާ ކަންތައްތަކަކީ ގާނޫނުތަކުގެ ތެރެއިން ކުރެވޭނެ ކަންތައްތަކެއް ނޫން, ވެރިކަން ކުރެއްވުމުގައި ރިވެތި އެއްވެސް ސިފައެއްނެތް. ބައިތުލްމާލުން މިލިއަނުން ބިލިއަނުން ޚިޔާނާތް ވެފައިވަނީ, އަދުލެއް އިންސާފެއްނެތް" ނިޒާރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އިސްމާޢީލު

    ކަލޭގެ ތިހާވަރުހުރިއްޔާ އެރެސެޕީ ދައްކާލަބަ ސާބިތު ނުހިފޭގޮތައް ހުސްއަގަތެޅިއަކަސް ގަބޫލެއްނުކުރެވޭނެ!

  2. ދިވެއްސެއް

    ރައީސް ޔާމިނުގެ ވެރިކަން އުފެދިގެން އައީ ނުބައި ރެސިޕީއަކުންނޭ ބުނި އިރު، އަދި މިމީހުން ބުނާގޮތުގައި އެރެސިޕީގައި ހުރި ހުރިހާ ނުބައި އިންގްރީޑިއަންޓް އޮތީ ތިބުނާ ކޯލިޝަންގަ މިހާރު. ބަގާވަތް ކުރި މީހުންނޭ އެމް.ޑީ.ޕީން ބުނި އެންމެނާއެކު މިހާރު ތިތިބީ. ދެން އަނެއްކާވެސް ތިޔަށް ވޯޓު ދޭނީ ކިހިނެއް؟

  3. ރެއްކާ

    ކަލޭތިއީ ނުބައި ރެސިޕީއަކުން ކެއްކިފައިހުރި ނުބައި އެއްޗެއް، ބޮޑު ވިހައެއް، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ އަތްބާނާފަ ގައިކަހާފަ ކުޑިބާލަބާލަ ކަލޭތިހުންނަނީ

  4. މޯޖޯ

    ނިޒާރުވެސް ތިޔައީ ނުބައިގޮތަކަށް މީހަކު ކުރިކަމެއްގެ ނަތީޖާއާ ވައްތަރީ. އެހެންވެ ތިއުޅެނީ ތިހާ އަދަބެއް ސަދަބެއް ނެތް ލާދީނީ ގޮތަކަށް.

  5. ހުސޭނުބޭ

    ރައީސް ޔާމީނުގެ ވެރިކަން ނުބައި ރެސިޕީއަކަށް ވަނީ ޢަލީ ނިޒާރުމެންކަހަލަ ދެފުއްކެހެރި އިސްލާމްދީނަށް ހަޖޫޖަހާ ޤައުމުގެ މިނިވަންކަން އިންޑިޔާއަށް ވިއްކާލާ ޣައްދާރުންނަށް. ރައީސް ޔާމީނުގެ ވެރިކަމުގެ ރެސިޕީއަކީ ރައްޔިތުންނަށް ރަހަމީރު ފައިދާހުރި ރެސިޕީއެއް. ރައްޔިތުންނަށް އެތަކެއް ބުރަތަކެއް ލުކޮއްށްދިން ރެސިޕީއެއް.

  6. ބާން

    ވިހަގަދަ އެއްޗެހި އަދި ނުފެނި ބޮޑުވެފަތިހުރީ

  7. ޙަފްޞާ / މާލެ

    ފުނޑާލާފައޮތް އިޤތިޞާދު ކޮޅަށްޖަހާ ، މަރުވެފައޮތް ޞިއްޙީނިޒާމަށް ދިރުންގެނަސް ، އަނަރޫފަވެފައިވާ ތަރައްޤީ މޮޓާކުރުވާ ، އޮޅުންބޮޅުންވެފައޮތް ތަޢުލީމީނިޒާމު އަލުން އިންތިޒާމްކޮށް ، ވީދާލާފައޮތް އިޖްތިމާޢީފޭރާން އާކުރުންތަ ތިބުނާ ކަމަކީ؟ ލަދުގެ ކަންފުޅެއްވެސް ނެތެއްނު؟ އެއްބުރުން ރައީސް ޔާމީން 2018 އިންޝާއަﷲ!

  8. އިހަވަންދޫ މީހާ

    ބަލަ ނިޒާރޫ . މިހާރު މި ފެންނަނީއޭ ކިޔާފައި ދެއްކެން އޮތީ ކޮން ކަމެއް ހެއްޔެވެ. ގައުމުގެ ިއގްތިސާދި ކުރިއރުމާއި ތައުލިމާއި ތަރައްގީ މީން ޒަމާނަކުވެސް ކުރިއަށްނުދާވަރަށް މި ފަސް އަހަރު ވަނީ ކުރިއަރައިގެން ގޮސްފަ. މައްސަލައަކި ކަލޭމެން ބޭނުނަހާ ގޮތަކަށް ވެރިކަން ނުކުރުން. ކަލޭމެންގެ އެމްޑީޕީގެ ލާދީނީ ސިޔާސަތަށް ތާއީދު ނުކުރުން. ކަލޭމެން ވެރި ކަމާހުރެ މޮޔަވެގެން ދައްކާ ބޯގޯސްވާހަކަ މިހާރަކު ދިވެހިން އަޑެއް ނާހާނެ. ޔާމީން ވެރިކަމުގައި ކަން ކޮށްފައި ހުރީ ގާނޫނުގެ ތެރއިން. އެކަން ކަލޭމްން ތިޔައުޅެނީ ހަޖަމު ނުވެގެން. ދެންވެސް ޔާމީން. އަންނިއަކީ މުނާފިގެއް. ޔަހޫދީންގެ އެޖެންޓެއް. އޭނާ މިތަނަށް ގެންނަން ތިޔަ ކުރާ މަސައްކަތް ދުވަހަކުވެސް ކާމިޔާބު ނުވާނެ.

  9. ޝާނާ

    ނުވބައި ރެސިޕީއަކުން ކެއްކުނު މީހުން ތިޔަ ތިބީ ނިޒާރު ތިޔަ ވިދާޅުވާ ވިހަގަދަ ކާނާ ކައިގެން ބޯ ސަކަރާތްވެފަ ތިޔަ ތިބީ ކިޔޭ ނުކިޔޭ ނޭގިފަ ތީ ފެއިލް ވެފަ ތިބި ބައެއް މިހާރު ނިޒާރު ކަރުގަ މައްސަލައެއް އުޅެނީތޯ މާ ސަެިޒްގަ ވާހަކަ ދައްކަނީ ލޮލް

  10. ަައަބްޅޯ

    ތިޔަބުނާ ރެސިޕީގެ ތެރޭގައި މައުމޫނު، ޤާސިމް އަދި އިމްރާނުވެސް ހިމެނޭ އެހެންވީމަ އެމްޑީޕީ އިން އަނެއްކާ ހަމައެރެސިޕީ ހިމަނާގެން ވެރިކަމުގެ ރިހަގަނޑު ކަށްކަން އުޅުނީމަ އެކަމަކީ އަޅުގަނޑު ވިސްނުމަށްފެންނަގިތހުގަހަމަޖެހޭކަމެއްނޫން.

  11. ޑިމޮކްރަޓިސްޓް

    ގ ކެނެރީގޭ މުހައްމަދު ނަޝީދަކީ ތިބުނާކަހަލަ ނުބައި ރެސިޕީއަކުން ހެދިފަހުރި ނުބައި ނުލަފާ މީހެއް..

  12. އިބްރޭ

    އެމްޑީޕީ އަކީ ކުރިސްޓިއަން ޔަހޫދީއަކު ވިހަފަ އޮތް އިޔަހޫދީ ދަރިއެއް.

  13. އަލީ

    އެއީ އުފެދުމުގަވެސް ވިހަ ރެސިޕީއެއް

  14. ރައިޙާނާ އާދަމް

    ކަލޭމެން ކެއްކި ރިހަގަނޑުގެ ރަހަ 2009 ން 2012 ށް އެއްފަހަރު ދިވެހިން ބަލައިފިއެވެ. އެރިހާގައިވަނީ ޒަހަރެވެ. ރަހަޔަކީ ހިތިރަހައެވެ. އޭގެވަހަކީ ހުނގުވަހެވެ. ނަތީޖާއެއްގެގޮތުން މުޅި ޤަވްމު ފުނޑުނެވެ. އިޤްތިޞާދު ވަޅުޖެހުނެވެ. ޢުމްރާނީތަރައްޤީ ހުއްޓުނެވެ. އިޖްތިމާޢީ ފޭރާން ވީދުނެވެ. އިސްލާމްދީނާ ޤަވްމިއްޔަތު ވަޅުޖެހިއެވެ. ޤަވްމުގެ ޚަޒާނާ ހުސްވިއެވެ. ކީރިތި ﷲ މިފަދަ ދުވަހެއް ދެން މި ދިވެހިޤަވްމަށް ނުދައްކަޥާށިއެވެ. މިފަދަ ނުބައި ބަޔަކު ދެން މިޤަވްމަށް ފައުނުކުރައްވާށިއެވެ. އާމީން

  15. މެސީ

    ކަލޭ އަށް ހަޖަމު ވިޔަސް ނުވިޔަސް ދެން ވެސް ވެރިކަން ކުރާނީ ހަމަ ރައީސް ޔާމީން . ކަލޭ ދެންވެސް ޖެހޭނީ އެ ރެސިޕީ އިން ކައްކާ އެއްޗެހި ކާން.

  16. ބޯގޯސް

    މަޖިލީހުގަހުރި އެއްމެ ދޫނުބައި އެކަކުމީ..ދެން ކުޅުދުއްފުށީ ޤަފޫރު..

  17. އަލީ

    ކަލޯ ތިޔަބާމީހުން ގެ އަގީދާ ބަލިކަށި ކަމުން ރަތްޔަތުންނަ ހަގީގަތް އޮޅުވާލާ ނުބައިރޭ ވުމަކުން އިސްލާމް ދީނާދެކޮޅު މީހަކު ގެންނަން ތިކުރާ މަސަތްކާމިޔާބެ ނުވާނެ . ވެރިކަމުގަ ދެންވެސް ހުންނާނީ މިގައުމު މިހާތަނަ ދުއް އެންމެ ކުޅަދާނެ ރައީސް ރައީސް ޔާމިން.އިރާދަ ކުރެއްވިއްޔާ ކަލޭދެންވެސް ހުންނާނީ މަގުމަތީ.

  18. އިހުސާން

    ނޫނޭ، ރައީސް ޔާމީންގެ ވެރިކަމަކީ ހަމަ ވަރަށް ހެޔޮވަރު ރަނގަޅު އިންގްރިޑެންޓްސް ހިމަނައިގެން ކައްކާފަ ސާވް ކޮށްފައިވާ މޮޅު ކެއުންގަނޑެއް

  19. ޒާ

    ނުބައި ރެސިޕީއެއްކަމަށްވާނަމަ އެކަން ކުރުމުގައި އުޅުނު ރެސިޕީގެ 3 އިންގްރިޑިއަންޓް (މައުމޫނާއި ގާސިމް އަދި އިމްރާން ) މިހާރު ހުރީ ކޮންބައެއްގެ ކައިރީގާތޯ؟ ތި ކައްކަން އުޅޭ ކޮން ރިހަގަނޑެއްތަ. މޮޔަނުގޮވާ. ކަލޭތީ ކާކުތަ؟

  20. ނާފިއު

    މި ހާރު އެނުބައި ރެސިޕީ އޮތީ ތިބޭފުޅުންގެ މަސްހުނިގަނޑުގަ ދެއްތޯ ؟ އެހެންވީމަ މިފަހަރު ނުބައި ރެސެޕީއަށް ވޯޓްލާނެމީހަކު ނުވާނެ ިނަޝާﷲ

  21. މުހައްމަދު

    މޒި ދެން ކާކުތަ... ކަލޭ ތީ މާ މޮޅުމީހަކީތަ.

    ކަލޭމެންނެއް ނޭދޭނެ ރައްޔިތުންނަށް ރަނގަޅު ގޮތް ވާކަށް.

  22. ބްލޫސް

    ކަލޭ ތީކާކު؟ ދިވެހިރާއްޖޭގެ ވެރިކަމުގެ ވާހަކަ ދައްކާކަށް އަރައި އަރަފޯދިގެންވާމީހެއްނޫން.އެނެގޭނީ ނަޖިސްހުތުރު ހުރިހާ އެއްޗެއް ކިޔަން ކަލޯ އަށް އެނގޭނީ އެމްޑިޕީގެ އަގު ވެއްޓިގެން އެމްޑީޕީ ދެކެ މީހުން ފޫހިވެގެން އުޅެނީ ތިކަހަލަ ޝަހާދަތް ނޭނގޭމީހުނ ް އެޕާޓީ ތެރޭގައި ތިބެގެން..އަބުއިކޮށްއުޅޭމީހުންނާ ވެރިކަމާ ކުފޫ ހަމަވާނީ. ކަލޯ ތީ ލަޓޯ ފަޓޯއެއް.ކަލޯ ަހަމަތިހެން ތެޅި ބާލަބާލާ ހުންނަންޖެހޭނީ. ހުވަދޫ އަތޮޅާހަމައަށް އަންނައިރު މިރާއްޖޭގެ ވެރިކަމުގެ ތަޚްތުގައި ޔާމީން އިންނަން ހުންނަން ވޯޓް އޮންނާނީ ހަމަވެފަ.

  23. ޟ

    ކަލޭމެންގެ ރެސިޕީގަ އިންގްރީޑި އަންޓަކަށް ޒެހެރު ހިމެނޭ.. ޔާމީންގެ ރެސިޕީ މީރުމީހުން ގިނައީ...މަވެސް ޔާމީނު..

  24. އިބޫ

    ކަލޭ ދަންނަންތަ ރެސިޕީ؟

  25. ނޫން

    ނިޒާރަކީ ނުބައި ރެސިޕީއަކުން މަޖިލީހަށް އައި މީހެއް، ކޮން ވާހަކައެއް ދައްކާކަށް.

  26. ހަމީދު

    ތީކަސްޓަމް ދަވާލާފަ ހުރިމީހެއް، ކެވޭނެ ގޮތެއް ނުފެނިގެން އެއުޅެނީ