ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނެތް ކަމަށާއި ރައްޔިތުންގެ ވޯޓު ސިއްރު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެއެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށް ދާނީ އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. އަދި އިންތިހާބުގެ ކަންކަމުގައި ބިދޭސީން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް އެ ކޮމިޝަނުން ނުގެންގުޅޭނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ ފަޅިއަށް ވެސް ސަރުކާރާ ވާދަވެރި ފަޅިއަކަށް ވެސް ނުޖެހޭނެއެވެ. ހުރިހާ ފަރާތްތަކާ ވެސް ގެންގުޅޭނީ ހަމަހަމަ އުސޫލެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އިންތިހާބަށް އިންޑިއާއިން ނުވަތަ އެހެން ގައުމަކުން ވެސް އެއްވެސް ކޮންސަލްޓެންޓެއް ނުހޯދާނެ ކަމަށާއި މިހާރުވެސް ނުހުންނާނެ ކަމަށެވެ. އަދި ކޮންސަލްޓެންޓެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އެ ބޭފުޅުން ވާނީ ދިވެހީންގެ ތެރެއިން ތަޖުރިބާ ހުރި ބޭފުޅަކަށް ކަމަށް ވިދާޅުވިއެވެ.

އެއީ ނަޒާހަތްތެރި ބައެއްތޯ ބަލާފައި ނޫނީ ކޮންސަލްޓެންޓުންގެ ގޮތުގައި ބޭފުޅުން ހަމަނުޖައްސާނެ ކަމަށް ވިދާޅުވިއެވެ.

"އަދި އެއްވެސް ދިވެއްސެން ކޮންސަލްޓަންޓެއްގެ ގޮތުގައެއް ނެތް. އަދި އަޅުގަނޑުމެންގެ ވިސްނުމެއް ނެތް އެއްވެސް ބިދޭސީއަކަށް އެއްވެސް މަގާމެއް ކޮންސަލްޓަންޓެއް ކީއްކުރަންތީ އޮފިސަރެއްގެ މަގާމުވެސް. އަދި ރިސެޕްޝަނިސްޓެއްގެ މަގާމު ވިޔަސް އަދި މަސައްކަތު މީހެއްގެ ވަޒީފާ ވިޔަސް އެއްވެސް ބިދޭސީއަކަށް ދޭކަށް. އިލެކްޝަންސް ކޮމިޝަންގައި ތިއްބަވާނީ 100 ޕަސެންޓް ދިވެހި ރައްޔިތުން." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އިންޑިއާ، ޗައިނާ އަދި ޕާކިސްތާނު ނޫނީ އެހެން އެއްވެސް ގައުމެއްގެ ވެސް ނުފޫޒު އިންތިހާބަށް ނުފޯރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ މަސައްކަތްތަކެއް ރާވާފައި ބާއްވާނީ ހަމަ މިނިވަންކަމާއެކީ ގައި ކޮންމެ ބޭފުޅަކަށް ވެސް ވަޑައިގެން ވޯޓު ލެއްވޭ ގޮތަށް. އެއްވެސް ބަޔަކު އެކަމަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވާކަށް ފުރުސަތެއް ނުދޭނަން. އަދި އަޅުގަނޑުމެން ޔަގީންކަން އަރުވާނަން އެ ބޭފުޅުންނަށް އެ ބޭފުޅުން ލައްވާ ވޯޓު އެއްވެސް ހިސާބެއްގައި ގުނަމުންދާ އިރު އަދި ގުނުމަށް ފަހުގައި ވިޔަސް އެއީ ކާކުލީ ވޯޓެއް ކަމެއް ނޭނގޭ ގޮތަށް އެ ސިއްރުވެސް އޮންނާނެ." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އަނބިމީހާ ލާ ވޯޓު ފިރިމީހާއަށް ވެސް ނޭނގޭ ވަރަށް ވޯޓުގެ މައުލޫމާތު ސިއްރު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، ސެޕްޓެމްބަރު 30 ވަނަ ދުވަހު ދެވަނަ ބުރު ބޭއްވުމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ލަތީފް

    ކަލޭމެން ވައްކަން ނުކޮއްފުއްޔާ މަ އޮންނާނީ ގުދައް

    29
    2
    • ާލިލަަަ

      ވައްކަން ކުރިއަސް ނުކުރިއްސަ ޔޫ ގުދަށް އޮންނަ މެންނު.ނަމާދުގަވެސް

      9
      3
      • ޑރ. ރާމީ ޙަސަން މަނިކު

        ހާދަ މަޖާ ކޮމެންޓް އެކޭ. ހީހީ ހަލާކު!!!

  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    އީ.ސީ ޝަރީފު ވޯޓް ތަށް އަންދާލިއެވެ. މިފަދަ ކަމެއް ކޮށްފިނަމަ މިފަހަރު ވަރަށް ކަންތައް ގޯސް ވާނެކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. އެއް ހަރަކުން ދެފަހަރު ކަށި ޖެހިއަކަ ނުދޭނެކަން ހަނދާން ބަހައްޓަންޖެއެވެ!

    22
    • ޙައްގުބަސް

      އީސީ ޝަރީފް މަތިން ހަނދާން ނައްތާލައިގެންނުވާނެ!! އޭނަޔަށް ޙައްގު އަދަބުދެވެންދެން!! އޭނާ ހީކުރަނީ އޭނާ ވޯޓްތައް އޮޅުވާލާ ވޯޓް ކަރުދާސްތައް އަންދާލާ އެހިންގި ޖަރީމާ މަތިން ރައްޔިތުން ހަނދާންނެތޭނެ ކަމަށް!! ހަމަހިލާ އެހެނެއްނުވާނެ!! ވޯޓް އޮޅުވާލި!! ވޯޓުން ވައްކަންކުރި!!

    • އަހްމަދު އައިމަން

      ކުރިންވެސް ނުފޫޒު ފޯރުވަިގެން ކަލޭ ތީ ހުކުމެއް ކޮށްފަ ހުރި މީހެއް ކިހިނެއް އިތުބާރު ކުރާނީ

  3. ހަސަނު

    ފުއާދު މެންގެ ހިސްޓްރީ އޮތީ އެމްޑީޕީ އާއި ގުޅިފަ.. ވޯޓުގެ ސައްޙަކަމެއް އެބަ އޮޔްތޯ!

    21
    1
  4. ޢިޔާބު

    ނުވާނެ ކަލޯ. ތީ 2008 ގަވެސް ހުރިމީހާ. އޭރު ނެގި ވޯޓުންވެސް ހޮވުނީ މައުމޫނު. ކަކަކަކާކާހާ ކެހެހޭ ކިޔާނެ ކަމެއް ނެތް

    19
    1
  5. ޖާނޭ

    ރޢްކާތެރިވެ. ފުވާދަކީ އޮފީހުގެ ސިއްރުތައް އެކުވެރިންނާ ހިއްސާ ކުރާމީހެއް. ޢެއެްވެސް ގެރެންޓީ އެއް ނެތޭ މަކަރު ހަދާނަމޭ ނުސީދާ މެސެޖެއް އެދެއްވަނީ. ސަމާލުވޭ.

    14
  6. Anonymous

    އެހެންނަމަކަ އެމްޑީޕީ ގެ ރެލީތަކުން ފުއާދާއި ފުއާދުގެ އަންހެނުން ނުފެންނާނެ!

    15
  7. ޙާދީ

    ކިނބޫ އެއްބުރުން ދަމައިގަންނާނެ. އެއީ ޔަގީން ކަމެއް.....ކަލޯމެންނަށް ތިޔަތާ ތިޔަ ތިބެވެނީ އެހެންވެ.....

    11
    2
  8. ސަމްކުޅިބޭ

    މިހާރު ހުރީ އިންޑިއާ ބޭނުންވާގޮތަށް ވޯޓާ ބެހޭ ހުރިހާ ސޮފްޓްއެއާ އާއި ލިންކްތައް އިންޑިއާ ބޭނުންގޮތަށް ތައްޔާރުކޮށް ނިންމާފާ. ދެން އިންޑިއާ އިން ކޮންމެހެން ތިތަނަށް ވަންނަކަށް ނުޖެހޭ. އިންޑިއާ އެމްބަސީގައި ތިބެގެން ހުރިހާކަމެއް ކުރެވޭނެ ވިއުގަވެސް ވަނީ ހަދާފާ.

  9. މަޖީދު

    ވޯޓަށް ނުފޫޒް ފޯރުވުމުގެ ފުރުސަތު ނެއްކަން ކޮމަންޑޫ އިންތާބުން ވަރަށްސާފުވި

    1
    1
  10. ބުއްޅަބޭ

    ޕާކިސްތާނާއި ޗައިނާ ވައްދާނެ ކަމެއްނެތް، އެގައުމުތަކުން ރާއްޖޭގެ ކަންތަކާއި ނުބެހޭ!

  11. ނަމުރާ

    ވޯޓު ސިއްރުކުރި ކުރީނުން ވޯޓުތަށް އަންދާނުލާތި މިފަހަރު އަންދާލައިފިނަމަ ރަށްޔަތުން ގަދަހިފުމަކުން ނިކުންނާނަން.

  12. Anonymous

    ވޯޓަށް ނުފޫޒޭ ކިއުމަށްވުރެބޮޑަށް ރިޝްވަތޭކިޔަންވީ ނޫންތަ؟؟ 2008ގަ ރިޔާސީއިންތިޚާބުގަ ރ.މައުމޫނު ކަޓުވާލާފަ ރ.ނަޝީދު ހޮވާދިން މަކަރުވެރި ރޯލު މިފަހަރުވެސް ކުޅެލާފަ ގިނައިން ރިޝްވަތު ދިންފަރާތެއް ހޮވާލީމަ ނިމުނީ އުތެ؟؟ އެހެންވީމަ ނޫންތަ، އީސީ ކޮރަޕްޓް ޝަރީފު ދިޔައީމަ މިސަރުކާރުން އަނެއްކާވެސް ފޯޑުތައުފީގު ތިމަގާމުގައި ބަހައްޓާފައިހުރީވެސް😁

  13. ސަފީރު

    ފްރައުޑު ތައުފީގަކީ ވޯޓް ޖަޑިބެއް، ޗަރުކޭހެއް ، ވޯޓަށްޓަކައި ރީނދުލަށް ކޮންމެފަދަ ކަމެއް ކޮއްދީފާނެކަމށް ފޫގަޅައިގެންހުރި ދެފުއް ކެހެރި ހިޔަޅެއް. ޢިތުބާރެއްނެތް. ތިތަނަށް ލީވެސް ރީނދޫއިން، އެހެއްވީމަ ރީދޫނޫން ބަޔަކަށް ކާމިޔާބް ކަލޭ ނޭދޭނެ

  14. އަލިމުތް

    ފުއާދަކީ ރަނގަޅު މީހެއް. ތި މަސައްކަތަކީ ފުއާދުއާ ގުޅޭ، ލައިކުވެސް ވާ މަސައްކަތެއް. އެކަމަކު ފުއާދު އެމްޑީޕީ ވެފަ އެމްޑީޕީ ފޫބުޑުގަ އުޅޭތީ އެހެން މީހުންގެ އިތުބާރެއް ނޯވޭ ފުއާދަކަށް. އެ އިތުބާރު ނުވެސް ހޯދޭނެ. އެހެނީ ފުއާދުގެ ފިކުރު ނޭނގޭ މީހަކު ނޫޅޭ. ތި ކަހަލަ މާގާމުތަކަށް އަންނަން ޖެހޭނީ އުމުރުގަ ސިޔާސީ ޕާޓީއެއްގަ ވައި އެޅިފަ ނެތް މީހުން.

  15. ދިވެހި ދިދަ

    ސިއްރުވުމަކީ އަދި ނުފޫޒް ނުފޯރުވުމެއްނޫން...ހަމަ ސިއްރުނުކޮށް ފާޅުގަ ވޯޓްލާންވީ..އޭރުން ތާ އެނގޭނީ. ވޯޓްލާވަރުން ނަތީޖާ އޭރުން ފެންނާނެ..ކޮންމެ ކެންޑިޑޭޓަކަށް ވަކިފޮއްޓެއް ބަހައްޓަންވީ އޭރުން ނަތީޖާ އޮޅުވައެއް ނުލެވޭނެ.