އައިޖީއެމްއެޗުގައި އެކަށީގެންވާ ޑޮކްޓަރުންނާއި ނަރުހުންނާއި ވަސީލަތްތައް ނެތިގެން ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހޮސްޕިޓަލުގައި 60 ކުޑަކުދިން އެޑްމިޓްކޮށްފައި އެބަތިބި ކަމަށެވެ.

އޭގެ ތެރެއިން އަށް ކުދިން އޮތީ މެކޭނިކަލް ވެންޓިލޭޓަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރެއްވި އެވެ.

"ސިވިލް ސާވިސްގައި މީހުން އައްޔަނުކުރާ ގޮތަށް ވުރެ އަވަހަށް ޑޮކްޓަރުންނާއި ނަރުހުން އައްޔަނު ކުރަން އެބަ ޖެހޭ. އަދި ހިދުމަތްތައް ޑީ ސެންޓްރަލައިޒްކޮށް އިންސާނީ ވަސީލަތްތަކާއި އަދި ބޭހުގެ ކަންކަމަށް އިތުރަށް ސަޕޯޓް ބޭނުންވޭ". ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑޮކްޓަރުންނާއި ނަރުހުން އެކަށީގެންވާ ވަރަށް ނެތް ކަމަށް ފައިސަލް ވިދާޅުވި އިރު އައިޖީއެމްއެޗަކީ މިހާރު ވެސް ގިނަ ބައެއްގެ ޝަކުވާ އަމާޒުވެފައިވާ ހޮސްޕިޓަލެކެވެ.

ހާއްސަކޮށް ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަކީ ބޮޑު ވޭނެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި ކިއުގައި ޖެހިގެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދެނީ އެތައް މަހެއް ފަހުން ކަމުގައިވާތީ ގިނަ ބަޔަކު ބޮޑު އަގު ދީފައި ދާން ޖެހެނީ ޕްރައިވެޓް ހޮސްޕިޓަލު ތަކަށެވެ.

އޭގެ އިތުރުން އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ވަސީލަތްތައް މަދުކަމުން ގިނަ ބައެއްގެ ޝަކުވާ އަބަދުވެސް ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމީ

    ޑޮކުޓރުންނަކީ ރާއްޖެގަ މުހިއްމު އެއްޗެއް ނޫން ދިވެހި ރާއްޖެ އިން ޑޮކުޓަރު ކަން ކިއާވާގެން ތިބި މީނުންގެ ތެރެއިން 60% އަކީ އިންޑިއާގެ ކައްޕަޅި ޑޮކުތަރުންނައް ވުރެ މާ ނުލަފާ މީހުން

    13
    8
    • ވާންޗޮ ކޮމެންޓޭސް

      ކަލޭ ދެން ހަވާލުވާންވީނު ބަލިމީހުންނާ

      8
      6
  2. ާދަލޭކް

    2022 ވަނަ އަހަރު އައިޖީ އެމް އެޗް އިން އަޅުން ލައްވާ މަސައްކަތް ކުރުވާ ހައުސް ޖޮބް ހެދި ކުދިން ވަޒީފާ ނުލިބިގެން ސަލާމް ޖަހަނީ އެކުދިންނަށް ވަޒީފާ ދިބަލަ.

  3. ހުސޭނުބޭ

    ކޮން ކަމެއް ރަގަޅުވާނީ. ތިކަން ބަލަހައްޓަން ހުންނަ މުސްކުޅި ބޭގަނޑަށް ޝަރުބަތު ބޮއިފައި އެހެން ކަމެއް ކުރާނެ އަވައްޖެއްނުވޭ. ކޮވިޑޭ ކިޔާފައި މުޅި ބައިތުލްމާލު ބަނޑު އަޅާލާފައި އިއްޔެ ބުނި ރާއްޖޭގެ އިޤްތިޞާދު ކަޑަބޮއްޖަހާފައި ދުވަނިއްޔޯ. ތި ރަގަޅުވި އިޤްތިޞާދެއް އެބަ ފެނެޔެއްނު

    14
  4. މަތަރަސް

    ބަލަ މިގައުމަން އެންމެމުހިންމީއޭރެއްގެ ވެރިކަމުގާ ހުންނަ މީހާއައްހުސާމަތާ ހުރިހަޕޯޑިއަމުތަކުގާސަރުކާރުންކުރާ ހިޔާނާތާބޮޑެތިކުއްތައްފޮރުވުމަން ނާގާބިލާ ގާބިލް މީހުންހޯދުން ދެން ސަރުކާރުގެބާރޔގަދަ ވެރިންގެދަރިން ކޯސްތަކަށާ އަދިބޭރުން ޑޮކްޓަރުކަންވެސްލިބޭނޭ ސަރުކާރުގެ ތެރެއިން އެބުނާ ޒީރޯހަރާމު ހަލާލް ގޮތުގާ ދެން ކިޔާވާނިމުނީމާ ބޭނުންގައުމަކައްދާވީ ގާނުގާނެތް ހިދުމަތްކުރާކަން މިވެރިންގާނޫނު ތަރަހަކުރާނީވެސް ހަދާނިވެސް އުންސުރުވެސް އަންސުރުވެސް ޕީޖީވެސްބަލާނީދެންދޯ؟؟ މުސާރަކުޑަ ޑޮކުޓަރުންނަށާ ނަރުހުންނައް އަދި ލެބޯޓްރީމީހުނައްވެސް ގިއިނާޔަތްތަކާ އެހެނިހެންފައިސާ ހަރުދުކުރަނީ ވެރިކަން ނަގަހައްތަން ސިއްހީހިދުމަތް ތެރިން ބިކަކޮއް ގައުމުދެކެރުޅިއަރުވާފައި އެހެންގައުމަކައްދާންމަޖުބުރުކުރީމާ ދެންދެރަވާނީ މިގައުމެ ނިކަމެތިރައްޔަތުންނައް/؟ ވީމާ ޕުރާމަރީގާވެސް އިންތިހާބުގާވިސް ވޯޓްލާނީ ގާބިލްމީހުންނައް ގައުވިއްކާލާ މޯޑިގެ ގޮޑިކޮއްކުސަރުކާރުހިންގާމީހަކައްނޫން ވެރިކަމަން ކުފޫހަމަވަމިހެތޯމިހާރުހުރީ އަދިހިޔާފުލެޓްގެރައްޔތުނައް ގައުމެއްގެވެރިޔަކު ނުކުރާމަލާމަތާ ފުރައްސާރަކުރީ މިހާރު ވޯޓްހޮދަން ހިޔާފުލެޓައްދާން ކޮންމެސްވަރެއްގެ އަގަލެއްހުނައްޖޭނެ؟ ދެހާސްތޭވީސް ރއޔާމީނާއެކު ކުލިކުދަވާނެ ފުލެޓްހަދަންދިޔަފައިސާދޭނެ ގަޓްހުންނާނެ ގައުމުދެކެލޯބިވާނެ؟