ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ދާދިއަވަހަށް ނިމިދާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު ކަން ކުރައްވަމުން އަންނަ ޖަމީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދާދި އަވަހަށް ރައީސް ސޯލިހްގެ ވެރިކަން ނިމި، އަނިޔާވެރިކަމުގެ މައްޗަށް ޢަދުލްވެރިކަން ފާޅުވާނެ ކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސް ސޯލިހްގެ ސިޔާސީ ބަދަލުހިފުން ވަރަށް އަނިޔާވެރި ކަމަށެވެ.

އަންނަ ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރާނެ ކަމަށް ޖަމީލް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން ޖަމީލް މިރޭ ވެސް ވިދާޅުވީ މާތްﷲގެ އިރާދަފުޅުން ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. ޖަމީލް ވިދާޅުވީ އިސްތިއުނާފީ ކޯޓްގެ ކުރިމަތީގައި އޮތީ އެތައް ރައްޔިތުންގެ ޙައްޤު ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު އެ ކޯޓުން މިއަދު ވަނީ އެމަނިކުފާނުގެ ވަކީލުންނާއި ހަވާލު ކޮށްފައެވެ. ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ކޯޓުން މިދިނީ ހުކުމް ކުރިތާ 20 ދުވަސް ފަހުންނެވެ. ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށް ކޯޓަށް އޮންނަނީ ބަންދު ދުވަސްތައް ނުލާ 14 ދުވަހުގެ މުއްދަތެކެވެ. އެ 14 ދުވަސް ހަމަވާން އޮތީ މިއަދެވެ.

ޔާމީންގެ ވަކީލުން ކުރިން ވިދާޅުވެފައި ވަނީ، ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވި ލަސްވަނީ ހުކުމުގެ އިސްތިއުނާފު ތައްޔާރުކުރަން ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓާއި ކޯޓުގައި ދެއްކި ހުރިހާ ވާހަކަތަކެއް ހިމެނޭ މަހުޟަރު ބަޔާންތައް ކޯޓުން ނުދޭތީ ކަމަށެވެ.

ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކުރަން ލިބެނީ 60 ދުވަހެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ޔާމީންގެ ވަކީލުންނަށް ރިޕޯޓު ދޫކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ "ބުރަ ދުވަސްކޮޅެއް" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުދީ ލަސް ކުރާތީ އިދިކޮޅު ޕީޕީއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ރިޕޯޓު ހޯދަން ކްރިމިނަލް ކޯޓު ދޮށަށް ވެސް ވަޑައިގެންފައެވެ. އެކަމަކު ކޯޓުން ބުނެފައި ވަނީ ރިޕޯޓު ދޭނީ ވަކީލުންނަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ކަލޭމެން ތިހެން ޔާމީނަށް ދޯކާދޭން ތިއްބާ އަނެއްކާ ވެސް މި ވެރިކަން ގަދަކޮށްލާތަން ފެނިގެން ހިނގައިދާނެ. ކަލޭމެންނަކީ ޔާމީނަށް ހެޔޮއެދޭ ބަޔެއް ނޫން. ކަލޭމެން އެންމެންވެގެން ޔާމީނު ޖަލުގައި ބާއްވާން އުޅެނީ. ތިގޮތް ވެސް ގޯހެއް ނޫން. ޔާމީނު ވެސް އުޅުނީ ކަލޭމެން އެންމެން ޖަލަށް ލައިގެން ވިއްޔާ.

    15
    8
  2. އަންނަނީ

    ބްރިޖް އަންނަނީ ފްލެޓްސް ތައް ކަނޑުއަޑިން އަރައިގެން އަންނަނީ ގޯތި އުތުރި އަރައިގެން އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަހާން އަންނަނީއޭ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ އަަންނަނީ

    6
    3
  3. ހުލި

    ހޮވިއްޖިއްޔާ ހަވާލު ކުރާނަނަތޯ؟

    11
  4. ބވވޕ

    އެމްޑީޕީ މީހުން ޔާމިނުއާދިމާލަށް ނޮގޮވާއެއްޗެހި މިޖަމީލުގޮވި ވެރިކަމޭ ޔާމިނުއޭކިޔާއިރު

    13
    2
  5. ކިހާ ބޮޑުކަމެއް

    އަނިޔާވެރިކަމުގެ މާނަ ހާދަ ބޮޑަށޭ އޮޅިފައި ތިހިރީ. އެބަހުގެ މާނަ ނޭގި ސިޔާސީ ދައުރާނޫން އެއްވެސް ދާއިރާއެއްގައި އިތުބާރުކުރުމަކީ ވެސް އަނިޔާވެރިވުން.

  6. މީނާއޭނާ

    މީނާ އާއި މީނާގެ އާއިލާގެ ދެން އެއުޅޭ ސިޔާސީ މެމްބަރުން ވަރުގެ ދެފުއްދެގޮތް މުނާފިޤުންތަކެއް މިގައުމު އަދި ދުވަހަކުވެސް ނުދެކޭނެ ، މާހަރުކޮށެއްނޫން ވަރަށް ލުއިވިސްނުމަކުން ވިސްނާލިޔަސް މިކަންސާފު. މީނާ މިއުޅެނީ ކޮންމެވެސް މުދާގަނޑަކާހެދި ނޫން އެހެން އެއްވެސްކަމެއްނޫން.

    2
    2
  7. ޢަހުމަދު

    މާދަމާ ދުނިޔޭގައި ދިރިހުއްނާނެ ކަން ޖަމީލު އައް އިގޭ ބާ،؟

  8. ބޭބެ

    މީނައަކީ ސީދާ ދެބޯބުރާންޗެއް!
    ވާނެ ގޮތް އެނގޭކަމަށް ބުނާނީ މުރުތައްދުން! ޣައިބަކީ
    ހަމައެކަނި ﷲ ސ ވ އަށް މިލްކުވެވޮޑިގެން ވާކަމެއްކަންވެސް މިބުރާންޗައްނޭގެނީ!

    1
    1
  9. ދަތްދޮޅި އާދަނު

    ޖަމީލޫ ޖަމީލް ތިޖަހާ ސަކަރާތް މަންމާފުޅު އަދުރޭމެން ބޮންމުންދުމެންނަށް އިނގެއޭ، މަނިކުފާނު ބޭނުންވަނީ މަނިކުފާނަށް ޔާމީނު ހަދާލިގޮތް ޔާމީނަށްވެސް ހަދާލުން، އެންމެފަހުން ޕީޕީއެމްގެ ރިޔާސީ ޓިކެޓްވެސް ތިމަނާއަށް ލިބޭނެކަމުގެ ފޮނިއުންމީދުގަ ޕީޕީއެމް މެމްބަރުންގެ ލޮލުގަ އަނދުންއަޅުވަނީ ޔާމީނަށްމާ ހެޔޮއެދޭމީހަކަށް ވެގެން، މުއިއްޒްވެސް ބުޅާ ރޯމަސްގަނޑަށް ބަލާހެން ރިޔާސީ ޓިކެޓަށް ބަލަހައްޓައިގެން އެހުރީ

    2
    2