ނެޝަނަށް އާޓް ގެލެރީ މަރާމާތަށް ބަންދުކޮށް ވަރަށް ގިނަ ދުވަސްވަމުންދާނީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އާޓް ގެލެރީ ގިނަ ދުވަސްތަކެއްވަންދެން ބަންދުކުރެވިފައި ހުރުމުން ރާއްޖޭގެ ގިނަ ޕްރޮފެޝަނަލް ވިޝުއަލް އާޓިސްޓުންނަށް މި ކަމުގެ ދަތިތައް ކުރިމަތިވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެ ބަންދާއި ގުޅިގެން އެ ޖަމިއްޔާގެ ފާރާތުން ރާވާ ހިންގަން ހުރި ގިނަ އާޓް އިވެންޓްތައްވެސް ނުބޭއްވި ގިނަ ދުވަސްތަކެއްވަމުންދާ ކަމަށް ބުނެފައި ވެއެވެ. މިހެންވުމުން އާޓްގެ ދާއިރާގެ ގިނަ ފަންނުވެރިންނަށާއި ޖަމިއްޔާއަށްވެސް ވަރަށް ބޮޑު ހީނަރު ކަމެއް ލިބެމުންދާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ހާއްސަކޮށް ގިނަ ހުނަރުވެރި ޒުވާނުން ބައިވެރިވާ އެގްޒިބިޝަންތައް ނުބޭއްވި ލަސްވާކަމީ ރާއްޖޭގެ އާޓްގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ނޭޝަނަލް އާޓް ގެލެރީ މަރާމާތައް ގިނަ ދުވަސްތަކެއް ބަންދުކޮށްފައި ހުރުމުން ކަމާ ބެހޭ ފަރާތްތަކާއި ވަރަށް ގިނަ ފަހަރު ވާހަކަ ދެކެވި މަޝްވަރާ ކުރެވުނު ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އެގޮތުން ހެލިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި މިނިސްޓްރީގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އަދި އެންސީއޭގެ ބައެއް ބޭފުޅުންނާއި އެތައް ފަހަރު ވާހަކަދެކެވުނު ކަމަށް ފާހަގަކޮށްފައި ވެއެވެ.

އެ ޖަމިއްޔާއިން ބުނެފައި ވަނީ ހިތާމައަކީ މި އަހަރު ފެށިގެން ކުރިއަށްދާއިރު ވެސް އެދެވޭ ނަތީޖާއެއް ކަމާ ބެހޭ ފަރާތްތަކުން ނުލިބޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިމުތް

    ހެލޯ... ކަލޭމެން ބާއްވާ ހިއްވާ އެއްޗެއް އެހެން ތާކުވެސް ބޭއްވިދާނެނު؟ ހަމަ އާޓް ގެލެރީގަ ބޭއްވީމަތަ ބޭއްވުނު ކަމަށް ވަނީ؟ އެހެން ނޫނަސް އަދި ރައީސް ކަލޭމެންގެ ކޮމިއުނިޓީއާ ބައްދަލު ނުކުރޭނު. ވޯޓާ ކައިރިވީމަ ބައްދަލުކޮށްފަ ހުޅުވަން ވައުދުވާނެ ނިކަން އަވަހަށް!

    1
    1