ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގައި ކިޔާ ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ފަށައިފިއެވެ.

އިސްލާމިކް މިނސްޓްރީން ބުނީ މި ކަމަކީ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ މައުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ.

ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިއުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ގައުމަކަށްވެފައި، އިސްލާމްދީނުގެ މައުލޫމާތު އެފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެ ފަހުން ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި، އިސްލާމީ ދައުވަތު ފެތުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް އޮތްތަނުގއިވެސް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ ކުރިން ހުކުރު ހުތުބާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާއްމު ކުރަމުން ގޮސްފައި ވަނީ ހަމައެކަނި ދިވެހި ބަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުން

    ރަނގަޅު ކަމެއް.ރާއްޖޭގައި އެބައުޅޭ ދިވެހި ރަނގަޅަށް ނޭގޭ އެކަމަކު އިނގިރޭސި ރަނގަޅަށް އިނގޭ ދިވެހިން.

    3
    1
  2. އަބޫ

    މި ކަމުގެ މަގުސަދަކީ މުސްލިމު ނޫން (އެހެން ގައުމުތަކުން ރާއްޖެ އަންނަ) މީހުންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖެއްސުން ކަމަށްވާނަ އެމީހުންނަށް ރާއްޖެއިން މަރުހަބާ ކިޔަން އިސްލާމީ ރިވެތި ހެނދުން އަޅާފަ ތިބޭ މީހުން ނެރުމަށާއި، އިސްލާމް ދީނާއި މެދު ވިސްނަން މަޖުބޫރު ވާފަދަ ރީތި ބަސްކޮޅެއް އިނގިރޭސި ބަހުން އިއްވާލުން މާ ރަނަގަޅު ވާނެ ކަމަށް ފެނޭ
    ދިވެހިން އިސްލާމް ދީނަށް ލޯބި ޖައްސަން ބޭނުންވާނަމަ އިނގިރޭސި ޚުޠުބާ ހެދުމަށްވުރެ ޝައިޠާނީ ދުންމާރި ތަކާއި ނާޗަރަންގީތައް ހުއްޓުވަން ފިޔަވަޅު އެޅުން މާ ރަނގަޅުވާނެ ކަމަށް ދެކެން.
    އިނގިރޭސި ބަހުން ތި ލިޔާ ޚުޠުބާ ވެބްސައިޓަށް ވަދެގެން ބަލާނެ މީހަކު ހުންނާނެ ހެނެއް ހިއެއްނުވޭ

  3. މުޙައްމަދު

    އިނގިރޭސި ބަހުން ޝާއިޢު ކޮށްފަ އެންމެ ފަހުން އިންގިރޭސި ޚުޠުބާވެސް ކިޔާނެ. އައްޑޫ ބަހުން ޚުޠުބާ ކީމަ އިސްލާމިކް މިނިސްޓަރަށް ކަމުނުދިޔައީ. ހަމަ ޔަގީނުންވެސް އައްޝައިޠާން އިބްން މޯދީ ބިން އަބޫޖަހުލު ބިން ފިރުއައުނު އިސްލާމެއް ނުވާނެ.