ސުވަދީވްގެ ވިސްނުމަށް މިސްރާބު ޖެހުމަކީ ބޭނުންތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިން އައްޑޫގައި ތިބި އިރު 1959 ވަނަ އަހަރު ޔުނައިޓެޑް ސުވަދީވް އައިލެންޑްސްގެ ނަމުގައި އައްޑު އާއި ފުވައްމުލައް އަދި ގދ. އަތޮޅު ހިމެނޭ ގޮތަށް ވަކި ދައުލަތެއް އިއުލާން ކުރިއެވެ. އެކަމަކު އޭގެ ތިން އަހަރު ފަހުން އޭރުގެ ރައީސް އިބްރާހިމް ނާސިރު ސިފައިންނާއެކު ވަޑައިގެން އެ ދައުލަތް އުވާލައްވައި، ދެކުނުގެ ތިން އަތޮޅު ވެސް ދިވެހި ދައުލަތުގެ ބާރުގެ ދަށަށް އަނބުރާ ގެންދެވިއެވެ.

ރާއްޖޭގައި އުފެދުނު ވަރުގަދަ އެއް ސިޔާސީ ލީޑަރު، ދެކުނުގެ ތިން އަތޮޅު ގުޅިގެން އުފެއްދި ސްވަދީވް ދައުލަތުގެ ރައީސް ކަން ކުރެއްވީ އަބްދުﷲ އަފީފެވެ. އެއް ބަޔެއްގެ ނަޒަރުގައި މިއީ ދިވެހި ސަރުކާރާ ދެކޮޅަށް ހިންގުނު ބޮޑު "ބަޣާވާތެއް" އެކެވެ. އެހެން ބައެއްގެ ނަޒަރުގައި އައްޑޫއަށް ނިސްބަތްވާ ދިވެހިން އުފެއްދި އެ ސަރުކާރަކީ ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރެވުނު ލާމަރުކަޒީ ނިޒާމެވެ.

ނޫސްވެރިންނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އައްޑޫ ކޮންވެންޝަން ސެންޓަރާއި އައްޑޫގެ ތަރައްގީގެ ބޮޑު ތަސައްވަރެއް އެމްޑީޕީއިން އަބަދުވެސް ގެންގުޅޭ ކަމަށެވެ. ފުރަތަމަ ކަމަކަށް އައްޑޫގެ މަގުތައް ހެދުމަކީ ވަރަށް ބޮޑު ވިސްނުމަކަށް ހަދައިގެން އޭރުގެ އެމްޑީޕީގެ ސަރުކާރުން އަށް މަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަގު އައްޑޫގައި ހަދައި ކޮންވެންޝަން ސެންޓަރު އިމާރާތް ކުރެވުނު ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ އަމާޒަކަށްވީ ކޮންވެންޝަން ޓޫރިޒަމާ ދިމާލަށް އައްޑޫ ގެންދިއުން ކަމަށާއި އެތަނުގެ ކައިރީގައި އޮންނަ ކުޅީގެ އެއް އައްސޭރި ޕްލޭންކޮށްފައި އޮންނާނީ ކޮންވެންޝަން ހޮޓަލެއް ހެދުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޭރު ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ވާހަކަދައްކަމުން ދިޔައިން އެ ފުރުސަތު އޮތް ކަމަށް. ދެން އެބޭފުޅުން ވެސް ވަރަށް ބޮޑަށް ޝައުގުވެރިވެ ތިއްބެވި މިކަން ކުރުމަށް. ބޮޑެތި އިނގިރޭސި ކުންފުނިތައްވެސް ޖަރުމަނު ކުއްފުނިތައްވެސް މަލްޓިނޭޝަނަލް ކިތަންމެ ކުންފުންޏަކާ އަޅުގަނޑު އަމިއްލިއަށް ވާހަކަދެއްކިން. އެކަންކަން އައްޑޫގަ ކުރުމަށް. ނަމަވެސް އެކަން އަޅުގަނޑުމެންނަކަށް ނުވި. އެތަން ހޮސްޕިޓަލަކަށް ބަދަލުވެގެން ދިޔައީ." ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން "ބަޣާވާތަކުން" ވައްޓާލި ފަހުން ކޮންވެންޝަން ސެންޓަރުގައި ހުރި ވަރަށް ގިނަ ތަކެތި މާލެ ގެނައި ކަމަށާއި އެކަމަކީ އެމަނިކުފާނުގެ ހިތަށް ތަދުވި ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ކުޑައިރުގައި ދުށިން މާލޭގައި ޑެސްކްތަކެއް. އަޅުގަނޑުމެން ގެއަށް ވެސް ގެނައިން. ފަހުން އެނގުނީ މި ޑެސްކަކީ އައްޑޫގައި ތިބި އިނގިރޭސިން ފޭބުމަށްފަހު އައްޑޫގައި ހުރި ހުރިހާ ހަރުމުދަލެއް ނަގައިގެން ރޫޅާލައިގެން މާލެއަށް ގެނައީ. އައްޑޫ ހަލާކުކޮށްލެވުނީ އެތަނުގައި އޮތް އެއާޕޯޓުވެސް ގާތްގަނޑަކަށް އެކީގައި ރޫޅާލެވުނީ. އަޅުގަނޑުމެން ސްކޫލަށް ދާންވެގެން އެތަނުގައި ހުރި ބަސްތައް ވެސް މާލެ ގެނެސް އެއަށް އަރައިގެން ސްކޫލަށް ވެސް ދިޔައިން. މިހެން ހިނގާ އޮތް މާޒީއެއް އޮތީ. މިއީ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ މާޒީއެއް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސުވަދީވް ވިސްނުމަކީ ޕްރޮގްރެސިވް ހިޔާލެކެވެ. އަދި އެ ވިސްނުމާ ދިމާލަށް މިސްރާބު ޖެހުން އެއީ ބޭނުންތެރި ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ލާމަރުކަޒުކުރަމުން ގޮސް ދާން އޮތް އެންމެ ފަހު މަރުހަލާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސުވަދީވް އަށް މިސްރާބް ޖެހިކަމުގައިވިޔަސް ރާއްޖޭގެ ދައުލަތުގެ ސިފަ ކޮށްމެހެން ގެއްލެން ނުޖެހޭ ކަމަށާއި ނަމަވެސް ރީޖަނަލް އެސްޕަރޭޝަނަށް ޖާގަ ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސުވާދީވް ދައުލަތެއްގެ ގޮތުގައި އުފެދުމަށް އެމަނިކުފާނު ބާރުނާޅުއްވާނެ ކަމަށެވެ. އެކަމަކު، ނަޝީދު ވިދާޅުވި ގޮތުގައި ދެކުނުގެ ރައްޔިތުންގެ އުންމީދުތަކެއް ހުރި އިރު، އެ އުންމީދުތައް ގުޅިފައި އޮތީ ވަރަށް ބޮޑަށް އަމިއްލަ ވަންތަކަމާއެވެ.

"އަޅުގަނޑަށް ސުވާދީވް ފެންނަނީ އިންޑިއާ ކަނޑުގެ މެދުގައި އޮތް ސަރަހައްދެއްގެ ގޮތުގައި. އެއީ ދިވެހި ރާއްޖޭގެ ބައެއް ނަމަވެސް ފޯއްޅަވައްސާއި ސީޝެލްސްއާ މޮރިޝަސްއާ މި ރަށްތަކުގެ ތެރެއިން އެންމެ ތަރައްގީ ތަނަކީ އައްޑޫ. އައްޑޫއަށް މިސްރާބު ޖެހޭނެ ދެކުނު އިންޑިއާ ކަނޑުގެ ބޮޑު ރަށަށް ވުމަށް. އޭގެ މާނައެއް ނޫން އައްޑޫ އާއި އަޅުގަނޑުމެންނާ ވަކިވެގަންނާކަން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އައްޑޫގެ ޕޯޓް ތަރައްގީ ކުރުމާއި އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމާއި އައްޑޫގެ އައްސޭރި ޓޫރިޒަމް ގެނައުމާއި އައްޑޫގައި މަސް ބަންދުކުރެވޭނެ ގޮތް ހެދުން ހިމެނޭހެން ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރުމަށް ސިޔާސަތުތަކެއް އޮތް އެބައޮތް ކަމަށެވެ.

އެކަންކަން ތަންފީޒު ނުކުރެވޭތީ އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރާ ވަރަށް ބޮޑަށް ފުށު އަރާ ނުރުހުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ޙައްގުބަސް

    ސުވާދީވް ވިސްނުން ގެންގުޅުން ނުވަތަ ގައުމު ބައިބައިކޮށް ވަކިކުރަން މަސައްކަތްކުރާ ފޯމިއުލާއަކާ ދޭތެރޭ ވިސްނަން ހަމަ ހެޔޮނުވާނެ!! އެއީ ވަރަށް ނުރައްކާތެރި ވިސްނުމެއް!! އެކަމަކު ރައިސް ނަޝީދު ފާހަގަކުރި ފަދައިން އައްޑުއަތޮޅު ގަމުން އިނގިރޭސިން ފޭބީ ބިލިޔަން ޕައުންޑުގެ އަގުރި ފެސިލިޓީތައް ގައުމުގައި ތަރައްގީކޮށްފަ އެތަން އގޮތަށް ދޫކޮށްލާފަ އައްޑޫގެ ރައްޔިތުންނަށް ނުވަތަ ދިވެހި ސަރުކާރަށް!! އާޚިރުގަ ރައިސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދައުރުގެތެރެއިން ދުވަސްކޮޅެއްގަޔާއި މައުމޫގެ ދިގު ޚުދުމުޚުތާރު 30 އަހަރުގެ ވެރިކަމުގެތެރޭ އައްޑޫ ގަން އެއްކޮށް ހަލާކުކޮށް ސުންނާފަތިކުރީ!! އޮޓަމެޓިކް ފިއުލްފާމް އާއި ތެޔޮ ތާނގީތައް ރޫޅާލައިގެން މާލެ ގެނައިީ!! އިންޖީނުގެ އާއި އިންޖީނުތައް ރޫޅާލައިގެން މާލެ ގެނައީ!! ދުއްވާ އުޅަނދުތައް މާލެ ގެނައީ!! ގެތައް ރޫޅާލައި ލަކުޑިތަކާ އެލްމެނިޔަމް ޓިނުތައް ވިއްކާލީ!! މުޅި ގަން އެއްކޮށް ހަލާކުކޮށްލީ މައުމޫނުގެ ވެރިކަމުގައި!! ގައުމުގެ މިފަދަ ބޮޑު އެސެޓެއް ހަލާކުކޮށް ސުންނާފަތި ކޮށްލާ އައްޑޫ ރައްޔިތުންނަށާ މުޅިގައުމަށް އެކަމުގެ ސަބަބުން ވި ގެއްލުމާ ދޭތެރޭ މިފަރާތްތަކާ ދޭތެރޭ ދަޢުވާކުރަންޖެހޭ!! މިކަން ނަގާ މިމައްސަލަ ބަލަންޖެހޭ!!

    49
    10
  2. ރައްދު

    މިހާރުން މިހާރަށް ހައްޔަރުކުރަން ޖެހެއެވެ.

    66
    5
  3. ފާތުން

    ރަށްރަށުގައި ރައްޔަތުންގެ ނަމުގައި ހުރި އިންޖީނުގޭ ތަކުގެ ހަރުމުދަލާއި، ހައިމާކާއި، ޕިކަޕްތަކާ މިފަދަ ތަކެތި 2008 ގައި ވެރިކަމުގައި ހުރި އިރު ރައްޔަތުންގެ ނުރުހުމުގައި ޔުޓީލީޓިސް ކުންފިނި ހަދާ އެތަންތަނަށް ގެންގޮސް އަދި އަދަށްވެސް އެތަކެއްޗަށް ވީނިވީ ނޭގިފައި ތިބި ރައްޔަތުން ދުނިޔޭގައި އަދިވެސް އެބަތިބި. ތިޔަ ބުނާ ކޮންވެންޝަން ސެންޓަރަށް ވުރެ އަފިރިންނަށް މާ ރަނގަޅު މި ހޮސްޕިޓަލް

    67
    4
  4. އޭލިއަނެއް

    ރަަގަޅަށް ވެސް މޮޔަވެއްޖެ.

    69
    3
  5. އަބްދޫ

    ނަސީދަކީ ރާއްޖޭގެ އުފެދުނު ހުރިހާ ބަގާވާތެއްގެތެރޭ މެހިފަހުރި މީހެއް ހެން އެބަ ހީވޭ. މިހާރު މިކިޔަނީ ޔުނައިޓެޑް ސުވައިދިވް އައިލެންޑްސް އަލުން އިއަދަ ކުރާށޭ ތަ؟ކޮންމެވެސް ބަގާވާތެއްގެ ވާހަކަ ނޫނީ ނަސިދަށް ނުކިޔެނެ. ވަރަށް ބަގާވާތް ކުރަން ނަސީދު ބޭނުންވާނެ. 2012 ފެބްރުއަރީ 7 ރައްޖެ އައި ދުސްތޫރީ ބަގާވާރެއް ރަވައިގެން ވެރިކަން ކުރަން ފެއްޓުމުން . ވެރިަމަުން އިސްތިއުފަދިނުމުން ވަހިދުި ވެރިކަމާ ހަވާލުވުމުން 2012 ފެބްރުއަރީ 8 ގަ ނަސީދު ނިކުތީ ވަހީދުގެ ވެރިކަން ވައްޓާލާ ބަގާވާތެއް ހިންގުމުގެ މަގްސަދުގަ ކަމަށް ލަފާވޭ، އެއީ ރާއްޖޭގެ ތަންތަނުގަ ހުޅުޖަހަން ގޮވާ ހުޅުޖަހާ ބަގާވާތެއްގެ އަސަރު ފެބްރުއަރީ 8 ގަ ފެނިގެނ

    55
    2
  6. ރާއްޖެތެރެ

    މީ ރައްޖޭގެ ހަމަޖެހުމައް ހުރި ނުރައްކަލެ މިމީހާއަކީ.

    72
    2
  7. ސުވާދީބު ރާޖާ

    ވެރިކަން ހޯދަން ނުކުމެ އުޅޭ އިރު ވަރަށް ގިނައިން ގުނބޯ ހައްދަން އުޅޭނެ. އަރާ ކޮންމެ ރަށަކީ ރާއްޖޭގެ ވެރި ރަށަށް ވެސް ހަދާނެ. ވެރިކަން ލިބުނީމާ އެކަން ކުރަން ނޭނގޭ މީހަކު އަނެއްކާވެސް ވެރިކަމަށް ފައިނެގީމަ ލަދު ހަޔާތް ނެތް ކަން އެނގިގެންދޭ. އައްނި ގެ ފެންވަރަކީ މަގުމަތީގަ ހަޅޭލަވަނުން ދުވުން.

    53
    1
  8. އަބްދޫ

    ސުވަދިވާ އޮތޮޅަކީ ހުވަދު އަތޮޅަށް ކިޔާ ނަމެއް .ޔުނައިޓެޑް ސުވައިދީވް އައިލެންޑްސް އަކީ ދެކުނުގެ 4 އަތޮޅުގެ ބަގަވާތުގެ ސަރުކާރުގެ ނަން. މިހާރުނ މިނަސީދު މި މަސައްކަތް ކުރަނީ ދެކުނަށް ބަގަވާތެއްގެނައުމުގެ ބޭނުމުގަ ބާ؟ރާއްޖޭގަގެނެވުނު ހުރިހާ ބަގާވާތެއްގަ ވެސް މީނަ ހޭކިފަ ހުރިކަމަށް ތުހުމަތު ކުރެވެން ފަށައިފި. ނަސީދުގެ ވެރިކަން 2012 ފެބްރުއަރީ 7 ގަ ވެއްޓުނީވެސް ދުސްތޫރީބަގާވާތެއް ގެނެސްގެް އުލެނިކޮށް ކަމަށް ނަސީދު އަތު ލިއުންބެލުމުން ދޭހަވޭ.އިސްތިއުފައަސްފަހު ވަހީދު ވެރިކަމާ ހަވާލުވުމުން 8 ފެބްރުއަރީ 2012 ގަ ނަސީދު ނިކުތީ ވެސް ބަގާވާތެއްކުރުމަށް ކަމަށް މިހާރު ހީވާންފަށައިފި.އެދުވަހު ރާއްޖެގެ ކަންކޮޅުތަކުގާ ރޯ ކުރުމަކީ ވެސް ބަގާވާތުގެ ސިފައެއް ކަން މިހާރު އެބަހީވޭ.މިނަސިދު ގެ އަޑިނެގޭ ނުބައި ވިސްނުމަށް ރައްޔިތުން ހޭލުންތެރި ވުމަށް ގޮވާލަން.

    36
  9. ހާމިދު ޝާހިދު

    މިއީ ބޮލު ރޮދި ކެނޑިފައިވާ މީހެއް! މިފަހަރު ފޭލި ވެއްޖެއްޔާ އޭނާ ސީޔާސީ އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތަށް ގާނޫނެއް ފަހަންޖެހޭ!

    43
    1
  10. މަޗާ

    މިގައުމަށް ސަލަމަތެް ނެތއް.އަބަދުވެސް ގަުމު ބަޔަކަށް ދިނުމުގެ ވިސްނުން މިހުރީ.ތިމާމެން ގަުަމުތަކުން ލާބަ ހޯދަިގެން ކަންކަންކުރުމުގެ ވިސްނުމެއްނެތް.މިއީ ދެރަކަމެއް.ގައުމުގެ ކުރީސަފު ބަދަލު ކޮށްއާޖީލެއް ނެރެން ޖެހޭ.

    33
  11. ނައޫ

    ދިވެހި ދައުލަތް ވަކިވަކިކޮއް ބައިބައިކޮއްލުމުގެ ވިސްނުންގެންގުޅޭ މީހަކަށް ވެރިކަން ދެވިދާނެތޯ.؟

    42
  12. ނައޫ

    ދިވެހި ދައުލަތް ވަކިވަކިކޮއް ބައިބައިކޮއްލުމުގެ ވިސްނުންގެންގުޅޭ މީހަކަށް ވެރިކަން ދެވިދާނެތޯ.؟...

    31
  13. ސަންތި

    ސިޔާސީ ލީޑަރުންނޭ ކިޔާފައި ތިޔަ ޒާތުގެ ވާހަކަ ދެއްކީމާ ގައުމުގެ ދާޚިލީ ހަމަޖެހުމަށް ނުރައްކާ ކުރިމަތިވާނެ! މިއީ، އެއްބަހަކުން ވާހަކަދައްކާ، އެއް ދީނެއްގެ މަތީގައި އެއް ނަސްލަކަށް ނިސްބަތްވާ ހަމައެކަނި ގައުމު! ހެޔޮނުވާނެ، މިނިވަންކަމާއި ޑިމޮކްރަސީގެ ނަމުގައި ތިޔަ ޒާތުގެ ފިތުނަފަސާދަ ނުއު ފައްދާ!

    38
    • ހުސޭނުގެ ފުތް

      މީނަ ކޮންމެ އެއްޗެއް ކިޔަސް، އަލްމްގިރިކުޅިއަށް ހިތްވަރުދިނަސް، ދީނަށާއި، ކީރިތި ރަސޫލާއަށް ހަޖޫޖެހިޔަސް އަތްޖަހާނެ ބަޔަކު ތިބޭނެ.. އެހެންވެތާ އެކަހަލަ ކަންކަން އެ ކުރަނީ..

  14. 💯

    ކަލޭމެން ކާބަފައިން ފެށިގެން މިރާއްޖޭގަ އޮތީ ބަގާވަތްކުރުމާ ބާބާވުމާ ހަމަނުޖެހުން ހިންގުން އަދި ނަސީދުމެން އުމުރުގެ ބާކީބާ މިރާއްޖޭއަށް ހެވެއްނޭދޭކަން މިއެގެނީ !!! ނަޝީދަކީ އިންޑިޔާ ޕަކެޓެއް

    26
    1
  15. އަމިއްލައަނގައިންހަލާކުވުން

    ސުވާދީވް ވިސްނުމަށް ރަގަޅަށް މިސްރާބު ޖަހާބަލަ ހަމަ އަނގަވަތަށް ވައްޓާލާނީ

    22
  16. އެޑިޓް

    ކިހާބޮޑު ބަލާއެއް.. ރޯމާ ދުވާލު ލެއްވި ހުރިހާ އައުގުރާނަ އެއް ނުގޮވަބަލަ..

    22
  17. އައްޑޫ123

    ޤައުމު ފަސާދަކުރަން އެމްޑީޕީ ތެރޭގަ ހުރުން ރަނގަޅެއް ނުވާނެ. އިންޑިޔާ އައުޓް. ނަޝީދައް ވޯޓެއް ނުދޭނަން

    24
  18. ޝޮކްތެރަޕީ

    އިންޑިޔާއާ އެކީ ވަރައް ބޮޑެތި ރޭވުންތަ ރާވާފަ އޮތީ. ދިވެހިން މިކަމާ ދޭތެރޭ ނުވިސްނާފިއްޔާ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ދިވެހި ރާއްޖެއަ ވެދާނެ.

    24
    1
    • ޢަލީ

      ރާއްޖޭގެ ސިފައިން އުވާލާފަ އިންޑިޔާއަށް ރާއްޖޭގެ އަސްކަރީ ހިމާޔަތް ކޮންޓުރެކްޓުކުރުމުގެ ވިސްނުންގެންގުޅޭކަމުގެ އަަަސަރުތަ ބަޔެއް މީހުންގެ ވާހަކަތަކުން އެބަ އިވޭ.

  19. ފަލަސްތީން

    ބައިބައި ނުވުމަ ބާރުއަޅާފަ ވަނީ. ބައިބައި ވުމަކީ ނިކަމެތިވުން

    10
  20. އެމެރިކާ

    މިމީސް މީހުންނަކީ ވަރައް މޮޅައް ތަރުބީއަތު ދީފަ ރައްޖެއަ ފޮނުވާފަ ހުރި އެޖެންޓުންތަކެއް. ފީކަޅާ ބައިގަޑެއް އެމްޑީޕީ ހިސޯރުކޮއްގެން އަބަދަކު ނޫޅެވޭނެ

  21. ކޮސްބޭ

    ތިކަހަލަ ކޮސްގޮވާ މީހަކައް ވޯޓްދޭނީވެސް މޮޔައެއް

    12
  22. މޗވ

    ނަޝީދަށް މަގޭވޯޓް ހަރާމުން ހަރާން ކުކުޅަކައްވޯޓުދިނަސް ނަޝީދަށް ވޯޓެއްނުދޭނަން

    11
  23. ހައްގުބަސް

    މީނާޔަ މަޝެއް ވޯޓެއް ނުދޭނަން

    13
  24. ބޯކިބާ

    އަހަރެމެނަށް މިހުރިހާ ނުހޮރޮއްޕާނެއް ޖެހިގެން މިއުޅެނީ އުތީމު ބަޔަކު ޕޯޗުގީޒުން މަރައިގެން އެނބުރި ގޭހަކާހެދި.

    5
    3
  25. ހުސޭނުބޭ

    ބުއްޅަބޭގެ ލޭގައި ބަޣާވާތްކުރުމާއި ވަކިވަކިކޮށް ފަސާކުރުމުގެ ޖަރާސީމު ހިނގަހިގާ ހުރޭ. އޭގެ ހެކި ތި ފެންނަނީ

    12
  26. ޙަލީމް ބާއީ

    ޕްރައިމަރީގައި މީނަ ބަލިވެ ކޮންމެ މީހަކު ވެރިކަމަށް ހޮވުނަސް އައްޑޫ މީހުންގެ ބޮލަށްއެރި ދިވެހި ސަރުކާރާއި ދެކުނުގެ އަތޮޅުތައް ވަކިކޮއްގެންވިޔަސް ވެރިކަމެއްމީނަބޭނުންވަނީ. ޢެހެންވެ އެބުނަނީ ބަލިވެއްޖެއްޔާ އެކަނި ގޭގަޔޭ އޮންނާނީ.

  27. ކިޔާކަރޭންގާ

    އެކަން އެނގޭނުން އެއަރޕޯޓްތަކާ ފަޅުރައްތަކާ ބިންތައްވެސް ބޭރުމީހުންނައް ހިބައިންދިނީ

  28. ހަގީގަތަކީ

    ބަލަމިމީހާ އަކީ 13ވ އަހަރު ޖަލުހުކުމެއްގައި ފިލައިގެން ދިޔަމީހެއް މީނާދޫކޮއްލީކާކުތޯ މިކަންތައް ބެލިއްޔާ މާރަނގަޅުވާނެ މީނާކޮއްފައިހުރިކަންކަމައް އަދި ހުކުމެް ނެތަކަސް ސަހަރޯ

  29. އިސްތިއުފާ

    ހައުސިންގް މިނިސްޓަރު އަސްލަމް އިސްތިއުފާ ހައުސިންގް މިނިސްޓަރު އަސްލަމް އިސްތިއުފާ ހައުސިންގް މިނިސްޓަރު އަސްލަމް އިސްތިއުފާ ހައުސިންގް މިނިސްޓަރު އަސްލަމް އިސްތިއުފާ ހައުސިންގް މިނިސްޓަރު އަސްލަމް އިސްތިއުފާ

  30. ޢެމެރިކާ

    އަދާލަތު ޕާޓީވެސް ރިސްވަތު ހިފަނީ ދެރަ

  31. ސަރީ

    އަޅެ ދެން ކީއްވެބާ މިމީހުން އަމިއްލަ އުފަން ބިން ހަލާކުކޮއްލާ މިނިވަންކަން ނަގާލާ އެއްލާލުމުގެ ވިސްނުން ހުންނާނީ. މިއީ އަޖައިބެ ފަަދަ ކަމެއް. އެހެންގައުމުތަކުގެ ވެރިން އެފެންނަނީ އެމީހުންގެ ވަތަން ދިފާއުކޮއް ސަގާފަތާއި މިނިވަންކަމަށް އަދި ދީނަށް އެމީހުންގެ ފުރާނަތަށް ގުރުބާން ކުރާ ހިސާބުގައި. ބަޔެއް ފަހަރު ހީވޭ ރާއްޖެއަށް ލިބިގެން މިއުޅެނީ ކޮންމެވެސް އިމްޕޮސްޓާރއިންތަކެއް ދިވެހިންނަށް ހެދިގަނެގެން އުޅޭ. މިކަން ރައްޔިތުން އެބަޖެހޭ ނިމުމަކަށް ގެނެސް ތާއަބަދަށް މިކަން ގައުމުން ނައްތާލަން. މިނިވަންކަމާއި ސުލްހަ ނެތިކޮއްލަން އުޅޭބަޔަކު ތިބެނަދޭނެކަމެއްނެތް މިފަސްގަނޑުމަތީ.

  32. ޢަލީ

    ތިއަށްވުރެ އަދިމާ ބޭނުންތެރިކަމެއް އެބައޮތް.. އެއީ ގައުމު ބައިބައި ކުރަން ފިތުނަވެރިވާހަކަ ދައްކާމީހުން ހިފާ ހައްޔަރުކޮއް އަލިފާނުން އަދަގޮނޑި ޖެހުންމުގެ މަސައްކަތް ރައްޔިތުން ނިކުމެ ކުރުން.

  33. ކޮއްޔާ

    ތަނެއް ލޫޓްވިއްޔާ ކޮންމެ ޒާމާނެއްގަވެސް އޭގެން ބްއެއް ކިގެއަށްވަދޭތާ // ގިރިއެއް ފަޅެއް ވިޔަސް //

  34. ޓީމު

    ސުވަދީވް ކީމަ ބަގާވާތަކަށް ނުވޭ ދޯ. އެހެންވެ ތިނަދޫ މީހުންކ ކެކި އަރަނީ ސުވަދީވު ބަގާވާތް ގެންނަން

  35. މަބޭ

    އައްޑޫގަ ކޮންވެންސަން ސެންޓަރާ މަގުހެދިވާހަކަ ނުދެއްކިއްޔާ ރަންގަޅުވާނީ ކޮންޓްރެކްޓް އުސޫލުން ކުންފުނިތަކާ ހަވާލުކޮއްފަހުރި މަސައްކަތުގެ 50ޕަސަންޓް ސިފައިންނާއި ފުލުހުންލައްވާކުރުވާފަ ރައްޓެހިންނައް ފައިސާބަހާލީ

  36. ހިޔަޅު

    މަކަރުވެރި މި ހިޔަޅު ކަލޭގެ މިހާރުން މިހާރަށް ހައްޔަރުކޮށްފައި ބަހައްޓަން އެބަޖެހޭ. ގައުމެއްގެ އިސްތިޤްލާލު ދުއްވާލަން މިކަލޭގެ މަސައްކަތް މިކުރަނީ. މި ކަލޭގެ މިކުރާ ދުއްޕާނުން މިގައުމު ސަލާމަތްކުރަންވެއްޖެ

  37. ފާއިޒް

    މީ ހާދާ ދޮގުހަދާ މީހެކޭ ދޯ ކުރީގެ ނޫސްވެރިންގެ ބައްދަލު ވުމެއްގަ ބުނީ އެތަން ހިމާޔަތް ކޮށް ކޮންވެންޝަބް ސެންޓަރ އެއީ ސަރުކާރުގެ މުހިންމު އިމާރާތެއްފެ ގޮތުގަ ބަހައްޓާ ވާހަކަ.

  38. ހުސޭނުގެ ފުތް

    މީނަ ކޮންމެ އެއްޗެއް ކިޔަސް، އަލްމްގިރިކުޅިއަށް ހިތްވަރުދިނަސް، ދީނަށާއި، ކީރިތި ރަސޫލާއަށް ހަޖޫޖެހިޔަސް އަތްޖަހާނެ ބަޔަކު ތިބޭނެ.. އެހެންވެތާ އެކަހަލަ ކަންކަން އެ ކުރަނީ..

  39. ކިހާދޫސޭޓް

    13އަހަރުގެޖަލުހުކުން ތަންފީޒުކުރަން ޔާމީނާއިދެމީހުންއެއްގޮޅިއަކަށްލާ ރައީސް މިކަމަށް ވިސްނާނެކަމަށްފެނޭ މިއީފަޅިފަޅިކުރަންބޯކިބަލެއްތަ؟