ހދ. ނޮޅިވަރަމް ސްކޫލް މަލްޓި ޕާޕަސް ހޯލެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ މަސައްކަތް ހަވާލު ކުރީ ނޯތު ކޯސްޓް ކޮންޓްރެކްޓާސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމްއެވެ. ނޯތް ކޯސްޓް ކޮންޓްރެކްޓާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަލީ އިޔާންއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވީ މި މަޝްރޫއު އަކީ 2022 ޕީއެސްއައިޕީ ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށެވެ.

ނޮޅިވަރަމް ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުމަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ.

މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ނޯތް ކޯސްޓް ކޮންޓްރެކްޓާސްގެ ފަރާތުން ވަނީ ދީފައެވެ.

ވޭތުވެދިޔަ އަހަރު ތެރޭގައި އެކި ރަށްރަށުގެ ސްކޫލުތަކުގައި މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.

އެގޮތުން ނިމިދިޔަ ޑިސެމްބަރ މަހުވެސް ހދ. ފިނޭ ސްކޫލް އަދި ށ. އަތޮޅު މަދަރުސާގައި ހޯލްއެއް އެޅުމަށް ހަވާލު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލިމުތް

    ރަނުން އަޅާ ތަނެއްތަ 15 މިލިއަން ރުފިޔާ ޙަރަދުވާން؟

    • ހުސޭނުބޭ

      ސަރުކާރަށް ބަލަދުއަރާ މީހެއްގެ ކުންފުންޏަކަށް ދީފައި އޮތް ލާރިގަނޑެއް އެއީ

  2. ހުސައިން

    މިހާރު ވެސް މި ކުންފުންޏާއި ޙަވާލު ކޮށްފައި ހުރި ޕްރޮޖެކްޓް ތައް ނުފެށިގެން އުޅޭ އިރު އަނެއްކާ އަނެއް ޕްރޮޖެކްޓް މިޙަވާލު ކުރީ.

    • މުހައްމަދު

      ޢައްޑެ ޕްރޮމޯޝަންއަށްވެސް ވީގޮތް ހަމަ