ކުރީ ސަރުކާރުގައި ޖަލުގައި ހުންނެވި އިރު ކަންތައްތައް ކޮށްފައި ވަނީ ވަރަށް އިހާނެތިކޮށް ކަމަށާއި ނަމަވެސް މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ މެދު އެފަދައިން އަމަލުނުކުރާކަން ހާމަވެގެން ހިނގައްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެފަދައިން ވިދާޅުވީ ރައީސް ޔާމީންގެ ޕާޓީގެ އިސް ބޭފުޅުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ޖަލަށް ކުރެއްވި ޒިޔާރަތަށް ފަހު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ފިސާރި ގަދަކޮަށް ކަމަށާއި އަދި އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެ ކަމަށެވެ. އަދި އަޅުވެތިކަމަށް ބޯ ނުލައްބަވާ މައުސޫމްކަން ސާބިތުކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އެ ޓުވީޓަށް ރައްދު ދެއްވައި އިމްރާން ވިދާޅުވީ އޭގެން އެނގެނީ އޭނާ ޖަލުގައި ހުންނެވި އިރު ކިތަންމެ އިހާނެތިކޮށް ކަންކުރި ނަމަވެސް މިހާރު ޒާތީވެ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭކަން ހާމަވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަކީ ވަރަށް އިހުސާންތެރި ބޭފުޅެއް ކަމަށް އިމްރާން ސިފަ ކުރެއްވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިތްތިރި ކަމާއި އޯގާތެރިކަން" އިމްރާން ވިދާޅުވިއެވެ.

ނިމިގެން ދިޔަ ސަރުކާރުގައި އިމްރާން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުންނެވުމަށް ފަހު މިނިވަންވެ ވަޑައިގަތީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުންނެވެ.

އިމްރާން ޖަލުގައި ހުންނެވީ އެންމެ ފަތީ ފެންވަރުގެ އެޕާޓްމަންޓެއްގައެވެ. އަދި ރައީސް ޔާމީން ވެސް ޖަލުގައި ހުންނަވަނީ އެފަދަ އެޕާޓްމަަންޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަހާރޯ

    ރައީސް ޔާމީންނަން ހަރާން ހުކުމުގެ ސަބަބުން އާއިލާއާއީ ވަކިން ހުރަގޭގަ އޮތުން ދިވެހިންގެ މްެޖޯރަޑީ މިޔަދު ހިތާމަކުރަމުން އެދަނީ ޤައުމުގެ ތަރައްގީގެ ބާނީ ވީމަ މުޅިރަތްއިތުނަދެވޭއަނިޔާ މިހާރުވެސް ވޯޓެ ނެގިޔަސް މިހަގީގަތެވެ ކޮންމެހެން މަތިއަޅާނެކަމެއްނެތް މިހާރު ހުރިހާކަމެއެގިޖެ ދެންހެޔޮ ފުސްނުޕުރުވިޔަސް

    12
    1
  2. Anonymous

    ރ. ޔާމީނު ބަހައްޓާފައިހުރީ ރަންގަނޑުވަރެއްފަދަ ޖަލެއްގައިވިޔަށް އެމަނިކުފާނަށް ހައްގުނޫން ޙަރާމް ހުކުމެއް ކޮށްފައި ޖަލަށްލާފައިހުރުމަށްވުރެބޮޑު އިހާނެތި އަނިއާއެއް އިންސާނަކަށް ދެވޭނެތަ؟؟ ކަލޭމެން މިސަރުކާރުގެ ރޯނުއެދުރު ވެރިން ތިގޮތަށް މަލާމާތަކުރެވޭނެ ބޭފުޅެއްނޫން ރ.ޔާމީނަކީ، އެއީ މިގައުމުގެ 80ޕަސެންޓް ރައްޔިތުންގެ ހިތްތަކުގެ ރައީސު ތަރައްގީގެ ބާނީ، އެމަނިކުފާނަށްކުރި ޚިޔާނާތުގެ ދައުވާ އެއްމެބޮޑަށް ހައްގުވާ މައިވަގުން ވަގުއަދީބުއާއި ވަގުޒިޔަތު ފިނި ގަނޑުވަރުތަކުގައި ބައިތިއްބާފަ އެމީހުންގެ ހެކިހޯދައިގެން ބޭއިންސާފުން އެމަނިކުފާނަށް ހުކުމްކޮށްފައިވަނީ އަދި މިސަރުކާރުގެ ރައީސާއިއެކު އތުރު އެތައއމީހުން ބަެިވެރިވާ ކިޔާނާތެއްގައި މިސަރުކާރުގެ ޒީރޯތޮލެރެންސް އަދުލުއިންސާފު ގާއިމުކުރަމުންދަނީ އެމަނިކުފާނަށް އެކަނި، ވަރަށް އަނިޔާ ނުދެއެއްނޫން؟؟

  3. ކޮވިޑް

    ކަލޭ ކުއްވެރިންނާ ގުޅިގެން ޖަލަށް ފޯނުވެއްދިކަން ވެސް ދިވެހި ރައްޔަތުންނަށް ގެނަގޭ. ކަލޭ ބޮޑާހާކާފަ އައިސް ގޭގަ ހުރެގެން ބަޣާވާތް ކުރިކަން ވެސް ދިވެހިން ދަނޭ. އަނގަހުޅުވަން ލަދެއް ހަޔާތެއް ނެތޭ ދޯ؟

    12
  4. Anonymous

    ރައީސް ޔާމީނަށް ޖަލުގައި އިހާނެތިކޮށް ނުހިތާކަން ހޯމްމިނިސްޓަރ ފަހަރި އިމްރާނަށް އެނގިއްޖެޔޯ🤤މިގޮތަށް އޭނައަށް އެނގުނީ އޭނަ ގެންގުޅޭ ޖާދޫގެ ކަރުދާސްތަކުގެ ޒަރީއާއިންނޯ!! ޢެކަރުދާސްތަކަކީ ހަމައެކަނި އޭނަލޮލަށް މަންޒަރު ފެންނަ އެހެންމީހުންނަށް އެއްވެސްއެއްޗެއް ނުފެންނަ ބްލޭންކް ކަރުދާސްތަކެއް!!
    ވީމާ ދެން ތިޔަ އިމުރާނުވެސް އަވަހަށް އެމަނިކުފާނާއި ބައްދަލުކޮށްފަ ކުކުޅުރިހަ ކާންލިބޭތޯވެސްއަހާފަ އަންގާ އަވަހަށް ގައުމުން ބޭރަށްފުރާށޭ. ޢެއިރުން އޮންނާނީ ރަސްމީ އިއްޒަތް ދެވިފަ.

  5. އުގުރި

    އިމްރާނޫ ކަލޭ ގިނައިން އުޅުނީ ގޭގައި... އޭގެ ހެކި ހަމައެކަނި ލިބިފަ ހުރި ފިރިހެން ދަރިވެސް ތިއީ ހަމަ ގޭގައި ހުރެގެން..

    13
  6. ނަޓުވަރު

    ާކަލެއަށްވެސް ރަންގަޑުވަރުގެ ހިދުމަތް ލިބޭދުވަސް ކައިރިވެއްޖެ ސޯލިހާ ދެބޭން .