ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ގދ.ތިނަދުއަށް ވަޑައިގަތުމާއި ދިމާކޮށް އެރަށުގައި މުޒާހަރާ ކުރި ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ރައީސް ސޯލިހްގެ ދަތުރާއި ދިމާކޮށް ޕީޕީއެމްގެ ގިނަ ބަޔަކު ވަނީ ތިނަދޫ ބަނދަރު ކައިރިއަށް ޖަމާވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ތިނަދުއަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި މުޒާހަރާ ކޮށްފައެވެ.

ނަމަވެސް މުޒާހަރާ ކުރި މީހުން ތިބީ ފުލުހުންގެ ސަފުތައް ފަހަތުގައި، ރައީސް ސޯލިހާއި ހަމައަށް އަޑުވެސް ނުފޯރާ ހިސާބު ދުރުގައެވެ.

ތިނަދޫގެ ގިނަ ބަޔަކު ރައީސް ސޯލިހަށް މަރުހަބާ ދަންނަވަން ވެސް ބަނދަރު ކައިރިއަށް ޖަމާވިއެވެ.

ރައީސް ސޯލިހް އިއްޔެ ފުވައްމުލަކަށް ވަޑައިގަތުމުން އެރަށުގައި ވެސް ގިނަ ބަޔަކު މުޒާހަރާ ކުރިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގައެވެ.

ރައީސް ސޯލިހް ރިޔާސީ ޕްރައިމަރީއަށް ރަށްރަށަށް ވަޑައިގަންނަވާއިރު ވަރަށް ގިނަ ރަށްރަށުގައި ދަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ދޫކޮއްލާ. ދޫކޮއްލާ. ހައްގުން އެއްކިބާނުކުރޭ.

    34
  2. ބޮޑުބެ

    ޗަކޯމެން ތިހެން ކިޔަކަސް ދުލެއްނުކުރެވޭނެ ކުއްވެރިއަކަށް ވިއްޔާ އަދަބު ލިބެންޖެހޭނެ ،،،،،،،،،،

    5
    41
    • ކަސޯޓީ

      35 މިލިއަން ގެންދިޔަ މީހާއަށް ވެސް ހަމަ މިއަދަބު ދޭން ޖެހޭނެ. ވެންޓިލޭޓަރ ކޮރަޕްޝަނާއި، ކޮވިޑަށް ލިބުނު ލާރިގަޏޑާއި އެފްކޯންސާއި ގުޅިގެން ކައްވާ ލާރިވެސް އަނބުރާ ދައްކަންޖެހޭނެ. ވަގަކީ ކާކުކަން މިހާރު ދިވެހިންނަށް ވަރަށް ސާފުވެއްޖެ. އަދީބު ގޭގައި ބާއްވައިގެން އުޅެނީ ފަޅާ އަރާފާނެތީ.

      14
  3. ޟަރޭ

    ވަގު މަހުލޫފު ރޭގަ ބުނީ ހައްޔަރެއް ނުކުރާނެޔޯ ސޯލިހަކީ އަލިފެކޯ ނުކިޔަވާ ހުއްޓަކަސް

    38
  4. ޓިނޭ

    ޤައުމުގެ ތިޖޫރިފަޅާލާ މީހުންވެސްވީ ދޫކުރަންތޯ؟ދެން ކާކުވައްކަންކުރީމަތޯ ހުކުމްކޮށް ޖަލަށްލާންވީ؟؟؟

    1
    10
  5. މުހައްމަދު

    ވައްކަން ކުރީމަ ޖަލަށް ލާނެދޯ އެކަމަކާ އިބޫއާއި ހުރީ ކޮން ގުލހުމެއް

    2
    12
    • ހަސަން

      މިހާރު މާގިނަ ވައްކަން. މުޅި ދައުލަތް ދަވާލައިފި. ޗޯރު

      13
    • ޢެމް

      ވައްކަން ކުރި އަސްލު ވަގުންނަކީ ވައްކަންކުރި މީހުން ފަޅައިއަރުވާފާނެތީ ވައްކަންކުރި ކަމަށް އަމިއްލަޔަށް އިއުތިރާފުވެ ސާބިތުވީ ދެމީހުން އެއްވެސް އަދަބެއް ނުދީ އިއްޒަތުގައި ބަހައްޓައިގެން އުޅެމީހުން!
      ޔާމީނަކީ ވަގެއް ނޫން ވަގުންނަށް އިއްޒަތްދީ ވަގުން ލައްވާ ދޮގުހެކި ހޯދައި ދޮގުބަޔާންތައް ނެރެގެން ޔާމީނު ވަގެއްކަމަށް ހަދައިގެން އުޅެނީ ވެރިކަމަށް ދަހިވެތިވެގެން !

  6. ނަމަ

    ރަގަޅައް ދިމަކުރާތީ ފައްކާވާ މަންޒަރު ތިފެންނަނީ އަދި ކިރިޔާ

    11
  7. ވަހުތާން

    މިނިވަންކަންއޮތްވަރު ފަޒްނާއަށްފެނޭބާ؟

    14
  8. އއ

    ތަހުޒީބު މީހެއްނަމަ ތިމާއައް ގިނަބަޔަކު ތުހުމަތު ކުރާ 37 މިލިއަން ރުފިޔާގެ މައްސަލަ ބަލާ ނުމުމުން ނޫނީ ތިވަޒީފާއާ ކުރިމަތިވެސް ނުލާނެ. !!!!ސާލިހު އާ އޭނާގެ އައުވާނުންނާ ގާސިމްއާ މައުމޫންއާ މީ މިގައުމައް ވަރައް ޢައްދާރު ލަދުކުޑަ ބައެއް.

    14
    1
  9. އިސްޢާފް ސަލީމް

    ވައްކަމާ އަނިޔާ އާ ދެކޮޅަށް އަޑުއުފުލާިމާ ބަންދު! ޚިޔާލުފައުޅުކުރުމަށް ތަންމިނަށް ހުޅުވައިލެވިއްޖެ! ހެހެހެ

    10