ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް މިހާރު ކުރިއަށް ގެންދާ ވޯޓުގައި ފޮއްޓަކަށް ވަގު ވޯޓެއް އެޅިކަން ފަޅާ އަރައިފިއެވެ.

ވަގު ވޯޓެއް އަޅާފައިވަނީ ގއ. ވިލިނގިލި ރައްޔިތުން ވޯޓު ލުމަށް މާލޭގައި ބަހައްޓާފައިވާ ފޮއްޓަށެވެ.

އެކަން ފަޅާއަރާފައިވަނީ އިންތިހާބުގައި ވާދަ ކުރާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ނަޝީދުގެ ކެމްޕޭނު ޓީމު ގޮސް ވޯޓު ފޮށި ވަށާލައި އެތަނުގައި ތިބި އޮފިޝަލުންނާއި ސުވާލު ކުރުމުންނެވެ.

އެގޮތުން އީވާ ވަނީ އެފޮއްޓަށް ނަން ނެތް މީހަކު ވޯޓު އަޅާފަވޭތޯ އޮފިޝަލާއި ސުވާލު ކޮށްފައެވެ. ސުވާލުގެ ޖަވާބުގައި އޮފިޝަލް ބުނެފައިވަނީ ލާފައިވާ ކަމަށެވެ.

އޮފިޝަލްގެ އެޖަވާބާއި އެކީ އީވާ ބުނެފައިވަނީ އެކަން ރަނގަޅު ކުރުމަށްފަހު ނޫނީ ދެން އެންމެ ވޯޓެއް ވެސް އެ ވޯޓު ފޮއްޓަށް ނޭޅޭނެ ކަމަށެވެ.

ގއ. ވިލިނގިލީ އެމްޑީޕީ މީހުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ވޯޓު ފޮއްޓަށް ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލީ ކަމަށް ބުނެ އެސަރަހައްދުގައި ތިބި ގިނަ ބަޔަކު ވަނީ އެކަން ފާހަގަކޮށްފައެވެ. އަދި އެކަމާއި ގުޅިގެން އެސަރަހައްދުގައި ވަނީ ހަމަނުޖެހުން ވެސް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މެން

    ވަގުން އަޅާނީވެސް ވަގު ވޯޓް

    34
    2
    • ޒީކް

      މުލު ވަގު އޮތީ ޖަލުގަ.. އަމިއްލައަށް އިއުތިރާފުވެފަ އޮތީ ގެއަށް ހަލާލު ނޫން ފައިސާ ވަތްކަމަށް.. ވަގުންނަށް ހީވާނި ދެންވެސް ތިބީ ވަގުންނޭ..

      5
      12
      • Anonymous

        ހަލާލު ނޫން ފައިސާ ކަލޭމެން ތިކަނީވެސް. ކަލޭ ތިހުރީ ހައްޤު ވަޒީފާއެއްގައެއްނޫން. އެއިން ލިބޭ ހުރިހާ ފައިސާއަކީ ހަރާމް ފައިސާ. އެފައިސާ ގެއަށް ވައްދާނީވެސް. ދެން ކަލޭ ތީ މުލު ވަގޭތަ އަހަރެމެން ގޮވަންވީ؟

        1
        1
      • Anonymous

        ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް. ދުވަހަކު ވައްކަމެއް ނުކުރޭ. ނުވެސް ކުރާނެ. އެއީ ﷲ އަށް ބިރުވެތިވާ ހެޔޮލަފާ ރަނގަޅު ބޭފުޅެއް. އިންޝާ ﷲ 2023 ގައި އެމަނިކުފާނު ވާދަ ކުރައްވާނެ. އަދި ކާމިޔާބު ކުރާނެ. ކަލޭމެން ޖެހޭނީ ވަގަށް ގޮވަގޮވާ ތިބެން. އެކަމުން އެމަނިކުފާނަށް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ. ގިނަ މީހުން ވަގަށް ގޮވި ވަރަކަށް ﷲ ގެ ހަޒްރަތުން ލިބޭ ސަވާބު އިތުރުވާނެ.

        4
        3
  2. ޙަނދުކޭތަ

    އިބުރާހިމައް ރައްޔިތުން ޗޯރު އިބުރޭ ކިޔާފަ މިއޮތީ ކަމެއްވެގެން ވައްކަން ނުކުރާ މަކަރުނުހަދާ އެންމެ ދާއިރާއެއްވެސް ނެތް ދެން ވިސްނާލަބަލަ ރިޔާސީ އިންތިހާބުގަ ވައްކަން ކޮއްލާނެވަރު މިކަލޭގެ ހިލިހިލާޖަހާފަ ބަމދެފަ ބާއްވަންޖެހޭ ޗޯރެއްތީ

    33
    8
  3. އަޒީޒު

    ޑްރާމާ ކިންގޔ އަންނިގެ ޑުރާމާއެއް.. ނަން ނެތް މީހަކު ލައްވާ ވޯޓެއް އަޅުވާފަ ފޮށިކަައިރިއަށް ގޮސްސަ ޑްރާމާއެއް ކުޅެލީ.. އެކަހަލަ ކިތަންމެ އެއްޗެއް ރާވާފަ ހުރީ..

    19
    13
    • އެމްޑީޕީ

      މީ އެމް ޑީ ޕީ ގޮތް އަބަދުވެސް

      4
      3
    • އަޅާނުކިޔޭނެ

      ރިޔާސީ އިންތިހާބަކީ މިނިވަން ވަކި ޝަޣްޝަކުން ކުރިޔަށް ގެންދާ ބައިނަލްއަޤުވާމީ އޮބްޒާވަރުންނާ ޕާޓީތަކާ ކެނޑިޓޭޓުންގެ މަންދޫބުންގެ ހާޒިރުގަަ ކުރިިޔަށްދާ މުޅިން އެހެން ލެވަލެއްގެ ކަމެއް.. އެޔާ މިިޔާ އަޅާކިޔާނި މޮޔައިން

      1
      1
  4. Anonymous

    ޕޕމ މީހުން ހަމަ ފަނިކުރަނީ... ހަޖަމް ޕްލީޒް

    1
    5
  5. އހ

    އެތެރޭގެ އިންތިހާބުގައި ހަދާ ވަގު ތިފެންނަނީ. ރިޔާސީ އިންތިހާބުގައި ގުޅިގެން ކިހާ ވަރަކަށް އޮޅުވާލާނެ؟

    10
    2
  6. ގޯޕީ ބަހޫ

    އަހަރެމެންނަށްވުރެ މޮޅު މިމީހުން ޑްރާމާކުޅެން...

    • ރުޅި ނާންނާތި

      ކަލެއަށްވުރެ މޮޅުވާނެ އަހަރުން ގެންގުޅޭ ބުޅާ ގަނޑުވެސް ޑްރާމާ ކުޅެން. ކަލޭތީ ކާކު؟ "އަހަރެމެންނަށްވުރެ މޮޅު މިމީހުން ޑްރާމާކުޅެން..." މާ ޑްރާމާއަށް މޮޅު މީހަކަށް ވެގެން އެއްޗެއް ބުނެލައިފި އެއްނު، މޮޅުތަކެއް ވާނެކަމަށް!!

  7. މުހައްމަދު

    މޮޅުނުވާނެތީ ކޮންމެވެސް އެއްޗެކޭ ކިރައިގެން ފިރިހެން ފާތުމާމެން ތެޅެނީ

  8. ރެހެންދި

    ވަގުންނަކީ ކޮންބައެއްކަން އެނގޭނީ ބިތުފަންގި ނެގީމަ، ވޯޓަށް ވަޒީފާ ބަހާ ސަރުކާރު. އަތުގަ ތަޢުލީމީ ސެޓްފިކެޓް ނެތި ވަޒީފާ ދޭ ސަރުކާރު.