އެމްޑީޕީ ޕްރައިމަރީގައި ވޯޓު ލުމަށް އައްޑޫސިޓީ މަރަދޫ ފޭދޫގައި ބެހެއްޓި ފޮށި، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ކާމިޔާބު ކޮށްފިއެވެ.

ރައީސް ސޯލިހަށް މި ފޮށިން 154 ވޯޓު ލިބިފައިވާއިރު، ރައީސް ނަޝީދަށް ލިބިފައިވަނީ 86 ވޯޓެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00ގައެވެ. ބައެއް ތަންތަނުގައި ހަމަނުޖެހުން ހިނގާ ވޯޓުލުން ފަސް ވެސް ވިއެވެ. ހަވީރު 5:00 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންގޮސްފައި ވެއެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

ވޯޓުގެ ކުރިއަށް ދެ ކެންޑިޑޭޓުންވެސް ވަނީ އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ވޯޓުގެ ފަހުންވެސް ދެ ބޭފުޅުންގެވެސް ކެމްޕެއިން ޓީމުން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަކަން އިއުލާނު ކުރައްވާފައެވެ.