މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އައްޑޫ ސިޓީގެ މީދޫގައި ބެހެއްޓި ވޯޓް ފޮށިން ރައީސް މުހައްމަދު ނަޝީދަށް ލިބިފައި ވަނީ އެންމެ 100 ވޯޓް ކަމަށް ވަގުތީ ނަތީޖާ އިން ދައްކައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެފޮށިން ވަނީ 259 ވޯޓް ލިބިފައެވެ. ބާތިލް އަށް ވޯޓް އެފޮށީގައި އޮތެވެ.

އައްޑޫ ސިޓީ އަކީ ރައީސް ނަޝީދަށް ތާއިދު ބޮޑު ސިޓީއެއްގެ ގޮތުގައި ފާހަގަ ކުރެވުނު ނަމަވެސް މިހާތަނަށް ނަތީޖާ ސާފުވި ދެފޮށިން ކުރީގައި އުޅުއްވަނީ ރައީސް ސޯލިހް އެވެ. އައްޑޫސިޓީ މަރަދޫ ފޭދޫގައި ބެހެއްޓި ފޮށިން ރައީސް ސޯލިހަށް 154 ވޯޓު ލިބިފައިވާއިރު، ރައީސް ނަޝީދަށް ލިބިފައިވަނީ 86 ވޯޓެވެ.

ވޯޓުގެ ކުރިއަށް ދެ ކެންޑިޑޭޓުންވެސް ވަނީ އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ވޯޓުގެ ފަހުންވެސް ދެ ބޭފުޅުންގެވެސް ކެމްޕެއިން ޓީމުން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަކަން އިއުލާނު ކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00ގައެވެ. ބައެއް ތަންތަނުގައި ހަމަނުޖެހުން ހިނގާ ވޯޓުލުން ފަސް ވެސް ވިއެވެ. ހަވީރު 5:00 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންގޮސްފައި ވެއެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަވަ

    ޢަވަހަށް އޯޑަރ ފޮނުވާ! ޙުޅުޖަހަން. ޢަސްލު އެމް.ޑީ.ޕީ.

    7
    1
  2. Anonymous

    އައްޑޫ މީހުން ލާދީނީމީހާއަށް ދޯކާދިނީ ދޯ. ގިރިކުޅީގެ މައްސަލާގައި އައްޑޫ މީހުން ވެސް ތިބީ ލާދީނީ މީހާ ދެކެ ރަނުންރަނަށް ރުޅިއަރައިގެންފަ.

    8
    3