އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގިނަ އަދަދެއް ވޯޓު ލިބިވަޑައިގަތުމުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އުފަލުން ފޮޅިއްޖެ އެވެ.

ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. މިހާރު ކުރިއަށްދަނީ ވޯޓުތައް ގުނުމުގެ މަސައްކަތެވެ.

މިހާތަނަކަށް ކަށަވަރު ކުރެވުނު ނަތީޖާތަކަށް ބަލާއިރު ރައީސް މުހައްމަދު ނަޝީދަށް އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތެއް ވަނީ ގެއްލިފައެވެ.

ނަތީޖާތަކަށް ބަލާއިރު ރައީސް ސޯލިހް އުޅުއްވަނީ %11 ތަފާތަކުން ނަޝީދަށް ވުރެ ކުރީގައެވެ. މިހާރު ނަތީޖާ ސާފު ނުވަނީ 85 ފޮށީގައެވެ.

މިއާއިއެކު ޑރ އިޔާޒު ވަނީ "الحمدلله" ޓްވީޓްކުރައްވާފަ އެވެ. އިޔާޒަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕާޓީ އަދާލަތު ޕާޓީއަށް ނިސްބަތްވާ އަދި ރައީސް ސޯލިހަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި މި އިންތިހާބަކީ މިހާތަނަށް އެމްޑީޕީން ބޭއްވި އެންމެ ވާދަވެރި އިންތިހާބެވެ. މިއަދު ހެނދުނު ވޯޓް ލާން ފެށުމާއިއެކު ބައެއް ވޯޓް ފޮށިތައް ކައިރީގައި އައީ ހަމަނުޖެހުންތައް ހިނގަމުންނެވެ. ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރު ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އއ

    މަޝްހޫރުވާން އުޅޭ ކޮރެޕްޓެއް.

    68
    5
    • ކޮވިޑް

      މަޤާމުގެ ބިރަށް . ޓްއީޓް ކުރީމަ ޖީބައް ވަންނަ އެއްޗެއް ގެއްލިދާނެ ކަމުގެ ބިރަށް.

      41
      4
  2. އުގުރި

    މީނަގެ ސަބަބުން ދެންތިބި އިލްމުވެރިންގެ އަގު ވެއްޓެނީ... މީނަގެ ސަބަބުން މިގައުމު ފަސާދަވެ ބައިބައިވެގެން ދާނެ..

    ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން އެބަޖެހޭ ޑރ އިޔާޒްގެ މަޅިން ސަލާމަތް ވާން..

    58
    5
  3. އަހުޒާމް ނަޢީމް

    އެހެންތަ!ކިތައްރިޔަނުގެ މަސް އޮޑިއެއްބާ ލިބޭނީ......ދީނަށްޓަކާ،ޤައުމަށްޓަކާ އަދި ޖީބަށްޓަކާ...ވަރަށްސަޅި ސާބަހޭ

    52
    3
  4. ހޯރަފުށީ މީހާ

    ތި ދީނީ މީހެއް ނޫން ސިޔާސީ މީހެއް.

    63
    4
  5. ޙަނދުކޭތަ

    ލާދީނީ ރުފިޔާ ސޭހު

    51
    5
  6. 2023

    މީވެސް މުދަލުގެ ދަހިވެތިކަމުގަ އުޅޭ ފަހުޒަމާނުގަ ފާޅުވާނެކަމަށް އޮތް ދުނިޔަވީ އިލްމުވެރިއެއް

    51
    3
  7. ޚޮހާ

    ޑރ ޢިޔާޒްއަށް މިގައުމު ލާދީނީ ގައުމަކަށް ހަދަން ބައިއަތު ތިހިފަނީ އިސްލާމް ދީންދެކެ ލޯބިވާތީ ތޯ؟

    41
    1
  8. ރަން ރީނދޫ

    އުފަލުން ހުރޭ ސެޕްޓެމްބަރު އަންނަން ދެން. އިރާދަކުރެއްވިއްޔާ ހިތިރަހަ ދައްކާލާނެ ދިވެހިން.

    46
    1
  9. ބުރުގާ

    މުނާފިގު ބޮޑު މުއްލާ އިޔާޒު އުފަލުން ތުނބުޅިބާލާ އިސްލާމްވާންވީނު މިރޭ.

    37
    4
  10. ލަކީ

    ޙެހެ. ދެން މިއޮތީ މީނަގެ ނުރައްކާ

    32
    1
  11. ގިޔާސް

    މީނަ ފޮޅިނީމަ ހުންނާނީ ކިހިނެތް؟

    18
    2
  12. މުދިމު

    ތޮފިއެޅިޔަސް ތުބުޅި ދިގަސް ހައްގާ އިންސާފާ ދީންތައް އޮންނަނީ ލިބޭ އެއްޗެއްގެ މައްޗަށާ މަކަރުވެރިކަމުން ވެރިމީހާ ހައްލައިގެން ބަދަލުހިފުމުގެ މައްޗައްހުއްޓިފަ.

  13. ކާމިލް

    ރާއްޖޭގެ ދީނީ އިލްމުވެރިން އެމް ޑީ އެން ހިމާޔަތް ކުރަން ބާރު ނާޅާނެ