މާލޭގެ އިމާރާތެއްގެ ހަތް ވަނަ ފަންގިފިލާއިން ވެއްޓުނު މީހާގެ ހާލު ސްޓޭބަލް ކަމަށް އޭޑީކޭ އިން ބުނެފިއެވެ.

މާލޭގެ މައްޗަންގޯޅި ގެއެއްގެ ހަތް ވަނަ ފަންގިފިލާގައި އޭސީއެއް ހަރު ކުރަން އުޅުނު ބަންގްލަދޭޝް ފިރިހެނަކު ވެއްޓި އަނިޔާވެފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ.

އޭނާ ވެއްޓުނުކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެ ދުވަހު ހަވީރު 16:39 ހާއިރު އެވެ.

އަނިޔާވި މީހާއަށް ފުރަތަމަ ފަރުވާ ދީފައި ވަނީ އައިޖީއެމްއެޗްގައެވެ. އަދި އިތުރު ފަރުވާއަށް އޭނާ އޭޑީކޭ ހޮސްޕިޓަލަށް ވަނީ ބަދަލު ކޮށްފައެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އޭނާއަށް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އޭނާގެ ހާލު ސްޓޭބަލް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.