ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވާތީ އުވާލަން ނިންމާފައިވާ ޑީއާރުޕީގެ ލީޑަރު ކަމުންނާއި މެންބަރު ކަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިސްތިއުފާ ދެއްވައިފިއެވެ.

ޑީއާރްޕީ އުވާލަން އިލެކްޝަނުން ނިންމީ މިދިޔަ މަހު އެވެ. ޑީއާރުޕީ އުވާލަން ނިންމާފައިވާތީ އެ ޕާޓީގެ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގަން އިލެކްޝަންސް ކޮމިޝަނުން އޮތީ އަންގައިފަ އެވެ. ގާނޫނުގައ ބުނާ ގޮތުން 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް ކޮމިޝަނުން އުވާލަން ޖެހެ އެވެ.

ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަނެފައެއް ނުވެއެވެ.

ޑީއާރްޕީގެ ލީޑަރުކަމުން ޖާބިރު އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ޖާބިރު އެ ޕާޓީގެ ލީޑަރު ކަމުންނާއި، މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަމައި، ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއް ސިޔާސީ ޕާޓީގެ ގާނޫނުގައި ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް". އޭނާ ވިދާޅުުވިއެެވެ.

ޑީއާރްޕީ އަކީ ރާއްޖޭގައި ދެވަނަ އަށް އުފެއްދި ޕާޓީ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދި ޑީއާރްޕީ އަށް މައްސަލަތައް ކުރިމަތިވީ މައުމޫނަށް ފަހު ލީޑާޝިޕާއި ހަވާލުވި އަހްމަދު ތަސްމީލް އަލީ އާއި ދެކޮޅަށް މައުމޫނަށް ތާއިދު ކުރާ ފަރާތްތަކުން 2011 ވަނަ އަހަރު ނިކުތުމުންނެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ތަސްމީން ވަނީ ޑީއާރްޕީ ދޫކޮށްލާފައެވެ. ދެން ޕާޓީގެ ލީޑާޝިޕާއި ހަވާލުވީ މުހައްމަދު ނަޝީދު (ކާނަލް) އެވެ. ނަމަވެސް އޭނާ އަށް ޕާޓީ ހިންގައެއް ނުލެވުނެވެ. ޖާބިރު ޑީއާރްޕީގެ ލީޑާޝިޕާއި ހަވާލުވީ 2019 ވަނަ އަހަރު އެވެ.

ޖާބިރު ވިދާޅުވެފައިވާ ގޮތުގައި ޑީއާރްޕީ އުވާލައިފިނަމަ އިތުރު ސިޔާސީ ޕާޓީއެއް އޭނާ އުފައްދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސައިން803

    މިހާރު ޖާބިރަށް ޕާޓީއެއްވެސް ނުއުފެއްދޭނެ. މުޅިންވެސް މަކަރާ ޖަހައިގެން އުޅެނީ ، ދައްކާ ވާހަކައާއި އަމަލާ ދުވަހަކުވެސް ދިމާނުވާނެ، ސިޔާސީ މީހުންނާ ބޮޑުންނަށް ހީވާކަހަލަ މިރާއްޖޭގެ ރައްޔިތުންނަނީ މޮޔައިން ކަމަށް، ރައްޔިތުންވެސް ދަސްކުރަންވެއްޖެ މިމީހުންނާ އެއްގޮތަށް މަކަރާޖަހައިގެން ސިޔާސީ ވާން.

  2. ކޮރަލް

    ފުރަތަމަ ދަރަނި ދައްކަން ވީ އެވެ. ދެން އިސްތިއުފާ ދޭން ވީ އެވެ.

  3. ހުސޭނުބޭ

    ރާއްޖޭ ރައްޔިތުން ޖާބެ ރައީސްކަމަށް ހޮވައިދޭން ތައްޔާރަށް ތިއްބާ ތި ހެދީ ކިހިނެއް؟

  4. ރެފްރީ

    ވަރަށްދެރަކަމެއް. މަވެސްކުރިންހުރިޕާޓީ ދޫކޮށްދަޔައީ ޖާބިރުހުރީމަ.. ދެންމަވެސްމިޖެހުނީ ޑީއާރުޕީދޫކޮށްލަންތާ. އޭރުވެސްމަށަށްޔަގީންވިއޭ ޖާބިރުއަށް ޕާޓީއެއްނުހިންގޭނެއޭ ؟

  5. އެނޯނިމަސް އިބިރިހިމާ

    އަސްލު ޖާބިރު ރަގަޅު،ބޮޑެތި މަގުބޫލު ސިޔާސީ މީހުންނާއި އުސްތާޒުން އިކޮނޮމިސްޓުން ގެނެސްގެން ވީކިހިނެތް؟ޖާބިރު ފާލުގަ ކަން އޮތްގޮތް އެބަބުނޭ....ވަރަށްސަޅި "ޖާބިރު އިޒް މައި ޗޮއިސް