މ. މުލި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ ސައިޓްގައި މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ ސަރަޙައްދު ކޮނުމުގެ މަސައްކަތް ކަމަށެވެ.

މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީއިންނެވެ.

މި މަޝްރޫއުގެ ދަށުން 33,888 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުން ކުރުމާއި 6،254 ކިއުބިކްމީޓަރުގެ ސަރަހައްދެއްގައި ނެރު ފުން ކުރުން، 213 މީޓަރު ސޭންޑްފިލް ބްރޭކްވޯޓާ ޖެހުން، 89 މީޓަރު ރިވެޓްމެންޓް ޖެހުމުގެ އިތުރުން 497 މީޓަރު އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

އަދި 467 މީޓަރު ސްކޯރިން އެޕްރޮން ޖެހުން، 10 މޫރިން ބޮއި ހަރުކުރުން، 100 އަކަ މީޓަރު ރޭންފެއް ހެދުން، އެކްސެސް ޕްލެޓްފޯމެއް އެޅުން، ތިން މީޓަރު ކޮންކްރީޓް ބްރިޖެއް ހެދުން، ދެ ނެވިގޭޝަން ލައިޓް ހަރުކުރުން، 27 މަގު ބައްތި ހަރުކުރުމުގެ އިތުރުން 2370 އަކަ މީޓަރުގެ ޕޭވްމަންޓެއް ވެސް ހަދާނެ އެވެ..

ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމުމަށެވެ

. މި މަޝްރޫއުގެ އަގަކީ 61.8 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު