މިދިޔަ ހަފްތާ އައި ބިންހެލުމާއި ގުޅިގެން ތުރުކީ ވިލާތާއި ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ހާއްސަކޮށް "އެއް އުންމަތެކޭމީ"ގެ ނަމުގައި ކުރިއަށްގެންދާ ހާއްަސަ ފަންޑް ރެއިޒިންގ ހަރަކާތުގެ ތެރެއިން މާލެ ސަރަހައްދުގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ފަންޑް ފޮށި ބަހައްޓަން ނިންމައިފިއެވެ.

މިއީ ރާއްޖޭގެ ބައެއް އިލްމުވެރިންނާއި ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ކެމްޕޭންގެ ދަށުން ބާއްވާ ހަރަކާތެކެވެ.

މިކަމުގައި އިސްކޮށް އުޅުއްވާ ކުރީގެ އިސްލާމިކް މިނިސްޓަރ އައި އައިއޯސީސީގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ތުރުކީ-ސީރިއާ ބިންހެލުމުގެ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ހިންގާ ކެމްޕެއިންގެ ފަންޑް ފޮށިތައް މިއަދު 11:00 އިން މެންދުރު 14:00 އށް ގްރޭޓަރ މާލެ އޭރިއާ ސަރަހައްދުގައި ހުކުރު ކުރާ މިސްކިތްތަކުގައި ހުންނާނެ ކަމަށެވެ.

"ވީހާވެސް ގިނަ ފަރާތްތަކުން މިކަމުގައި ބައިވެރިވެ ލައްވާ މުސްލިމް އަހުންނާއި އުހުތުންނަށް އެހީތެރިވެދެއްވާ". ޑރ. ޝަހީމް ކުރެއްވި ޓްވީޓްގައި ވެއެވެ.

މި ބިންހެލުމުގައި ތުރުކީން 36،187 މީހުން މަރުވެފައިވާއިރު، ސީރިއާގައި 5،800 މީހުން ވަނީ މަރުވެފައެވެ. އަދި މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދް

    ޝަހީމުގެ މަކަރުވެރި ސިޔާސީ ޙަރަކާތް ބާރަށް ކުރިއަށް؟

    2
    15
  2. ޖާނޭ

    ތިޔައީ ވަރަށް ޠަވާބާއި ދަރުމަ ލިބޭކަމެއް. ހުޅުމާލޭގައިވެސް ބެހެއްޓުން ވަރަށް ބޭނުންތެރި. ޢެކައުންޓަށް ޓްރާންފަރ ކުރެވޭގޮަތަށް އޮތުމުން ގިނަ މީހުނަށއ ފުރުޞަޠު ލިޞޭނެ
    ެ

    12
    1
  3. ޢާބްސީ

    ތިފައިސާއަށް ކޮންމެސް މިނިސްޓަރަކު ކިޔަވަން ފޮނުވާނީ، އާކަމެއްނޫން ތީ

    1
    1