ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހު ރައީސް ސޯލިހަށް އެމްޑީޕީ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ބޭއްވި ޖަލްސާއިން އަދަދު ފެނިގެން ގޮސްފައިވާ ކަމަށާއި ޖަލްސާއިން ރައީސް ސޯލިހް އިތުރު ދައުރަކަށް "އެއްބުރުން" އިންތިހާބު ވާނެކަން އިދިކޮޅު ކޯލިޝަނަށް ޔަގީން ވެއްޖެ ކަމަށް ބުނެ ދިފާއީ ވަޒީރު ކުރެއްވި ޓުވިޓަކާއި ގުޅިގެންނެވެ.

އެގޮތުން އާޒިމް ވިދާޅުވީ، ރައްޔިތުން ރައީސް ސޯލިހަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށާއި އެންމެ ގިނަ ވެގެން ވެސް ރައީސް ސޯލިހަށް ލިބޭނީ 40،000 ވޯޓު ކަމަށެވެ.

"އެންމެ ގިނަވެގެން ލިބޭނީ 40،000 ވޯޓު. އެއީ ވޯޓްލާ މީހުންގެ 15 އިންސައްތަ" އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާފައިވާ އާޒިމް ވިދާޅުވިއެވެ.

އާޒިމް އަންނަނީ ފަހުން ފަހަކަށް އައިސް ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނީ 40،000 ވަރަކަށް ވޯޓު ކަމަށް އާޒިމް ވިދާޅުވި ނަމަވެސް، އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުގެ މެމްބަރުން ވިދާޅުވަމުން އަންނަނީ ރައީސް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޓިކެޓު ރައީސް ސޯލިހު ކަށަވަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޮޑުތަނުން ބަލި ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިބޫ ޖަހުލު

    #ބޮއިކޮޓް އިބޫ 2023

    18
    2
  2. ޕިސްޕިސް

    އާން . . ދެން ކަލޭމަޖުލީހަށް ކުރިމަތި ލާބަލަ . . ސަބަބު ފެއްނާނެ ވަރަށް ރަނގަޅަށް

    8
    5
  3. ކިނބޫ

    ނެތް ހަމަ ނެތް

    14
    2
  4. ޑައެލޯގް

    މާރިޔާބުނީ އިބޫއަށް ޓިކެޓްދިން ޖަލްސާއަށް ދިޔަމީހުން ގިނަކަމުން އިދިކޮޅު ސިއްސައިގެންގޮސްފިކަމެވެ. ޖަވާބުގައި ބުނެލަންއޮތީ އެތަނަށް ދިޔަމީހުންނަކީ ދައުލަތުގެ ވަޒީފާތަކުގައި ތިބިމީހުންނެވެ. އެއީ އެކިރާސްރަށުން ދައުލަތުގެ ޚަރަދުގައި މާލެގެނެސްގެންވީވަރެވެ. އެހެންކަމުން އެތަނަށް ދިޔަމީހުންގެ 4 ބައިކޮށްފަ 1 ބައިމީހުންވޯޓުދޭނެކަމަށްބެލެވެނީ

    21
    1
  5. Anonymous

    ޢަޒިމް ނަޝީދު މިއުޅެނީ ގޮޑީގައި ސޭލް އަޅުވައިގެންތޯ ލިބޭ ވަރު މަދުކަމުން މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް މިއުޅެނީ މާހެޔުއެދިގެން ކަމަށް ހެދިގެން !

  6. ދފދފދފދފދޒ

    ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެނޭ އާޒިމަށް!!!

    5
    2
  7. ޖަމިއްޔާ

    އާޒިމް އެވެ. ކަލޭގެ ތިވާހަކަ އަޑުއަހަންޖެހޭ އެއްވެސް ސަބަބެއް ނުފެނެއެވެ.

    4
    4
  8. އަހައްމަދޫ

    އާޒިމަކަސް ތިބުނީ ތެދެއް. މިސްލޯލިހު ސަރުކާރަށް ވޯޓުދޭންްވީ އެއްވެސް ސަބަބަެއް ނެތް. ހަމަފަދައިން އަންނިއަށްވެސް

  9. އަޙްމަދު ހުސެންފުޅު

    މިފަދަ ކުރިއަރާފައިވާ ޒަމާނެއްގައި މިރާއްޖޭގެ ވެރިކަމުގައި ހުންނަން ޖެހޭނީ ވަރަށް ޢިލްމީ ޤާބިލް މީހެކެވެ. ބޭރުން ، އޮތްހާ ދަރަނިތައް ނަގައިގެން ރާއްޖޭގެ ކުދިރަށްރަށުގެ ފަޅު ހަދާލައި ނަރުދަމާ އަޅާލިޔަސް އެއީ މިޒާމަަށް މާމޮޅުކަންތަކެއްނޫނެވެ. އެއީ މައުމޫންވެސް ކުރިޒާތުގެ ކަންކަމެވެ. ބޭނުންވަނީ ވަރަގަދ ޕްރޮޖެކްޓްތައް ހިނގާލާ ރާއްޖެ މިހާރަށްވުރެ އިޤްތިޞާދީ ގޮތުން ކުރިއަށް ގެންދެވޭ ވަރުގެ ވެރިއެކެވެ. ދީނަށް ފުރައްސަރާ ކުރާމީހުންނާއި ފާޙީޝް ކަންކަން ކުރާމީހުންނަށް ހަރުކަށި އަދަބުދީ މަރުކަތަކަށް އިންސާފުހޯދައިދޭ މަސްތުވާ ތަކެތި ނައްތާލެވޭ ވަރުގެ ވެރިއެކެވެ. އަމިއްލަ ވިސްނުމުންވެސް ކަންތައްތަކެއް ކުރެވޭ ވަރުގެ ވެރިއެކެވެ. ރައީސް އިބްރާހީމަކީ މިފަދަ ކަމެއް ކުރެވޭ ވަރަށްވުރެ ޢިލްމީ ޤާބިލްކަމެއް މީހަކެވެ.

  10. އަބްދޫ

    އެއްކަލަފަހަރު އެއާޕޮޓް ވިއްކާލުމުގެ މުއާމަލާތުގެތެރޭނެ 1 މިލިއަން ޑޮލަރު ލިބުނުތަ؟