ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުބާރު ނުކުރައްވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ތައްޔާރު ކުރި އިލެކްޝަން ރިޕޯޓުންނެވެ.

އިންތިހާބާއި ގުޅޭ ގޮތުން އެމްއާރުއެމްއިން ތައްޔާރު ކުރި ސިއްރު ރިޕޯޓް "ވަގުތު" އަށް ވަނީ ލިބިފައެވެ. މިރިޕޯޓްގައި ތަފާތު 6 ސިނާރިއޯއެއް ހިމަނާފައިވެއެވެ. އެގޮތުން ކޮންމެ ސިނާރިއޯއަކަށް ވެސް އަމަލު ކޮށްފިނަމަ، އެމްއާރުއެމްއަށް ވާނެ ގެއްލުމާއި ފައިދާތައް ހިމަނާފައިވެއެވެ.

މިރިޕޯޓްގައި ދެވަނަ ސިނާރިއޯއެއް ގޮތުގައި ހިމަނާފައިވަނީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށެވެ.

ރައީސް ސޯލިހާއި އެކު ކޯލިޝަނެއް ހަދައިފިނަމަ ލިބޭނެ ގެއްލުން ނުވަތަ ގޮންޖެހުމެއްގެ ގޮތުގައި ރިޕޯޓްގައި ފުރަތަމަ ވެސް ފާހަގަ ކޮށްފައިވަނީ ރައީސް ސޯލިހަށް އިތުބާރު ނެތް ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެއްބަސްވި ކަންތަކުގައި ރައީސް ސޯލިހަށް ނުހިފެހެއްޓޭ ކަމަށާއި އެމްއާރުއެމްއަށް ދޭން ބުނި ސިޔާސީ މަގާމުތައް ވެސް ނުލިބޭ ކަމަށް ބުނެފައިވެއެވެ.

ރިޕޯޓްގައި ފާހަގަ ކޮށްފައިވާ އިތުރު ކަންތައް:

  • މިހާރު ކޯލިޝަން ތެރެއިން މި ޕާޓީގެ އަގު ނުބަހައްޓާއިރު، 2023 ކާމިޔާބު ކުރެވިއްޖެނަމަ މިއަށްވުރެ އަގު ދަށް ކުރާނެ
  • 2018 ގައި އެމްއާރުއެމްއިން އެއްބަސްވި އުސޫލުތަކާއި މުޅިން ހިލާފަށް މިހާރު ސަރުކާރު ތެރެއިން ކަންތައް ދިއުން
  • އެމްޑީޕީއިން މިހާރު ގެންގުޅޭ އުސޫލުތަކަށް އެއްބަސް ނުވެވޭ
  • ރައީސް ސޯލިހް އިންތިހާބު ވެއްޖެނަމަ އިތުރު ދައުރަކަށް ކުރިމަތި ނުލެވޭނެތީ މިހާރަށްވުރެ ގޯސްކޮށް ކަންކަން ކުރިއަށް ގޮސްދާނެ

އެމްއާރުއެމްގެ ރިޕޯޓްގައި ބުނެފައިވަނީ ރައީސް ސޯލިހް އިންތިހާބު ވެއްޖެނަމަ ކަންކަން އުސޫލުން ބޭރުން ކުރަން ފަސް ނުޖެހޭނެ ކަމަށެވެ. (ހީ ކޭން ބީ ރުތްލެސް). އަދި މިހާރު ކޯލިޝަން ދަމަހައްޓަން ކުރާ މަސައްކަތް އިތުރަށް ނުކުރާނެ ކަމަށާއި އެމްޑީޕީގެ ކޯލިޝަންގައި އޮތުމުން އެޕާޓީ އާއި ގުޅެން ގިނަ މީހުން ބޭނުން ނުވާ ކަމަށް ވަނީ ބުނެފައެވެ.

ރައީސް ސޯލިހް އާއި އެކު ކޯލިޝަން ހަދައިފިނަމަ ލިބިދާނެ ފައިދާތައް ވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ރައީސް ސޯލިހާއި ކޯލިޝަނަކަށް ދާން ބޮޑު ޕާޓީތައް މަދުވުމުން އެއީ އެމްއާރުއެމްއަށް ލިބޭނެ ފައިދާއެއް ކަމަށް ބުނެފައިވެއެވެ.

ރައީސް ސޯލިހް އާއި ކޯލިޝަން ހަދާނެ ބޮޑު ޕާޓީތައް މަދުވުމުން ލިބޭނެ ފައިދާތައް:

  • ޕާޓީއިން ބޭނުންވާ ކަންކަމަށް ނެގޯޝިއޭޓް ކުރަން ފަސޭހަ ވެދާނެ.
  • ދެވަނަ ބުރަކަށް ގޮސްފިނަމަ، ފަހުން އެހެން ޕާޓީތަކަށްވުރެ ކޯލިޝަން ތެރޭގައި ރައްކާތެރި މަގާމެއްގައި އޮންނާނެ.
  • އިންތިހާބު ކާމިޔާބުވެއްޖެނަމަ، ސިޔާސީ މަގާމުތަކާއި ސަރުކާރުގައި ތިބެގެން ލިބޭ އެހެން ފައިދާތައް ލިބޭނެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އައުޓް

    ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް

    10
    1
  2. ޗޯރު

    އެކަކު ވެސް ހިންނަވަރު ސޯލިހަކަށް އިތުބާރެއް ނުކުރޭ އައްސު ސަޕޯޓެއްވެސް ނެތް އޭނަ އަކަށް. ވަޒީފާ އެއްޗިސް ލިބޭތީ ތިބެނީ. މާދަން އެގޮލާ ރައީސްކަމުގައި ނެތަސް މެެއްސެއް މާބުރެއްވެސް ކައިރި ނޫޅޭނެ

    14
    3
  3. ޝާއު

    ތި ރިޕޯޓު ދޭހަވަނީ އެއްވެސް ވަރަކަސް ގައުމަށް ލިބިދާނެ ގެއްލުމެއް މި މީހުން ބަލާފަކާވެސް ނެތް ކަމެވެ..

    31
    1
  4. ހުސޭނުބޭ

    ތިއީ މާބޮޑު ކަމެއްނޫން. މައުމޫނަށް ވެރިކަން ދީ. ވަގުތުން ރުހޭނެ.

    16
    2
  5. އެމްއާރުއެމް

    ހާހާހާ. އިތުބާރު ނުކުރިޔަސް މަގާމު ދިނީމަ އޯކޭ ނު. ލޮލް

    28
  6. ނޯ ވޯޓު

    އަހުންނަށް މާކުރިންވެސް އިގޭ ހުންނަވަރު ޗޯރު ސޯލިހު އެއީ ހުދުމުހުތާރެއްކަން. އެހެންމަ އަހުން ނުދޭނެ ވޯޓެއް

    19
    3
  7. މެހި

    ތީބައެއްތަ އަމިއްލަ އެދުމަިގެން މިހާރުވެސްތިތިބީ ހަތަރުފަރާތައް ނަގިލި އެއްލައިގެން މިހާރުވެސް ތިއުޅެނީ3000މީހުން ހަމަނުވެގެން މުސްކުޅިވީދުވަހުވެސް ތިއުޅެނީ ވެރިކަމާހެދި.

    23
    2
  8. ސަލާމް

    ކޮބާ އެންމެ ފަހުން އެމްއާރު އެމްއިންވެސް އެއެއްބަސްވީ ރައީސް ސޯލިހްއަކީ ހަމަޔާ އިންސާފުން ބޭރުންކަންތައްތައްކުރަމުންދާ އަދިކުރާނެވެސް ބޭފުޅެއްކަން އެއީ އެމްމެފުރަތަމައިންވެސް އިދިކޮޅު އެންމެ ބޮޑުޕާޓީން ދައްކަމުންދިޔަވާހަކަ އެއިރު އިދިކޮޅުންދެއްކި ހުރިހާ ވާހަކައެއް މިއަންނަނީ ދިމާވެ ޙަޤީޤަތް ހާމަވަމުން އެހެންވީމާދެން އަހަރެމެން ގަބޫލުކުރާނީ އިދިކޮޅުންދައްކާވާހަކަ

  9. Anonymous

    މައުމޫނު ގުޅޭނީ އިބޫގެ ކޯލިޝަނާ. ތި ރިޕޯޓަކީ ދަޅަ ދައްކައިލުމެއް. ތީގައި ބުނެފައި ތިއޮތީ "ދެ ދަރިއަކަށް ދެ މިނިސްޓަރުކަމެއް ދޭށޭ. އެއް ދަރިއަށް ދިނީމަ މަދުވެގެންނޭ މިއުޅެނީ." ރިޕޯޓު ދޭހަވެއްޖެތަ؟ ދޭހަވެއްޖެ ދޯ.

    13
  10. ހެ

    3000 މީހުން ހަމަނުވާ ބައިގެއް ސަރުކާރުގެ ކޮންމަގާމެއް ދޭންވީ މިހާރުދީފައިހުރިވަރުވެސް މާގިނަ މިޗޯރުކަލޭގެ އަދިވެސް ވެރިކަން ލިބިދާނެ ފޯމިއުލާއެއް އޮތްތޯބަލަނީ ދޯ

    10
  11. Anonymous

    ލަދެއްހަޔާތެއްނެތް މުޖުރިމުން ދިވެހި ރައްޔަތުން ކަރައް ފައިންއަރާފަ އަމިއްލަ ފައިދާހޯދަން

    11
  12. ނާނި

    ގަދަކުރަނީ، ގަދަކުރަނީ،
    ގިނަ ސްލޮޓްތައް ހޯދަން،
    ހަމަ އެހެން ހުރެފަ ގަދަވާ ކޮޅަކަށް އަރާ ވަކިހިއްޕާލާނެ، ތިހިރީ ކާކު،

    14
  13. ޑިކްޓޭޓަރ

    ހަގީގަތުގަ މައުމޫން ބޭނުމެއް ނުވާނެ މައުމޫންގެ ދަރިޔަކު ނޫނީ އެއްވެސް މީހަކު ރިޔާސީ 2 ދައުރު ފުރިހަމަ ކުރާކަށް، އެއީ މައުމޫނު އުފާވާނެ ކަމެއް

  14. މައުމޫން

    މެމް.އާރު.އެމް އަކީ ބޮޑު ޕާޓީއެއް، 3000 ހަމަނުވޭ 😂

    1
    1
  15. އިއްބެ

    އެމްއާރުއެމް ތާއީދުކުރާނީ ޤާސިމަށް! އެހެންވީމާ އިންތިޚާބުގައި ވާދަކުރާނީ ޤާސިމު ، ޞާލިޙް ، ނާޒިމު ، ޕީޕީއެމް! ފުރަތަމަބުރުގެ ނަތީޖާ މިގޮތަށް ދެއްކުން ވަރަށް ގާތެވެ.
    ޤާސިމު 16 ޕަސެންޓް
    ޞާލިޙް 25 ޕަސެންޓް
    ނާޒިމު 6 ޕަސެންޓް
    ޕީޕީއެމް 53 ޕަސެންޓް

  16. އިއްބެ

    އެމްޑީއޭ ، އަދާލަތު ފައިސާއާއި ޖާހަށްޓަކައި ޞާލިޙާއެކު ކޯލިސަން ހެދިޔަސް ޕާޓީގެ ޢާއްމު މެމްބަރުން ތިބީ އެގޮތަކަށްނޫންކަން ފެނިގެންދާނެ!