ރައްޔިތުންނަށް އަމާން ވެއްޓެެއް ކަށަވަރު ނުކޮށްދެވޭ ރައީސަކު ވެރިކަމުގައި ހުންނެވުމުގެ ބޭނުމެއް ނެތް ކަމަށާއި، އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގަންނަވަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

ނާޒިމް މިގޮތަށް ވިދާޅުވީ، ރޭ ބޭއްވި ޖަގަހަ ޖަލްސާ "ރައްޔިތުން އުދާސް"ގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވަނީ، ހަތަރު ލައްކަ ފަންސާހެއްހާ މީހުން އުޅޭ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭ ކަމުގައި ވަނީނަމަ ކީއްކުރާ ވެރިއެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި އެ ވެރި މީހާ އިސްތިއުފާ ދީފައި ގެއަށް ވަޑައިގަންނަވަން އޭނާ އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު ސިފައިންގެ މީހަކަށްވީމަ ފަހަރެއްގައި ބިރުނުގަނެފާނެ، އެކަމަކު އަޅުގަނޑު އަޅުގަނޑުގެ އާއިލާއާއި ތިޔަ އެންމެ ބޭފުޅުންގެ ޙައްގުގައި ގޭގައި މަޑުކޮށްލައިގެން ހުންނައިރު، ހިތަށް ބިރުވެރިކަން އާދޭ. އަޅުގަނޑަށް މީސް މީޑިޔާއިން މި ފެންނަނީ ރޯ މާ ދުވާލު ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަދެ، ފިހާރަތަކާއި އެއްޗިސް ފުޑާލައި، އެތާ އިން ފިހާރައިގެ ސޭޓު ބިރުން ފިލަން ދާ މަންޒަރު". މިސާލެއްގެ ގޮތުގައި ދާދި ފަހުން ހުޅުމާލޭގައި ކެފޭއަކަށް ގެއްލުން ދިން މައްސަލައާ، ފިހާރައެއްގެ ތެރޭގައި ޒުވާނަކަށް ހަމަލާ ދީ ޒަަހަމްކޮށްލި މައްސަލައަށް އިޝާރަތްކޮށް ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ނާޒިމް ވިދާޅުވީ، މިކަން މިގޮތަށް ވަމުން ދަނީ ކާކުގެ އިހުމާލަކުންތޯ ވިސްނަން ޖެހޭ ކަމަށެވެ. އަދި މިކަމުން އަރައިގަނެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ އަޅުގަނޑުމެން ހިނގާފައި ދާއިރު މާދަމާ ވާނެ ގޮތެއް. އެ ބިރުވެރިކަމެއްގެ ތެރޭގައި އަޅުގަނޑުމެން އުޅެން ހެޔޮ ނުވާނެ." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް ނާޒިމް ވަނީ ޚުދު އޭނާގެ އޮފީހަށްވެސް ގެއްލުން ދީފައިވާ ވާހަކަ ހާމަކޮށްފައެވެ. އެގޮތުން، ހަތަރު ފަހަރު މަތިން އޭނާގެ އޮފީސް ފަޅާލާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ކުށުގެ ވެށި އިންތިހާ ދަރަޖައަށް ގޯސްވަމުންދާކަން ހާމަކުރަމުން ނާޒިމް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ މީހަކު ރޭޕް ކުރި ހާދިސާވެސް އިތުރު މިސާލެއްގެ ގޮތުގައި ނަގައިފައެވެ. އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ކުދި ބޮޑު އެންމެންނާއި ދޭތެރޭ ވިސްނާލުމުން ހިތަށް ބިރުވެރިކަން ވަންނަކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތްފަދަ މުހިންމު ސިނާއަތަކަށް މި ފަދަ ނޭދެވޭ ކަންތައްތަކުގެ ސަބަބުން އުނިކަމެއް އަތުވެދާނެތީ ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރކަން ކޮށްފައިވާ ނާޒިމް ވަނީ މި ކަންތައްތައްތަކަށް ހައްލު ގެނެސްދިނުމަށްޓަކައި އޭނާގެ ވެރިކަމެއްގައި ގަދައަޅާ މަސައްކަތް ކުރައްވާމެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ނާޒިމް ވަނީ ވެރިކަން ލިބިއްޖެނަމަ، މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވައުދުވެޑައިގެންނެވިއެވެ.

މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ މައްސަލައެކެވެ. އެގޮތުން، ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު އެކަނިވެސް ޑްރަގްސްގެ 225 މައްސަލައެއް ފުލުހުންގެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޕިސްޕިސް

    އޭ ބާގީ ނާޒިމް . .އަނެއްކާ ވެސް ބަގާވާތް ކުރަންވީތަ . . .

    10
    14
    • ޢަހު

      ބާޣީންނަކީ ގައުމު ގެ މިނިވަންކަން އެހެން ގައުމަކަށް ވިއްކައިގެން ދުނިޔޭގަ ލެއްބި ހުރިހާ ނުބައި އަމަލެއް ހިންގާ ސަރުކާރުގެ ބޮޑުންނައި ކުދިން

      19
      3
  2. ކިލާބު

    އެއްވެސް ޝަރުތަކާ ނުލާ

    11
    1
  3. ދީދީ

    މީނަ ވެރިޔަކަށް ވިއްޔާ އިސްތިއުފާ ދޭނެބާ ހަމަ ކަމެއްވާއިރަށް. ހީކުރަން އެދުވަހަކުން މީހަކު ނުބުނަނީސް އަމިއްލައަށް އިސްތިއުފާ ދޭނެ ކަމަށް

    2
    1
  4. Anonymous

    "އޭނާގެ ވެރިކަމެއްގައި ގަދައަޅާ މަސައްކަތް ކުރައްވާމެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ނާޒިމް ވަނީ ވެރިކަން ލިބިއްޖެނަމަ، މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވައުދުވެޑައިގެންނެވިއެވެ."

    މިސާލަކަށް ތިކަން ތިހެންވިނަމަވެސް، ކުރަންތިބީ ކޮންބައެއްތޯ! ތިބޭފުޅާގޮސް އެމީހުން ހިފާހައްޔަރު ކުރެވޭނެތޯ ނުވަތަ ހުއްޓުވާލެވޭލެނެތޯ! ހަމަ މިހާރުވެސް ކަންކަންވާހެން ހަމަ ވާނީ. އޭނާއާހެދި ނޫނީ ޤާނޫނެއްނެތިގެން މިކަހަލަ ބަހަނާތަކެއްގެ އަޑުއިވޭނީ.

    ހޮޅިވާހަކަ ނުދައްކަވާ.

  5. ނާބެ

    ނާޒިމު މިނިސްޓަރުކަން ހިމެނޭ ވެރިކަމުގައި 30 އަށްވުރެ ގިނަ މިފަދަ ކަތިލުން ހިންގި، ނާޒިމުވެސް ރައީސުވެ އިސްތިއުފާ ނުދޭ؟

  6. ކާޅު

    ނާޒިމް ދިފާއީ ވަޒީރަކަށް ހުއްޓާ ކިތައްމީހުން މަގުމަށްޗަށް ކޮށާ ވައްޓާލިތޯ ކިތައްމީހުންގެ ލޭ އޮހޮރުވާލިތޯ. ޑރ އަފްރާޝީ ގަތުލުކޮށް ލީއިރު ޑިފެންސް މިނިސްޓަރު ކޮބާތޯ.

    2
    1
  7. ޙަސަނުބެ

    މިރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމުކޮށް އަމަންއަމާންކަމާ ސިޔާދަތު ރައްކާކުރައްވާނެ ވާހަކަ އަޑަށް ބާރުލައްވައި ދައްކަވާ ހަމައެކަނި ބޭފުޅަކީ އުމަރު ނަޞީރު

    4
    1
  8. ނަމަ

    ނާޒިމް ދެން ގޮސް ބުނަންވީނު އެއްވެސް ސަރުތަކާ ނުލާ އިސްތިއުފާ ދޭށޭ

  9. ހަލާލް ބަދަލު

    7 ފެބްރުއަރީ ގެންނަން ގައުމު ކެއްކުވި ބޭފުޅެއްގެ އަނގައިން ތިކަހަލަ ވާހަކަޔެއް އަޑު އިވުނީމަ ހިނި އަންނަނީ. އޭރު ކިތަށް ގޭންގްތަކާ މަޝްވަރާ ކުރެވިފަ ވާނެތޯ. އެދުވަސް ގެންނަން، ކިތަށް މަރު އެޔަށް ފަހު އައިތޯ.

    2
    1