މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް އެމްޑީޕީން ވަކިވާ ވަރަށް ހުޅުފަޅައިގެންގޮސްފިއެވެ.

އެ ދެ ބޭޅުންގެ ނުރުހުން ސަރުކާރަށް އަމާޒުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް ކުރި ބަހުސްގެ ތެރެއިންއެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ފުލުހުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި ފުލުހަށް ވައްދާ މީހުން ބެކްގްރައުންޑް ޗެކް ހެދުމުގައި ލުއިތަކެއް ދިނުމަށަށެވެ.

ނަމަވެސް މިއީ އެމްޑީޕީގެ އަސާސްތަކާ ތައާރަޒުވާކަމެއްކަން ދެ ބޭފުޅުންގެ ވެސް ފާހަގަ ކުރެއްވިއެވެ.

އެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ބޮންޑޭ ވިދާޅުވީ އެ ބިލުގައި އެމްޑީޕީގެ ސްޓޭންޑެއް ނެތް ކަމަށެވެ.

ބޮންޑޭ ވިދާޅުވީ, އެމްޑީޕީގެ ލޯޯގޯގައި އިންސާފު ފެންނަން އޮތް ނަމަވެސް މިހާރު ފެންނަނީ ތަފާތު މަންޒަރެއް ކަމަށެވެ. އަދި އިންސާފާއި ހަމަހަމަކަމާއި ނަޒާހަތްތެރިކަން ފެންނަން ނެތް ކަމަށެވެ.

އެހެންވެ ޕާޓީން ވަކިވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"އެ ސްޓޭންޑަޑަށް އަނބުރާ ރުޖޫއަވީމަ ޕާޓީއަށް ވަންނަ ގޮތަށް އަޅުގަނޑު ބޭނުން ހަމަ ރައީސްއަާ ސީރިއަސްކޮށް މަޝްވަރާކުރަން. ދެން އަޅުގަނޑު ހުންނާނީ ދުރުގައި. ފިކުރެއްގެ ދިރުން އެއީ ކޮންމެހެނެއް ސޮއިކުރަން ޖެހޭ އެއްޗެއް ނޫން،" ބޮންޑޭ ވިދާޅުވިއެވެ.

ފުލުހުންގެ ބިލުގެ އިސްލާހަށް އަފީފް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އަދި އެ ބިލު މިހާރު ވައްދައިގެން އުޅޭ މަގްސަދާ މެދު ވެސް އޭނާ ސުވާލިު އުފެއްދިއެވެ.

އަފީފް ވިދާޅުވީ އެ ބިލަށް ވޯޓު ނުދެއްވާނެ ކަމަށެވެ. އަދި ވިޕާ ހިލާފަށް ވޯޓު ނުދީގެން ފިޔަވަޅު އެޅިޔަސް ފަރުވާލެއް ނެތް ކަމަށެވެ.

"އަޅުގަނޑަށް ވަރިހަމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް. އަޅުގަނޑަށް ރަނގަޅީ ތި ޕާލިމެންޓްރީ ގްރޫޕުން އަޅުގަނޑު ވަކިކޮށްދެއްވިއްޔާ،" އަފީފް ވިދާޅުވިއެވެ.

މިހާރު ފުލުހުންގެ ގާނޫނޫގައި އޮންނަ ގޮތުން ފުލުހަށް އަލަށް ވައްދާ މީހުންނަކީ ސަލާމަތީ ހިދުމަތްތަކުގައި ވަޒީފާ އަދާކުރަން އެކަށީގެންވާ ބައެއްތޯ ބަލަން އެ މީހުންގެ ބެކުގްރައުންޑް ޗެކް ކުރުމުގައި ބައެއް ކަންކަން ކުރަން ޖެހެއެވެ.

ނަމަވެސް އީސަ ހުށަހެޅުއްވި އިސްލާހުގައި ބުނީ ބެކްގްރައުންޑް ޗެކު ހަދާ ކޮންމެ ފަހަރަކު އެންމެހާ ކަމެއް ފުރިހަމަ ކުރުމަކީ އެކަށީގެންވާ ކަމަކަށް ނުވެދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުރުތަބަކް

    ތިވަރަށް ފުމެން ޖެހޭތަ އަދި ބިލެއް ލާއިރަށް؟

    5
    15
  2. އާމިރު އަޙްމަދު

    ހަކުރު ބޯކުދިން ވައްދަންތޯ ތިއުޅެނީ، މުޅި މުއައްސަސާ ފުނޑާލަން ތިއުޅެނީ، ހޭ އަރާ ތިބޭ؟؟

    31
  3. ސޯލޭ

    ޕާޓީގަ ތިބީ ޕާރޓެންނާ ވަގުންނާ މާރާމާރީ ހިންގާ ކުދިން ވައްދަން ތެޅޭތެޅުން ތިޔައީ

    12
    1