މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ފުލުހުން ޒުވާނަކު ހޯދަން ފަށައިފިއެވެ.

އެ މައްސަލައިގައި ހޯދަނީ ގދ. ހޯނޑެއްދޫ / ދޯދި، މުހައްމަދު އަކުރަމް އަބްދުލްހަންނާން 33، އެވެ.

ފުލުހުން ބުނި ގޮތުގައި އަކުރަމް ހޯދަނީ ޑްރަގް އެންފޯސްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީއެވެ.

އޭނާ ޝަހީދު ހުސެއިން އާދަމް ބިލްޑިން އަށް ހާޒިރުވާން އަންގާފައި ވަނީ އޭޕްރީލް 13 ވަނަ ދުވަހުގެ ދޭއް ޖަހާއިރަށެވެ.