ފުލުހަކު ގެއަކަށް ވަނުމުން މަޑުއްވަރީ ޒުވާނުން އަޑުއުފުލަނީ – ފޮޓޯ: މަޑުއްވަރީ އޮންލައިން
ފުލުހަކު ގެއަކަށް ވަނުމުން މަޑުއްވަރީ ޒުވާނުން އަޑުއުފުލަނީ – ފޮޓޯ: މަޑުއްވަރީ އޮންލައިން

ރ.އަތޮޅު މަޑުއްވަރީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ރޭ ދަންވަރު ހިލޭ އަންހެނަކު ދިރިއުޅޭ ގެއަކަށް ވަނުމުން ރަށުގެ ޒުވާނުން ފުލުސް މީހާ ވަން ގެ ކައިރިއަށް އެއްވެ އަޑުއުފުލައިފިއެވެ.

މަޑުއްވަރިން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ފުލުސް މީހާ އަންހެން މީހާ ދިރިއުޅޭ ގެއަށް ވަނީ ދަންވަރު 01:00 ޖަހަން އުޅެނިކޮށެވެ. ރަށުގެ ޒުވާނުން އެއްވެ އަޑު އުފުލަން ފެށި ނަމަވެސް އޭނާ ގެއިން ނިކުތީ ފުލުހުންގެ ވެހިކަލް ގެނެސްގެން 02:30 ހާއިރު އެވެ.

ފުލުސް މީހާ އެގެއަށް ވަނީ ފުލުހުންގެ ވެހިކަލްގައި ގޮސް ކަމަށް ވެއެވެ. ގެއިން ނިކުމެގެން އެނބުރި އޭނާ ދިޔައީ ވެސް ފުލުހުންގެ ވެހިކަލްގައެވެ.

ފުލުސް މީހާ އަންހެނެއް ކައިރިއަށް ވަން ކަމަށް ބުނެ މަޑުއްވަރީ މީހުން އަޑުއުފި ނަމަވެސް އެކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މީގެ ކުރިން ވެސް ބައެއް ފުލުހުން ހިލޭ އަންހެނުންނާއި އެކު އެކަރި ތަންތަނުން ފެނިގެން ބައެއް ރަށް ރަށުގެ މަސްލަހަތު ގޯސްވެފައި ވެއެވެ. މިފަދަ މައްސަލަތަކުގައި ބައެއް ފުލުހުން މަސައްކަތް ކުރާ ތަން ބަދަލުކޮށް އެ ފުލުހުންނާއި މެދު ފިޔަވަޅު ވެސް އަޅާފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

 1. މިދުވަސްވަރު ކިތާބީ ހެކި ހޯދަން ފުލުހުން ދަންވަރު ޒުވާން އަންހެން ކުދިން ތިބޭ ގޭގެއަށް ވަންނަން ޖެހޭނެ.ކަން ޒުވާނުންވެސް ދަނެގެންނަށް ޖެހޭނެ

 2. ފުލުހޭ ސިފައިންނޭ ތިކިޔަނީ ކީއްވެބާ. ހަމަ ހައިރާންވޭ. ހިލޭ އަންހެނުން ކައިރިއަށް ހިލޭ ފިރިހެނުން ވަންނަނީ ފުލުހުންގެ ހައިސިއްޔަތުންކަން ހަބަރު ގެނެސްދިން މީޑިއާޢަށް ކަށަވަރު ނުވަންޔާ އެގޮތަށް ނުބުނެވޭނެ. މުއައްސަސާއެއްގެ އަގުވައްޓާލަން އުޅުމުގެ ދައުވާ މި މީޑިއާއަށް އަހަރެން ދިވެހި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރާނަން.

  • ާަާއަބްދުﷲ

   އޭނަ އަމާބަފާ ވެހިކަލްގަ ގޮސްވަތްނަމަ ފުލުހެކޭކިޔާކަށް ނުޖެހުނީސް ދޯ.

   • ހުވަދޫ މީހާ

    ބަލަ ކަލޭމެން ނުވަންނަންތަ ހިލޭ އަންހެނެއް ކައިރޔަށް ދުވަހަކުވެސް.އަހަންނަށް 100% ޔަގީންކަން އެބައޮތް މިޔަށް ކޮމެންޓް ކޮށްފަ ހުރި ފިރިހެނުންތަކުގެ ތެރެއިން ހިލޭ އަންހެނެއް ކައިރިޔަށް ނުވަންނަ އެކަކުވެސް ނުހުންނާނެ.ފުލުހޭ ސިފައިންނޭ ބުނީމާ މޭކަރަނީ ކަލޭމެންނަށް ވުރެ ގިނަނއިން އެމީހުންނަށް ބިޓުން ސެޓުވާތީ ދޯ.ދެން މީހަކު ނުވަންޏާ ގޭގަ ތިބެބަލަ.އެ މީހާ އެގެޔަށް ދިޔައީ އޭނާގެ ރައްޓެއްސެގެ ކައިރިޔަށް ކަމަށްވެސް ވެދާނެ އެއްނުން.އެހެންޔާ ކަލޭމެންވެސް 3:30 ގައި ކޮންމެވެސް އަންހެނަކާއެއްކޮށް ބުރުޖަހާފަ ޖަހާނެ ސަކަރާތެއް ޖަހާފަ އައިސްސަވެސް ބުނަނީ ރައްޓެހިންނޭ.

   • ހުވަދޫ މީހާ

    ކަލޭ މޭކަރަނީ ކަލޭ އަމާ ބަފާ ގެ ވެހިކަލްގަ ދޯ އޭނަ ދިޔައީ

   • ްްއެއްކޮޅު

    ވ ތާއީދު

 3. އެވެސް އިންސާނުން. ކުއްކުރީ އަދަބު ދޭނީ. ހެއްކާއެކު ކަމާބެހޭ ފަރާތްތަކާ ހަވާލުކުރާނީ. ފުލުސް އޮފީހުން ހިލޭ އަންހެނުން ކައިރިއަށް ވަންނަން ފުލުހުން ނުފޮނުވާނެ. މުއައްސަސާ ބަދުނާމުވާގޮތަށް ވާހަކަ ނުދައްކާ ލިޔުންތެރިޔާވެސް ފަރުދީ ޒިންމާ އަދާކުރައްވާ. މީހުންގެ ތެރޭފައި ރުޅިވެރިކަމާ ފިތުނަ ފަސާދަ އުފެދޭގޮތަށް މައުލޫމާތު ފޯރުކޮށްދިނުމަކީ ނުބައިކަން ބޮޑު ފާފައެއް. އާހިރަތުގައި ތިބާ އޭގެ ހިތި ދެކޭނެ.

  • ާަާއަބްދުﷲ

   ބަލަ ފުލުހުންގެ ވެހިކަލްގަ އޭނާ އެގެއަށް ގެނެސްދިނީ. އަނެއްކާ އޭނަ ގަންނާނެ ގަންޑެެއް ގަނެ ނިމުނީމަ އޭނަ ބަލާއައީވެސް ހަމަ އެ ވެހިކަލް. ދެންކިހާވަރެއްވީމަބާ މުއައްސަސާ ޒިންމާވާން ޖެހެނީ

 4. އަންހެނާގެ ރުހުމުގައި ބައްދަލު (ގޭތެރޭގައި - ކޮޓަރި ތެރޭގައެއް ނޫން) ކުރުމަކުން މައްސަލައެއް ނެތް.
  މިއީކީ ރަށެއްގެ ޒުވާނުން އެއްވާންވީ ސަބަބެއް ނޫން.
  އެމީހަކަށް ކަމުދާމީހަކާ އެމީހަކު ރައްޓެހިވާނީ / ކައިވެނި ކުރާނީ.
  އަދި ތިވަރުން ޒުވާނުންނަކަށް ނުވޭ.

  އަހަރެންނަކީ ފުލުހުންގެ ވަޒީފާއިން ކަނޑާލާފައިފާ ފުލުހެއް.

 5. ތިއޮތީ އަންނި ބުނިގޮތަށް ހެޑިން ލިޔެފަ. ނިކަން ތާހިރެއްނު؟ ބަޑި ވަގުތު

 6. ކަލޭ ދަރިޔެއްކައިރިޔައް އެގަޑީގަ ވައްނަން އޯކޭ ދޯ

 7. ހިލޭ އަންހެނުންނާ ހިލޭ ފިރިހެނުން އެކަހެރި ކޮއް ބައްދަލު ކުރުން އެއީ ދީނުގަ ހުއްދަކަމެއްނޫން.. އެކަމު ފުލުހުން ގެ ނަން ބޭނުން ކުރީތީ މިނޫހަށް ފިޔަވަޅު އަޅަން ގޮވާލަން. ކޮންމެ މީހަކުވެސް އުޅޭނީ ކޮންމެވެސް ވަޒީފާ އެއްގަ ދޯ؟ މިކޮމެންޓް ނުޖަހާތި ބިރުން

 8. ފުލުހުންވިއްޔާ އަންހެނުން ކައިރިއައްދާކަށް ނުވޭތަ އަންހެން މީހާވެސް ރުހިގަބޫލުވިއްޔާ ހަމަ ރަގަޅު

 9. ކައްޕި ބުނާގޮތުން ހިލޭ އަންހެނުންނެއް ނޫޅޭނެ. ފައިސާދީފަ ދިޔައިއްޔާ ހަލާލުވާނެ. ދެން ރުހުމުގަ ދިޔަޔަސް ހަލާލުވާނެކަމަށް ކައްޕިބުނާނީ.

 10. ސުވާލަކީ އެގޭގައި ދިރިއުޅެނި އެ އަންހެންމީހާ އެކަނިތޯ..؟؟؟ އެހެންނަމަ ތިޔަ ގޮތަށް ލިޔެވިދާނެ، އެކަމަކު އެ ގޭގަ އިތުރު ބަޔަކު ދިރި އުޅޭކަމަށް ވަންޏާ ތިޔަހެން ލިޔުމުގެ ހައްޤެއް ނޯންނާނެ. އެއީ ފުލުސްމީހާ އެގެއަށްވަނީ އެ އަންހެންމީހާގެ ކައިރިއަށްތޯ ނުވަތަ އެގޭގައި ދިރިއުޅޭ އެހެންމީހަކާ ބައްދަލުކުރަންތޯ ސާބިތު ނުކުރެވޭ ކަމަށްވާނަމަ އެއީ ޒިންމާދާރު ނޫސްވެރިކަމެކޭ ނުބުނެވޭނެ.

 11. ފުލުހުން ދާނެ އަންހެން ކުދިން ކައިރިއަށް!! އެއީ މައްސަލައެއް ނޫން!! އެކަމަކު މީހުންގެ އަނބިން ކައިރިއަށް ގޮސްގެން ނުވާނެ!!

 12. ފުލުހުން އެކަނިތޯ ހިލޭއަންހެނުން ގާތަށް ވަންނަނީ.. އާންމުރައްޔޮތުން ހިލޭއަންހެނުން ކައިރިއަށް ވަނުން އެއީ މައްސަލައެއް ނޫންތޯ..ފުލުހުން އަތުގަވެސް އޮންނަނީ އާންމުން އަތުގަ އޮންނަ ކަހަލަ އެއްޗެއް.

 13. ފުލުހުންގެ ވެހިކަލުގެ ގޮސް އަދި އެވެހިކަލުގެ އަބުރާ އައުމުން ދެން ބުނެވޭނީ ފުލުހުންގެ މުެައްސަސާ ޒިންމަ ނަގަންޖެހޭނެޔޭ މިއީ ވަކިފުލުހެއްގެ ދައުރެއްނޫން

 14. ދިވެހި ދަރިއެއް

  ތީ ރައްޔިތުންނޭ ބުނެވޭވަރު ފޮޓޮއަކުން ނުފެނޭ، ހީވަނީ ގްރޫޕެއް ގެ ބައެއް ހެން.

 15. ކުއްލި ނުރައްކަލުގެ ހާލަތުގަ އެއީ މައްސަލައެއް ނޫން ހެކި ހޯދަން ބިޓުން ކާރިއަށް ވަންނަން ވެސް ޖެހިދާނެ. އެހާލަތުގަ ފުރާޅު ނައްޓާލާފަވެސް އެބޭފުޅުން ވަންނާނެ

 16. ތީގަފުރަތަމަ ބަލަންޖެހޭނީ އެގޭގައުޅެނީ އެއަންހެންކުއްޖާ އެކަނިތޯ . އެކަނި އުޅެންޏާ އެވަނީ އޭނަގާތައް . އެގޭގަ އެހެންބަޔަކު އުޅެންޏާ އެމީހުންގެ ރައްޓެހިކަމުގަ އެގެއަށް ހިގައިދާނެއެއްނު . އަނެއްކަމަކީ އަންހެންކުއްޖާ ކައިރިއަށްވަނީ ރުހުމުގައިތޯ ނޫނީ ނުރުހުމުގައިތޯ .އަނެއްކަމަކީ ފުލުހުންނާ ސިފައިންނާތަފާތަކީ އަދާކުރާ ވަޒީފާ. އާއްމުމީހެކޭ ތަފާތެއްނެއް.ވަކިގޮތަކަށް ހައްދަވާފަ ތިބިބައެއްނޫން .

 17. ތިތަނަށް އައްވި މީހުން ހިލޭ އަންހެނުން ކާރިއަށް ނުވަންނަނީ ތާ؟

 18. ކޮބާ މައްސަލަ އަކީ؟ އެ ޒުވާނުންގެ ތެރޭގައި އެމަންޖެ ނުލިބިގެން އުޅޭ ސޮރެއް އުޅެނީއުތަ. ހަސަދަވެރިވެގެން ތިޔައުޅެނީ.

 19. މިހާރު މަ އޯކޭ، ބަކަރި އޯކޭ ، ގާޒީ ކޮންމައްސަލަ

 20. މީހުން ބޭޒާރުކުރާކަށް ވަގުތުވަރެއް ނެތް..

 21. ދިއްދޫ ސޮރު

  ޙއ ދިއްދޫ އިންވެސް މީގެ 5 ދުވަސްކުރިން ވާނީ ނޫކުލައިގެ ކުއްޖަކު ޑިއުޓީގަ ވަރައް ބިޒީކޮއް ނުޅެނިކޮއް ނެރެފަ
  ދެންވެއްޖޭނުން މިމީހުން ރޭގަނޑު 10.30ގެ ފަހުން ގެއިން ނުނުކުމެވޭ ގޮތް ހަދަން

 22. ރ. އަތޮޅު މަޑޫވަރިއަކީ މުޅި އުތުރުންވެސް އެންމެ ކުއްގިނަ ތަން އެހެންވީމާ ފުލުހަކު ބޭޒާރުކޮއްލުން އެމީހުން ވަރަށް ބޭނުންވާނެ ރަނގަޅައް ބަލައިފި ނަމަ ދަންވަރު ހަމަ ޕޮިލސްމީހާ ޑިއުޓީގައި އުޅެމުން ރައްޓެއްސެއްކައިރިޔަ ވަދެލީ ކަމައްވެސް ވެދާނެ، ދެން ފުރުސަތުގެ ބޭނުންހިފާ އެތަނައް މީހުންއެއްވެގެންކަމަށް ހަދާ ނޫސްތަކުގަޖަހާފާ ފުލުހުންގެ އގު ވައްޓާލަންތިއުޅެނީ ކީއްވެ؟ ތިތާ ނުކުރަނީ ކޮންކުށެއް މަސްތުވާތަކެތި، ވައްކަން ޖިންސީ ގޯނާ ރޭޕް، އޮރިޔާން ފޮޓޯ ބްލެކްމެއިލްކޮއްގެން އެވަރައް ނަގާ ދެން އެހެން ވީމާ އެކުއް ކުރާ ފަރާތްތައް ކިހާ ރުޅިއަންނާނެ ފުލުހުންދެކެ، ބޭނުންވާނެ ކޮންމެވެސް ކަމެއް ފުލުހުންގެ ބޮލައް ކަނޑާލަން.

 23. އޭ ބަލަ އެ ރަށު މީހުންނަށް ސެޓްނުވި މަންޖެ އެއް ރަށުން ބޭރު އެހެން މީހަކު ސެޓް ކުރީމަ ކަޑަވެގެން ކުރާ ކަމެއް އެއީ . އެއީ ވަރަށް އާންމު ކަމެއް ރަށް ރަށުގައި.. ދެން ލަލަލާ

 24. ހައްޤުބަސް

  ދެން ފުލުހުންގެ ތެރޭގަވެސް އިންސާނުންދޯ ހަމަ އުޅެނީ އެހެންވީމަ އެނޫން އިންސާނުންނެކޭ އެއްގޮތަށް ކުއްތަކާ ފާފަތަށް ކުރާ މީހުންވެސް އުޅޭނެ އެތަށް ހާސް މީހުނެއް އުޅޭއިރު އީމާންތެރިކަން ވަރުގަދަ މީހުންނާ ބަލިކަށި މީހުންވެސް އުޅޭނެ..

 25. ބިރަކާ ނުލާ އުޅެން ގޮވާ ގައުމެކޭ މީ.ކޮބާ މައްސަލައަކީ

 26. ހިލޭ އަންހެނެއްގެ ކައިރިއަށް ދިއުމުން ކޮބާ މައްސަލައަކީ. މީހެއްގެ އަންބެއް ކައިރިއަށް ދަންވަރު ދިޔަނަމަ ރަނގަޅު ތިޔަގޮތަށް ހަޅޭފަށްލާން.

 27. ޕުރޮޓެކްޓް އެންޑް ސާރވް ގެދަށުންކަމަށްވާނީ!

 28. ފުލުސްމީހާ އެގެއަށް ވަދެވުނީ ވަންނަން ފުރުސަތު ދިނީމަތާ..ހަމައެކަނި ފުލުހުން ވީމަ ކުށްވެރި..އެއަންހެންމީހާ ކުއްވެރި އެއް ނުވޭ..ޒުވާނުން ހެޔޮ ރޯމާ ދުވާލާ ރޭގަނޑު ހަތަރު ދަމު ހިލޭ އަންހެނުން ގޮވައިގެން ޒިނޭ ކުރިއަސް ކަމެއް ނޫން އެއީ. ފުލުހެއް ވީމަ ކުއްވެރި...ރޭގަނޑު ތިޔަ މަޑުއްވަރީ މީހުން އުޅޭ ގޮތް ވެސް ބަލާބަލަ..ހަމަތިޔަހެން އުޅޭނީ..

 29. 3 މީހުން ނިކުމެފަ ރަށުގެ ޒުވާނުންނޭ ލަދުން ހަލާކު

 30. ތީހާދަ ޒުވާނުން މަދުރަށެކޭ

 31. ތީގަ ހަމަ އެކަނި ފުލުސް މީހާ އެކަނިތަ އަންހެން މީހާގެ ވެސް ކުއް އެބަ އޮތް