މިއަދު ހަވީރު ކަރަންޓް ކެނޑުނު ހިޔާ ފްލެޓްތަކަށް ހަތަރު ގަޑިއެއްހާ އިރު ފަހުން ކަރަންޓް ލިބިއްޖެއެެވެ.

ހިޔާ ޓަވަރުގެ ފްލެޓްތަކުން ކަރަންޓް ކެނޑިފައި ވަނީ 5:40 ހާއިރު އެވެ.

އެއިރު ސްޓެލްކޯއިން ބުނީ ދިމާވި ޓްކެނިކަލް މައްސަލައަކާއި ގުޅިގެން ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިފައިވާ ކަަމަށެވެ.

ފަހުން ސްޓްލެކޯއިން ހިއްސާ ކުރި މައުލުމާތަށް ބަލާއިރު، ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެންނެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުމަށް ސްޓެލްކޯއިން އެއިރުން ފެށިގެން ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި ކުރަމުންދާ މަސައްކަތުގެ ފަހުގެ މައުލޫމާތު އެ ކުންފުނިން ދިޔައީ ދެމުންނެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ކުރި މަސައްކަތުގެ ތެރެއިން

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައި އެ ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން ހިޔާގެ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ޓަވަރަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.

"ދިމާވި ދަތިތަކަށް މާފަށް އެދެން". ސްޓެލްކޯއިން ބުނެފައި ވެއެވެ.

ކަރަންޓް ކެނޑިފައި ވަނީ ހިޔާ ފްލެޓް އެޗް1 އިން އެޗް8 އަށެވެ.